ކޮވިޑް-19ގެ ނައްސި ނަތީޖާއެކު މާލެ އިން ލ. އަތޮޅު ފޮނަދޫއަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވުމާއެކު، އެރަށާއި ގުޅިފައިވާ ގަމަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

މިއީ އެރަށް ބަންދުކުރި ތިން ވަނަ ފަހަރެވެ.

މީގެ ކުރިން އެ ދެ ރަށް ދެ ފަހަރެއްގެ މަތިން ކުރި އިރު، މި އަހަރުގެ އޭޕްރިލް މަހު ބަންދު ކުރި ދުވަހުން ފެށިގެން 87 ދުވަސް ވަންދެން އެ ދެ ރަށް އޮތީ ބަންދުކޮށްފައެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވަނީ ނައްސި ނަތީޖާ އަކާއި އެކީ މާލެއިން އައި 18 އަހަރުން މަތީގެ މީހެއް ކަމަށެވެ.

އޭނާ ފައްސިވުމާއި ގުޅިގެން މިވަގުތު ގާތުން އެއްތާވި މީހުން ބެލުމުގެ ކަންކަން ކުރިއަށް ދާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.