އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ދެ ސައިކަލެއް ޖެހިގެން މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 4:10 ހާއިރުއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ލިންކް ރޯޑްއިން ސީއެފްްސީ ޕެޓްރޯލް ޝެޑް ކުރިމަތީގައެވެ.

މައުލޫމާތު ލިބޭގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަދި އެކްސިޑެންޓްގައި އަނިޔާވި މީހުން ވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދަކީ މީގެ ކުރިންވެސް ގިނަ އެކްސިޑެންޓްތައް ހިނގާފައިވާ ސަރަަހައްދެއްކަން ފާހަގަކޮށްލެވެއެެވެ.