ކޮވިޑް-19ގެ ޥޭދަނަތަކެއް ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކ. ކާށިދޫއަށް އިންޑިއާ ފަތުރުވެރިންތަކެއް އަންނާތީ އެރަށުގެ ރައްޔިތުން ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

ކޮވިޑް ފެނިގެން ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުގައި ކޮވިޑްގެ ވޭދަނަތަކެއް ދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ނަގާ ސުންކުތަކުން ފައްސިވާ މީހުން ހިމެނެެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާށިދޫއަށް އިންޑިއާ ފަތުރުވެރިންތަކަށް އައުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާ ފަތުރުވެރިން އެރަށަށް ދަނީ ކަރަންޓީނުވާ ގޮތަށް ނޫން ކަމުން އެމީހުން ތިބޭނީ ރަށު ބަންދުގައެވެ. މިއާއެކު، ރައްޔިތުން ވަނީ އެއީ އެ މީހުން ބޭނުން ނުވާ ގޮތެއް ކަމަށް ބުނެފައެވެ. އެއީ ރަށުގައި މިހާރުވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އާއި މީގެ ކުރިންވެސް އެރަށް މޮނީޓަރިންގއަށް ލާފައި ވަނީ އެގޮތަށް އައި ފަތުރުވެރިއެެއްގެ ސަބަބުން ކަމަށް ވާތީއެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "ވަގުތު" އަށް ވިދާޅުވީ، މިއަދު ދެކުނު އޭޝިއާގެ ގައުމަކުން ފަތުރުވެރިންތަކެއް އެރަށަށް އަންނާތީ ރައްޔިތުން އެކަމާއި ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަށް އޮތީ ރަށުގެ ރައްޔިތުންނަށް ވެސް މިހާލަތުގައި ރަށަށް ނާދެވޭއިރު، ފަތުރުވެރިންތަކެއް ގެންނާތީ ކަމަށް އާމިރު ވިދާޅުވިއެވެ.

"އަސްލު ރައްޔިތުން ހިތް ހަމަ ނުޖެހެނީ މީގެ ކުރިން ވެސް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހަމަ އެގޮތަށް އައި އިންޑިއާގެ ފަތުރުވެރިންތަކެއްގެ ސަބަބުން ކަމަށްވާތީ. ދެން ރަށުގެ ރައްޔިތުންނަށް ވެސް ރަށަށް ނާދެވޭއިރު، ފަތުރުވެރިންނަށް އާދެވޭތީ"

އާމިރު ވިދާޅުވީ، ފަތުރުވެރިންތަކެއް އެރަށަށް އަންނަނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއި އެކީ ގަވާއިދާއި އެއްގޮތަށް ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮއްވާ ކާށިދޫއަށް ފަތުރުވެރިންތަކެއް އަންނައިރު، އެރަށު ކައުންސިލުން މިދިޔަ މަހު 14 ގައި ނެރެފައިވާ ޓާސްކުފޯހުނުގެ ނިންމުމުގައި ބުނެފައިވަނީ ރަށް މޮނިޓަރިންގެ ހާލަތުގައި ވާތީ ކަރަންޓީނުވުމަށް ރަށަށް އާދެވޭނީ ހަމަ އެކަނި ރަށުގެ މީހުންނަށް އެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ރަތަށް އަރާ ރަތް ކަޅު ކުލަ އަށް ބަދަލް ވިޔަސް އިންޑިއާ ބޭނުން ކަމެއް މި ގައުމުގާ ކުރާނެ ރަތަށް އަރާފަ ކާށި ދޫ މީހުން ތިރަށުން ފައިބާ އިންޑިއާ މީހުނާ ކުޅެން ނުހަދާ މި ގައުމުގާ.

    6
    3
  2. އަލީ

    ފަތުރުވެރިކަމާ ބެހޭ ވަޒީރު މައުސޫމޫ!!! ކަލޭ ބުނާނެ ދޯ މިރަށު މީހުންވެސް ޖޭ ވަނީއޭ!!!! މިކަހަލަ ޖޭ ވާކަހަލަ މޮޅެތި ކަން ކަން ނުކުރިއްޔާ އަހަރުމެނައް ރަނގަޅީ. ރައްޔިތުން ރުޅި ފަޅައިގެންދާ ކަހަލަ ހުރިހާ ކަމެއް އެބަ ކުރެޔޭ...

  3. މަދަނަ

    މަޢުސޫމް ސާލިހާއެކު ސަރުކާރުހިންގާލެއްމޮޅުކަން މި އެނގެނީ

    • ާއަހުމަދު

      ރަށުމީހުންނަށް ރަށަކައްނުދެވޭ އިންޑިއާމީހުންނައް ދެވޭ ކިހާމޮޅު

  4. މަނީމަނީ

    މަޖިލީހައްވެސް ހޮވިމީހާ އޮތީވެސް ސަންބެޑުގަ ކީއްކުރާނީ

  5. ސިލްސިލާ

    ރަތަށް އަރާނެކަމެއް ނެތް .އެމީހުންނަކީ ގާނޫނުގެ މަތީން އައިސްތިބި ޑިވެހިރައްޔިތުންނަށްވުރެން ބާރުގަދަ ބަޔެއް.