އިއްޔެގެ ވަގުތެއްގައި މާލޭގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ހަބަރު ދިވެހިން އެހީ ކުއްލި ހިތާމައާއި ރުޅިވެރިކަމާއެކުއެވެ. އެކަން ކުރި މީހާއަށް ހައްގު އަދަބު ދިދުމަށް އެތައް ބަޔަކު ގޮވާލިއިރު ގިނަ ސިޔާސީ ލީޑަރުންވެސް ވަނީ އެކަމުގައި ބައިވެރި ވެފައެވެ. އެހެން ނަމަވެސް، އެ މައްސަލައިގައި ރޭޕްގެ ތުހުމަތު އެޅުވުނު ޙަސަން ފާއިޒު، މިއަދު "ވަގުތު" އަށް ވަނީ އެކަން ހަގީގަތުގައި ހިނގައި ދިޔަ ގޮތް ސާފު ކޮށް ކިޔައިދީފައެވެ.

އިއްޔެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވަނީ 18 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ ޕްރޮޖެކްޓެއްގައި އެހީތެރިކަން ހޯދުމަށް ސްޓޫޑިއޯއަކަށް ގޮސް އުޅެނިކޮށް ކަމަށެވެ. އަންހެން ކުއްޖާ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ރޭޕް ކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ 21:00 ހާއިރުއެވެ. ބައެއް ނޫސްތަކުން ބުނެފައި ވަނީ އެއަމަލު ހިންގި މީހަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށެވެ.

ރެސްޓޯރެންޓުތަކުގައި އާއި އެހެނިހެން ތަންތަނުގެ ފާރުތަކުގައި ސްޕްރޭޕެއިންޓު ކޮށްދިނުމުގެ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށް އުޅޭ އެމީހާ ބުނީ ހުރިހާ ކަމެއްވެސް ފެށިގެން ދިޔައީ، މާފަނުގައި ހުންނަ ފުޓްސަލް ގްރައިންޑެއްގެ 60 ފޫޓުގެ ފާރެއްގައި ކުރެހުމެއް ކުރެހުމުގެ ޕްރޮޖެކްޓެއް އޭނާއަށް ލިބިގެންދިޔަ ހިސާބުން ކަމަށެވެ. އަދި އެފަދަ ބޮޑު މަސައްކަތެއް އޭނާއަށް އަމިއްލައަށް ނުކުރެވޭނެތީ ކުރަހައި އުޅޭ ކުދިންތަކެއް ހޯދުމަށް އޭނާ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން އޭނާ އިންސްޓަގްރާމުގައި ފޮލޯ ކުރާ އަންހެން ކުއްޖަކަށް އޭނާ މެސެޖު ކުރި ކަމަށެވެ.

އެ ވިޔަފާރީގެ މުއާމަލާތާ ބެހޭގޮތުން މަޝްވަރާ ކުރަން އަންހެން ކުއްޖާ އެދުމުން، އޭނާއާއި އޭނާގެ ރަހުމަތްތެރިއަކު އަންހެން ކުއްޖާއާއެކު ކޮފީއަކަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އެ ކޮފީގައި ތިބެގެން ހުރިހާ މަސައްކަތުގެ ހުރިހާ ކަމެއް ކުރަން ޖެހޭ ގޮތް އަންހެން ކުއްޖާއަށް ކިޔައިދިން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް "ފްރެންޑްލީ" ކޮށް ކަމަށެވެ.

ޙަސަން އިތުރަށް ބުނީ އެކުއްޖާ ނޫސްތަކަށް މައުލޫމާތު ދީފައިވަނީ އެއީ ސްޓޫޑިޔޯއެއްކަމަށްވިޔަސް، އެއީ ސްޓޫޑިޔޯއެއް ނޫންކަމަށެވެ. އަދި، އެއީ އޭނާ މިހާރު ދިރިއުޅޭތަންކަމުގައެވެ.

ދެމީހުންވެގެން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ޕްރޮޖެކްޓު ނިމުމުން، އަންހެން ކުއްޖާއަށް 2000 ރުފިޔާ އާއި 3000 ރުފިޔާ ދިނުމަށް ނިންމިކަމަށްވެސް ޙަސަން ބުންޏެވެ. އެހެންނަމެވެސް، އަގާމެދު އެކުއްޖާ ހިތްހަމަނުޖެހުނުކަމަށާއި އެކުއްޖާ ބޭނުންވީ 15،000 ރުފިޔާކަމަށް އޭނާ ބުންޏެވެ. އެހެންކަމަށްވިޔަސް، ކުރިއަށް މަސައްކަތްތައް ހުރިގޮތުން އިތުރަށް އަގަށް އެއްވެސް ބަދަލެއް ގެނެވެން ނެތްކަމަށް އެކުއްޖާގެ ގާތުގައި ހަސަން ބުނިކަމަށާއި އޭނާ ދިރިއުޅޭތަނުން ނިކުމެގެން ދިޔައީ އެއަށްފަހުގައިކަމަށްވެސް ބުންޏެވެ. އަދި، ތުހުމަތުކޮށްފައިވާ އެއްވެސްފަދަ ކަމެއް، އެކުއްޖާ ނިކުމެގެން ދިޔައިރު ނުހިނގާކަމަށް ބުންޏެވެ.

ހަސަން ބުނިގޮތުގައި އެރޭ ބަޔަކުވަނީ އޭނާއަށް ގުޅާ މަރުގެ އިންޒާރުވެސް ދީފައެވެ. އެހެންނަމަވެސް، އިންޒާރުތަކަކީ ކުއްޖާއާ ހެދި ލިބުނު އިންޒާރުތަކެއްކަން އެނގުނީ، ރޭޕުގެ ތުހުމަތުކޮށް މީސްމީޑިޔާގައި އާއްމުކޮށްފައިވާތަން ފެނުމުންކަމަށެވެ.

އޭނާ ބުނިކަމަށް ބުނެ، އަންހެން ކުއްޖާ ބުނެފައިވާ، ފުލުހުންނަށް ހަސަންއަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ބުނި ބުނުންވެސް އޭނާ ދޮގުކޮށްފައިވާއިރު، މިއީ އޭނާ ނިސްބަތްވާ އާއިލާގެ ނަން ކިލަނބުކޮށް، އެއާއިލާއަށް ނިސްބަތްވާ ސިޔާސީ އިސް ބޭފުޅުންގެ ނަން ކިލަނބުކުރުމަށް ބަޔަކު އަޑީގައި ތިބެގެން ކޮށްފައިވާ ކަމެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެކުއްޖާގެ ޤަބޫލުގައިވެސް އަދި ނުޤަބޫލުގައިވެސް އެކުއްޖާގެ ގައިގައި ބެހިފައިނުވާނޭކަމަށް އޭނާ ބުންޏެވެ.

ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަމުންދާއިރު، ތަޙުޤީޤުގެ ތެރެއިން ފުލުހުން އޭނާއާ ސުވާލުކުރާނެ އިރަކަށް ތައްޔާރުވެގެން ހުރިކަމަށްވެސް ޙަސަން ބުންޏެވެ.

 

ADS BY ASTERS

46 ކޮމެންޓް

 1. ދެން ބުނޭ ތިސޮރަކީ ފިރިހެނެއްނޫނެ.އެއީ އަންހެނެކޭ. ދެން އަހަރެމެންވީ ގަބޫލުކުރަން. ދޮގު ހެދިޔަސް ދެކޮޅު ޖެހޭ އެއްޗެއް ކިޔާބަލަދޯ.

 2. މަ އަޑުއެހުން އަންހެން ކުއްޖާގައިން ތި ސޮރުގެ ޑީ އެން އޭ ފެނުނޭ ހަމަ މިހާރުން މިހާރަށް ތި ކަން ތަހުގީގު ކުރޭ އެހެން ނޫނީ ރޭޕް އާންމުވެދާނެ މިހާރު ތީ މިތާގަ ނެތް ކަމަކީ

 3. އަންހެން ކުއްޖަކު ރޭޕް ކުރީ އެކަމަކު އޭގެ އެއްވެސް ހެއްކެއް ގަރީނާ އެއް މެޑިކަލީ ގޮތުން ނުދެއްކުނު ދޯ އަދި އެ ކަން ކުރި ކަމަށް ދެކުނު މީހަކު ނުވޭ ހަމަ އެކަނި އަންހެން ކުއްޖާ ބުނާ އެއްޗެއް ގެ މައްޗަށް ބަރުވެ މީހެއްގެ އަބުރު ކަތިލަނީ އެއީ އިދިކޮޅު ބޮޑު ޕާރޓީއެއްގެ ކްރުއަލް ތިންކިންގްގެ އެއްޗެހި ތަކެއް އަޑީގައި ތިބެގެން ކަމަށް މަމެންގެ ސިކްސްތް ސެންސް އެބަބުނެއޭ އެމެން އެއީ ނުރައްކާ ބަޔެކޭ. ދޭއާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ. ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް.. އަންހެން ކުއްޖަކު ރޭޕް ކުރީ އެކަމަކު އޭގެ އެއްވެސް ހެއްކެއް ގަރީނާ އެއް މެޑިކަލީ ގޮތުން ނުދެއްކުނު ދޯ އަދި އެ ކަން ކުރި ކަމަށް ދެކުނު މީހަކު ނުވޭ ހަމަ އެކަނި އަންހެން ކުއްޖާ ބުނާ އެއްޗެއް ގެ މައްޗަށް ބަރުވެ މީހެއްގެ އަބުރު ކަތިލަނީ އެއީ އިދިކޮޅު ބޮޑު ޕާރޓީއެއްގެ ކްރުއަލް ތިންކިންގްގެ އެއްޗެހި ތަކެއް އަޑީގައި ތިބެގެން ކަމަށް މަމެންގެ ސިކްސްތް ސެންސް އެބަބުނެއޭ އެމެން އެއީ ނުރައްކާ ބަޔެކޭ. ދޭއާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ. ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

 4. އޭނާގެ ކުރެހުމުގެ ހުނަރަށް ބަލާއިރު ގިނައިން ކުރަހާފަ އެހުރީވެސް މުޅިންހެން އަންހެނުންގެ ގުނަވަމްތަކާއި ބައްޓަން ސިފަވާ ސޫރަތައް.

 5. ވަރަށް ރަގަޅަށް ދަންނަން. ކޮއްފާނެ. ފުލުސް އޮފީހުގެ ރެކޯޑް ތައް ބަލާލާ. ޢުޅެނީ ހުވަފެނީ ގޯޅީގައި

 6. ރޭޕް ކުރި މީހާ އަށް ހަރުކަށި އަދަބު ދޭން ޖެހޭނެއެވެ. ހަމަ އެގޮތަށް ރޭޕް ކުރި ކަމަށް އެބުނާ އަންހެން މީހާ އެބުނަނީ އެއީ ތެދުވާހަކަ ތޯ ވެސް ބަލަން ޖެހޭނެއެވެ. އޭނާ އަށް ޖިންސީ އެއްވެސް އަނިޔާ އެއްވެފައި ނުވާއިރު އޭނާ ރޭޕް ކޮށްފައި ހުރީ އެއީ ދައްކާ ވާހަކަ އިންތޭ އެއީ ވެސް ބަލަން ޖެހޭނެ ކަމެކޭ. ކޮންމެ ކަމެއްގައި ވެސް ދެފަރާތުގެ ވާހަކަ އޮވެގެން ދޯ ޖަޖްމެންޓެއް ހެދޭނީ. ރޭޕް ކުރި މީހާގެ ބަސް މަމެން ބޭނުން ނޫސް ތައް މެދުވެރި ކޮށް. ދެން އެއިރުން މަމެން ނަށް ތިޔާ ކަން ރަނގަޅަށް އިވޭލުއޭޓް ކުރަން އިނގޭނީ.

 7. ވަގުތު ކުދިން ކަމަކަށް ދެން އޮންނާނި އެ ލަދުހަޔާތް ނެތް ކުށްވެރިޔާ ހުދު ކަފަކޮޅަކަށް ހަދާ އޭނަ ސަލާމަތް ކުރަން ކެމްޕެއިން ކުރުން.. ގަޑި އިރަކުން 2 އާޓިކަލް ލިޔާނެ މިކަމަށް..

 8. މިހާރު މިކަން ސިޔާސީ ކޮށްލާފަ ހަސަން ފާއިޒަށް ކެމްޕެއިން ފެށަީ.. މީދެން ފުކެއް ބޮޑުވަރު. ހޭއަރާނި ސަރުކާރު ވެރިއެއްގެ ދަރިއަކަށް އެދުވަސް އައުމުން.

 9. އޭޒުވާނާ ތިބާތިހަދަނީ އިތުރު ފުޅެއްނޫންތޯ؟ ތިބާ

  ގެފުރަގަހުގެ އެހުރި ތަސްވީރުން ނާއި ތިބާ ތިޔަ

  ހުރިގޮތުން ވަރަށް ގިނަޖަވާބު އެބަދޭ އަދި ތިޔަ

  ބުނާ އަންހެނާ ތިބާޔާއިއެކު އެކަހެރިވި ކަމަށް

  ތިޔަދައްކާ ވާހަކަތަކުން އެބަކިޔަމު ދެފަރާތުގެ

  ވެސް މައްސަލަ އެބަ އުޅޭ

 10. އަދިވެސް މައްސަލަ ނުބަލާ. މަތީ މީހަކާ ގުޅުމެއް ހުރީ ނޫންބާ

 11. ވަގުތު ނޫހުން ހަގީގަތް އޮޅުވަނީ

 12. ހާދަ ނުވިސްނެޔޭދޯ

  ގަދަކަމުން އެއްމެމީހަކު ރޭޕްކުރިއްޔާ ދެމީހުންކުރެ އެކެއްގެ ހަށިގަނޑުންނަމަވެސް އަނިޔާވެފަހުރިތަން ފެންނާނެ.. ދެން އަންހެންކުއްޖާ ބުނެފަވަނީ ހޮސްޕިޓަލަށް ދިޔަވާހަކަ އެތަނުން ނުކުމެގެން. އެހެންވިއްޔާ ޑޮކުޓަރުން ފުލުހުންނަ ބަޔާންދޭނެ. ހަމަ އެވަގުތު ހޮސްޕިޓަލުން ފުލުހުންނަގުޅާނެ. އެހާދިސާ ހިގިކަމށް ބުނާތަނުގެ ހާލަތުންވެސް ހާދިސާ ކިޔާދޭނެ. ޑީއެންއޭއަކުންސާބިތެނުކުރެވޭނެ އެއީ ގަދަކަމުން ހިންގިކަމެއްކަން. ޢޭގެންއިގޭނީ އެދެމީހުންއެކަންކުރިކަން.. އަނެއްކަމަކީ ތިއީ ވަކިމީޑިޔާއަކަށް ހާމަކޮއްފައޮތްކަމެ.. އަންހެންކުއްޖާގެ ވާހަކައިންއެގެނީ އޭނަ އަދި މީހަކާ ނުއިންނަކަން. އެހެންވިއްޔާއެއީ ބިކުރުވެރި ކުއްޖަކަށްވާންޖެހޭނެ ޑޮކްޓަރުންނަ ވަރަށް ފަސޭހަވާނެ ގަދަކަމުން މީހަކު ކަމެއްކުރިކަން ސާބިތުކުރަން.. ކުރިނަމަ މަށަށްވައްތަރީ ރުހުމުގަ ކޮއްފަ ޑިމާންޑުކުރިވަރަށް ލާރިނުދިނީމަހެން.. ނޫނީ ތިއީ ރޭވިގެންހިންގި ސިޔާސީރޭޕެ.. މިކަމުގަ ހިމޭނުން ބަހެއްނުބުނާ ސިޔާސީޕާޓީއެއް އެބައޮތް.. އެތަނުންމީހަކުވެސް މިކަމަކަށް އަދި ބަހެއްބުނިއަޑެނުއިވޭ.. މައުމޫނުއަށް ޔަގީންވާހެންހީވަނީ ހަމަހަގީގަތުގަވެސް ރޭޕުކުރިކަން.. މައުމޫނުކަހަލަ ދީނީ އިލްމުވެރިން ބިރުވެތިވާންނުޖެހޭތަ މިކަހަލަ ކަމެއްގަ ދޮގު ތުހުމަތެ މީހެއްގެ ބޮލުގަ އެޅުވިދާނެތީ.. ޔޫސުފު އަލައިހިއްސާމުއަށް ދިމާވިހާދިސާފުދޭ އިބުރަތަކަށް.. އައިޝަތުގެފާނުއަށް ދިމާވި ހާދިސާ ފުދޭއިބުރަތަކަށް.. މިކަމުގެ ސަބަބުން ކީރިތިގުރުއާނުގަ އެބަވޭ މިކަމުގެ ހުކުމް.. މިރާއްޖޭގަ ނުވާނެކަމެ މިއަދު ދުނުއެކުނުހިގާ.. މީހުންއެއަށްވުރެ މިއަދު ނުބައިވެއްޖެ.. މީވިސްނަންޖެހޭކަމެ. ނޭގިތިބެ މީހެއްގެ ބޮލުގަ ދޮގުއިލްޒާމެއް އެޅުވުމުގެ ސަބަބުން ފާފައެއް ލިބިދާނެ.. އިތުބާރުކުރިޔަސް ނުކުރިޔަސް ތަހުގީގު ކުރުމުގެ ބާރުއޮތްފަރާތުން ތަހުގީގަށްފަހު ނެރޭބަޔާނަށް އިންތިޒާރު ކުރަންޖެހޭ... އެމީހަކު ހިތަށްއެރިގޮތަކަށް ވާހަކަފެތުރީމަ ކަމަކުނުދާނެ... މީގެ ވަރަށްބޮޑު ރޯލެއްކުޅޭލަމަށް ފެންނަނީ ވަކިމީޑިޔާއެއް...

  • ތިބާގެ ހީކުރަނީ މިއުޅޭ ކުދިން ހަމަ ވިހި އަހަރު އުމުރުން ފާއިތު ވެގެން ދާއިރު ޖިންސީ ތަޖުރިބާ ނުކޮށް ހިފަހައްޓާލައިގެން ތިބޭނެ ކަމަށްތޯ!

 13. ގަދަކަމުން ރޭޕުކުރިނަމަ ކުއްޖާއައް އަނިޔާވެސް ވެފަދޯހުންނާނީ އެވާހަކައެއް ނެތް ބުނެފަކާއެއް ދޯ

 14. ޥަލީދާ ލާބިތު

  ކޮފީއަށް ކެފޭ އަށް ގޮސް ފާރެއްގައި ކުރަހަން އޮތް ޕްރޮޖެކްޓް ހަދަން ނިދާ ކޮޓަރިއަަށް ވަނީ އެތާ ޖައްސަންޖެހޭ ޕްރޮޖެކްޓުގެ ބައެއް އޮތީބާ؟ ޢަމިއްލައަށް ތި ކޮސްގޮވުނީނު މިހާރުތި!

 15. ކުރަހާފަވެސް އެހުންނަނީ ހަމަ ޝައީތާނީ މަންޒަރު..

 16. ނަގުލާ ދަޅާ ރޭޕްކުރިމީހާ އާއި އަދި އެްވެސް ސުވާލެއް ނުކުރަނީ

  ޚޮންކަހަލަ ޕޮލިހުންނެއް

  ޙެކިނައްޓާލަފާނެއެތީ ސުވާލު ނުކުރަނީދޯ؟

 17. ތިކުރެހުމުން ލަދުވެތި ގުނަވަނެއް ފެނޭބާ؟

 18. ދެން އެކުއްޖާގައިިން ކަލޭގެ ޑީ އެން އޭ ފެނުނިއްޔޯ ޑޮންޓަރުންނަން

  • ޑިމޮކްރަޓިސްޓް

   ކާކުބުނީ ޑީއެންއޭ ފެނުނޭ!!!! ބުނި މީހެއް މިތާ ބުނެބަލަ!!! ނޭންގޭ ކަންތަކަށް އަނގަނުކޮށްޕާ ގޭގަ އޮވެބަލަ!!!

 19. ކަލޭގެ ބޭބެޔާއި ކަލޭ ދޮގެއް ހަދަންވެއްޖިއްޔާ ދޮގެކޭ ހީވެސް ނުވާނެ. ބުނަން މޮޅުވާހަކަ ދައްކާނެ ކަމެއްނެތް. ޑްރާމާ ތައްޔާރުކުރަން ކަލޭގެ ބޭބެގެ ބާރާއި ނަމުގެ ސަބަބުން “ ޕްރޮޓެކްޓް އެންޑް ސާރވް “ ބޯޑު އަޅައިގެން ކޮނޑަށް ކުލަބަރި އަރުވައިގެން ރައްޔިތުންގެ ފައިސާ ޖީބުފުރެންދެން ނަގާ ގުޅިގުޅިގުޅޔަށް އަޅާ ފޮރުވާ މީހުން ހެކި ފޮރުވައި ކުށުން ރެކޭނެ ޑްރާމާ ތައްޔާރު ކުރާނެ ވަގުތު ދީފި.
  ދެން ހެޔޮ ތިކަން ނުކުރިޔަސް.

  • އާނއާނ ކަލެއަށް ތިޔަހުރެވެނީ ދޮގެއް އެއްގޮތަކަށްވެސް ނުހަދާ ޑްރާމާއެއްވެސް ނުކުޅޭމީހެއްގެ ފަހަތުގަ.....!!! ލަދުކޮބައިބާ....!!!

 20. މަރުގެ އިންޒާރު ދިނީމަ ފުލުހުންނަށް ނާންގާ އުޅޭނެކަމަކަށް ގަބޫލެއް ނުކުރެވޭ.

 21. ޑިމޮކްރަޓިސްޓް

  މީހުންގެ އަބުރު ކަތިލާއިރު އެހެންދުވަހެއް އޮތްކަން އެނގޭބާ؟؟؟؟ ތީ ކޮންފިކުރެއްގެ އަންހެނެއްކަން ނުބުންޏަސް އެނގިއްޖެ!!! ތިކަހަލަ ކަންކަން ކުރަން މޮޅުވާނީ އެބައިގަނޑުގެ ފިކުރުގެމީހުން!!! ދެންވެސް ކަމެއް ހިނގައިފިއްޔާ ފިކުރު މަ ބުނެލާނަން އެއީ ކާކުކަން ނުބުންޏަސް!!!

 22. "ދެމީހުންވެގެން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ޕްރޮޖެކްޓު ނިމުމުން، އަންހެން ކުއްޖާއަށް 2000 ރުފިޔާ އާއި 3000 ރުފިޔާ ދިނުމަށް ނިންމިކަމަށްވެސް ޙަސަން ބުންޏެވެ. އެހެންނަމެވެސް، އަގާމެދު އެކުއްޖާ ހިތްހަމަނުޖެހުނުކަމަށާއި އެކުއްޖާ ބޭނުންވީ 15،000 ރުފިޔާކަމަށް އޭނާ ބުންޏެވެ".

  މިތަންކޮޅުގަ މައްސަލައެއް އެބައުޅޭހެން ހީވޭ؛؛؛؛؛ އަގާމެދު ހިތްހަމަނުޖެހެންޏާ ދިޔައިމަ ނިމުނީ؛؛؛؛؛؛ ތި ޕްރޮޖެކްޓްގަ ބައިވެރިވާން މަޖުބޫރެއްނޫންދޯ؛؛؛؛؛؛ ތީ އަދި ދެކެވުނު ވާހަކައެއް؛؛؛؛؛؛ މަސައްކަތެއްވެސް ކުރީކީ ނޫނެއްނު؛؛؛؛؛؛؛ ދެން ކޮންހާވަރެއް އަރުވާލާކަށް؛؛؛؛؛

 23. ނައިސްޓްވިސްޓް

  ކިހާސަޅި. ދިރިއުޅޭގޭގަ ކީއްތަކުރީ އޭނައާއެކު. އަގުބިޑުވިތަން ހަމަކޮށްލީ ދޯ

 24. ކޮފީއަށް ރެސްޓޮރަންޓް ދިޔަކަމަށް ބުނެ ބަށްދަކުވުން ދިރި އުޅޭ ތަނަށް ބަދަލުވީމަ ޝައްކުވޭ މިލިޔުން ހެއްކަށް ފުދޭ

 25. ތިޔަކު ހަޤީގަތެއްނޭނގޭ. އަންހެންކުއްޖާވެސް ދޮގުހަދާފާނެ. ހަސަންވެސް ދޮގުހަދާފާނެ. ސާބިތު ހެއްކެތްނެތި ރަނގަޅުވާނީ މީހެއްގެ ބޮލުގައި އެވަރުގެ އިލްޒާމެއް ނޭޅުވުން. އެހެނީ ޤުރުއާނުގައި ﷲ އަންގަވާފައިވޭ މުއުމިނު ފިރިހެން އަދި މުއުމިން އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާމީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ. އެހެނީ ސާބިތު ހެކިނެތި އަދި ތިމާއަށް އޭގެ ހަޤީޤަތް ނޭނގި ތިބެ މީހުންގެ އަބުރުނަގާލައި މީހުންގެ ބޮލުގައި އެފަދަ ތުހުމަތުތައް އެޅުވުމަކީ ބުރަދަންހުރި ފާފައެއް އުފުލަންޖެހިދާނެ ކަމެއް.އެއީ ކުޑަވެސް ޝައްކެތް އޮތްކަމެއްނޫން. މިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށްޓަކައި ހިލޭ އަންހެނުން ފިރިހެނުންނާއި ބައްދަލުކުރާހިނދު މަޙުރަމަކާއި އެކުގައި މެނުވީ ބައްދަލަކުރުން ހުއްދަވެގެންނުވާސަބަބަކީ.

 26. އަންހެނުންވެސް ފިރިހެނުންވެސް އެހާގޯސް.

 27. ދެން ކިޔާ ތިހެން..މޮޅެތި ވާހަކަ ދައްކާނެ..

  • ކަލެއަށް ކިހިނެއް އިނގެނީ އަސްލު ވީގޮތެއް؟

  • ޕްރޮޕެގެންޑާ

   ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދަ ހޯކްސް ސްޓޯރީ ޑިވެލޮޕް ކުރި ނަމަވެސް މަމެން ތިޔާ ކަމެއް ނުކުރާނަމޭ ގަބޫލެއް ތިޔާއީ ހުސް ދޮގޭ. އިޓްސް ޑޭންޖުރެސް ތިޔާއީ ބްލެކް މެއިލް ކުރަން ފަތުރައިގެން އުޅޭ ޕްރޮޕެގެންޑާ އެކޭ.

 28. އޭރުވެސް އިނގޭ ނިމޭނީ މިކަހަކަގެ ޑުރާމާ އަކުންކަން
  އެކަމަކު ބުނަން އެމަންޖެ ނުކުތްގޮތަށް ޕޮލިހަށް މައުލޫމާތު ދިން އަދި އައި،ޖީ،އެމް،އެޗް އައްދެއްކި

  • އެދެމެދުގައި އެހެން ފިރިހެނަކު މެދުވެރިކޮށް އެބުނާ ޑީއެންއޭ އުފެއްދިބާ! ރޭޕްކުރިޔަސް، ނުކުރިޔަސް އަބުރުގެ މައްސަލަތަކަކީ ވަރަށް ސީރިއަސް ގެއްލުންބޮޑު މައްސަލަތަކެއް.

 29. ޢަޙްމަދު ނާފިޒު

  ނިމިގެންދާއިރު ތިޔަ ފިރިހެނާވާނީ ތެދު އަލިފަކަށް. ނިކަމެތި މީހާޔަށް ހުރިހާ ގެއްލުމެއް

 30. ކުރަހާފައި ހުރި މަންޒަރުން ވެސް އެނގޭ އަންހެނުންގެ ހަށިގަނޑަށް ފެންބޮވައިގެންފައިވާ މިންވަރު...

  • މިއީ ވަރަށް ޗީޕް ކޮމެންޓެއް. މީހެއްގެ ހާގީގަތޭ ބުނެ ތިފަދަ އިލްޒާމް އަޅުވާކަށް ނުވާނެ.

 31. ދަތިތައް ހައްލު ކޮށް ހޮސްޕިޓަލާއި ހިންގަން ހަވާލުވާނަން ކަމަށް އިންޑިއާގެ ނިމްސްއިން ބުނި ނަމަވެސް އެއް ފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ފުންމާލާނެއޭ މިކަން ކަން މަމެން ދަންނަމޭ އިންޑިއާގެ ނިމްސް ތިޔާ ކަން ހުއްޓާލުމަށް ފަހު ތަމެން ދަގަ ރަށު ތެރޭން މުޑި ކާށި ހޮވަން. ތިޔާ ވާނީ އިންޑިއާގެ ޓަޓްވާ އަށް ވީ ގޮތޭ ސަރުކާރުން މިކަމުގައި ޅަ އެއްޗެއް ދެން އަޅައިގެން ނުވާނެއޭ ކުޅުދުއްފުށީ ހޮސްޕިޓާ ހަވާލު ކުރޭ އޭޑީކޭ ނުވަތަ ޓްރީ ޓޮޕް ހޮސްޕިޓަލް އާއި ހދ. މަކުނުދޫ ފަޅު ގޮސް ރާ އަތޮޅާއި ޖެހެން ދެން ހިއްކައިގެން ރިސޯރޓްސް ތަކާއި އިންޑަސްޓްރިއަލް ޕާރކްސް ތައް ހަދަން އެމެންނަށް 100 އަހަރަށް ހިލޭ ދީގެން. އެއިރުން މިކަން ވާނެއޭ އެއީ ޔަގީން ކަމެކޭ. މައި ޗޮއިސް އިޒް އަވަރ އިންހައުސް ޓައިކޫންސް ރާދަރ ދޭން އިންޑިއަންސް. ރައިޓް ނައު މައި ކަންޓްރީ އިޒް ދިސް. ދަ ވާރޑިކްޓް ކަމްސް އައުޓް ލައިކް ދިސް މައި ޗޮއިސް އިޒް އަވަރ ހޯމް ޓައިކޫންސް ސްޓޭކްސް އާރ ކްއައިޓް ހައި އޮން ދިސް.

  • ކައެ ހުންނަނީ 24/7 ގަހުގަތަ

  • ކަލޯ ކަމާ ގުޅުމެއް ނެތް ލޮލް

  • ކަލޯ ހިނދުކޮޅުގަތަ؟

  • މީނަ ކޮންތާކަށް ކޮމެންޓް މިކުރަނީ. ދޮންކަލޯ ގަހުން ފައިބަބަލަ.

  • ޑިމޮކްރަޓިސްޓް

   މީހަކު ހޭބައްޔޭއްނުވާނެތަ؟؟؟

  • އަޖައިބެއް. ގަދަކަމުން ޖިންސީ ގޯނާ ކޮށްފަހުރިއްޔާ ޑަކްތަރުންނަށް އިނގޭނެ ނޫންތަ؟ ދެންއެގޮތުން ބަލަންވީނޫންތަ؟ ކުއްލިއަކަށް ތިޔަކަން ސިޔާސީކޮށްލައިގެން އުޅޭވަރުން ހީވަނީ ތިޔައީވެސް ރީނދޫ ރޭވުމެއްހެން. އެހެންނާފަހެ ނިދާފައޮތް ކާފަބެވެސް ކުއްލިއަކަށް ހޭލައިގެން ތިޔަކަމާ ގުޅޭގޮތުން ޓުވީޓުކޮށްފިޔޯލަ........!!!!!

  • މީހަކު ކުށްވެރި ކުރަން ހެކި ދޭން އެހެން މީހެއްގެ (ޑޮކްޓަރެއްގެ) ކުރިމަތީ ބަރަހަނާ ވުން ރަނގަޅެއްނޫން