މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތުކޮށްގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އޮގަސްޓް 8، 2014 ގައި ރިލްވާން ރަހީނުކޮށް ގެއްލުވައިލި މައްސަލާގައި ޔާމީން މިއަދު ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރީ މެންދުރުފަހު ދޭއް ޖަހާކަށް ހާއިރުއެވެ. އޭރު އެނގިފައިވާ ގޮތުގައި، ޔާމީން ހާޒިރު ކުރަނީ އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތެއް އޮވެދާނެ ކަމަށް ބެލެވިގެން އެ ކަން ސާފު ކުރުމަށެވެ.

ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވެވަޑައިގެން ދެ ގަޑިއިރެއްހާ އިރު ހޭދަކޮށްފައިވެއެވެ.

އެ ބައްދަލުވުން ނިމިގެން ކޮމިޝަންގެ ބޭރުގައި ޔާމީންގެ ވަކީލުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، މިއީ ޔާމީނަށް ވަކި ގޮތަކަށް ލަންބާލަން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

ވަކީލުންގެ ޓީމުގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޔާމީނަށް ކުރާ ތުހުމަތަކީ ރިލްވާންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އެކަމަކު އެ ކަން ޔާމީން އިންކާރު ކުރައްވާ ކަން ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލް ފާހަގަކުރެއްވި ގޮތުގައި، މިއަދު ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރު ކުރީ އެއްވެސް ހެއްކެއް އޮވެގެނެއް ވެސް ނޫނެވެ. ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވުނަސް ކޮމިޝަންގެ ސުވާލުތަކުގައި ވަކި ތަރުތީބެއް ވެސް ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"މިއަދު ތަހުގީގީ ޓީމު ތިބީ ވެސް ވަރަށް ކޯފާވެގެން، މިއަދު ވެސް އެ މީހުނަށް ބުނެއެއް ނުދެވޭ ވެގެން އުޅޭ ގޮތެއް ވެސް، ހުރަހެއް އެޅުނު ގޮތެއް ވެސް، އެޅި ހުރަހެއް ވެސް،" ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައި ހުންނަވަނިކޮށް، އޭނާގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވެސް ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސް އެޅުއްވި ކަމަށް ތުހުމަތު ކުރައްވާފައި އޮތެވެ. އޭރު ވެސް ޔާމީން މި ކަން ދޮގު ކުރައްވައެވެ.

ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ނޫސްވެރިއަކު ރިލްވާން ގެއްލިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން "ގެއްލުނީމަ ހޯދާނީ" ކަމަށް ވިދާޅުވެ ޔާމީން ކުރިން ދެއްވި ޖަވާބަށް ވެސް އާންމުންގެ ފާޑު ކިއުން އަމާޒުވިއެވެ.

ރިލްވާން އުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންގޮސް ކަނޑުމައްޗަށް އަރުވައި ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލި ކަމަށް އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބައެއް ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނުން ކުރި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއި މި މައްސަލައާ ގުޅިގެން އެއްވެސް ގުޅުމެއް އޮތްތޯ ނޫސްވެރިން ސުވާލު ކުރުމުން އޭރު އެ ކޮމިޝަންގެ ރައީސްއަކަށް ހުންނެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ޔާމީންއާ ގުޅުން ހުރި ކަމެއް ނެތް ކަމަށާއި އެމަނިކުފާނުގެ އިހުމާލެއް ވެސް ފާހަގަވާން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮބާތަ ތިކަމުގެ އަޑީގައި ހުރި އެމްޑީޕީގެ މުއްލާ

    މަ ރުކޮމިޝަނު މީހުނަށް ތިހާ ތަފްސީލުކޮށް ރިލްވާނު މަރާލުމުގެ ކުރިން ކަކުރިގޮތާ މަރާލިގޮތް އެނގޭނީ ރިލްވާން މަރާލުމުގައި ބައިވެރިވިމީހެއްގެ ފަރާތުންތާ އެހެންވީމާ ތިމަރުކޮމިޝަނުގައި އެކަމުގައި ބައިވެތިވިމީހުންގެ އަޑިއެނގޭ ބަޔަކުއެބަތިބިތާ ކަނާތުން ވާތުގައި ވަޅި އެޅުންފަދަކަމެންނުތިރުރަނީ ތިކަމުގައި ބައިވެރިވި އެމްޑީޕީގެ މުއްލާކޮޮ?

    33
    1
  2. މުސްތޯ

    ކުރީގެ ރައީސާއި ކުރީގެ ނައިބު ރައީސް. ވަރަށް ގުލޭ. އެކަމަކު ސަލާމަތް ވަަކަށް ނެތް. ކޮށްފަހުރި ވައްކަމާއި ޖަރީމާގެ ބޮޑުކަމުން. 2018 ރައީސްކަމަށް ހޮވުނުނަމަ އަދިރި އަދިރިންނަށް ވުރެން ކަން ނުބައިވީސް. ރާއްޖޭ ހުރިތާގައި އޮންނާނީ ހުސްވަޅުގަޑެއް. މެންބަރުން ތިބޭނީ ގަނެފަ. ހުރިހާ ރައްޔިތުން ތިބޭނީ ޖަލުގަ. ނުރުހޭ މީހަކުވެއްޖިއްޔާ ގެއްލި ހުސްވާނީ. މިގޮތަށް މީހުން ގެއްލެމުން ދިޔައީ އަދިރިއަދިރިންގެ ދުވަސްވަރު.

    3
    48
    • މާބެ

      އެހެންވީމަތާ ޔާމިންގެ ދައުރު އަނދިރިއަނދިރިންނަށްވުރެ ނުބައިވީ ދެއްތޯ؟

      5
      4
  3. ޔާﷲ

    މަކަ ރުވެ ރި ދޮގުވެ ރި އަނިޔާވެ ރިންގެ އަތްދަށުން ރައީސްޔާމީން ސަލާމަތްވާނެމަގު މާތްﷲ ތަވަސްކޮށްދެއްވާށި އާމީން :

    23
    2
  4. ސަޓޯ

    ބޭނުމަކީ އަންނަ އިންތިހާބާ ހަމަ އައްވެސް އެކި އެކި ދައުވާ ކޮއްކޮއް ހުންނަން، އިބޫ ހިތުން ދެންވެސް ވެރިކަމައް އަރާނީ އޭނަ.. ލޮލް

    20
    1
  5. ހުސޭނުބޭ

    ދައުރު ނިންމާލަމުން އެއްވެސް މަރެއްގެ އަސްލެއް ނުހޯދާ ބުނާނެ މިއުޅޭ ޔާމީނާ ހުރެއޭ މަރުތައް ތަޙްޤީޤު ނުކުރެވުނީ
    ތިކަން ޔާމީނު ބޮލަށް ކަނޑާލަން މިހާރު އެ ފޫގެޅީ

    21
    1
    • Anonymous

      މާތްﷲގެ ރަޙްމަތްފުޅުން ދެންދުވަހަކުވެސް މިގައުމުގެ ވެ ރިކަމަކަށް މި ޖައްބާ ރުންނަކަށް ނާދެވޭނެ، އެކަނލާގެއީ ހު ރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

  6. ރާއްޖެ

    އޯކޭ މިތިން އަހަރު ތަހުގީގު ނުކުރެވިގެން މިއުޅެނީ ދެން ކާކު ހުރަސް އަޅާތީ؟

    16
    1
    • ޜަނާ

      ޢެއްވެސް ކަމެއް ނުކުރެވުއްޖެތަ ހަމަ ޔާމީނުގެ ސަބަބުން.

  7. ޙޯރަ

    ކަލޯ މުސްތޯ. ޚަލެއަށް ހާދަ އެނގޭ ދޯ؟

  8. އިސްތިއުފާ

    ރާއްޖެ އެބުނާހެން މިތިން އަހަރު ކާކުހުރަސް އަޅާތީ މަރުކޮމިޝަނައް ތަހުގީގު ނުކުރެވިގެނެން ތިއުޅެނީ މޮޅުވާހަކަދެއްކިޔަކަސް ކަމަކުނުދާނެ ތިޔަތިބީ ފެއިލްވެފަ އިސްތިޢުފާދީ ފަ ގެއައްކަނޑާލާ