ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޮގަސްޓް 8، 2014 ގައި ރިލްވާން ރަހީނުކޮށް ގެއްލުވައިލި މައްސަލާގައި ޔާމީން މިއަދު ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރީ މެންދުރުފަހު ދޭއް ޖަހާކަށް ހާއިރުއެވެ. އޭރު އެނގިފައިވާ ގޮތުގައި، ޔާމީން ހާޒިރު ކުރަނީ އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތެއް އޮވެދާނެ ކަމަށް ބެލެވިގެން އެ ކަން ސާފު ކުރުމަށެވެ.

ރައީސް ޔާމީން ހާޒިރުކުރުމާއި ގުޅޭގޮތުން "ވަގުތު" އިން ސުވާލު ކުރެއްވުމުން ކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢަބްދުﷲ ވިދާޅުވީ، ޔާމީން މިއަދު އެކޮމިޝަނަށް ހާޒިރުކޮށް އެ މައްސަލާގައި އެތައް ފަހަރަކު ސުވާލު ކުރެއްވުމުން ވެސް ހުންނެވީ ހަނު ކަމަށެވެ. އަދި މި ތުހުމަތަށް ޖަވާބު ދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހަނު ހުންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

މިސްބާހު ވިދާޅުވީ، މި މައްސަލާގައި ޔާމީނުގެ މައްޗަށް ކުރާ ތުހުމަތަށް އެމަނިކުފާނު ފުރިހަމަ ޖަވާބުދާރީވުމަކީ ރިލްވާންގެ އާއިލާ އިން ވެސް އެދޭނެ ގޮތް ކަމަށެވެ.

"ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ދައުލަތުގެ އެންމެ މަތީ މަގާމު އަދާ ކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާތީ ކޮމިޝަނުން ހިތާމަ ކުރަން" މިޞްބާހު ވިދާޅުވިއެވެ.

ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ނޫސްވެރިއަކު ރިލްވާން ގެއްލިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން "ގެއްލުނީމަ ހޯދާނީ" ކަމަށް ވިދާޅުވެ ޔާމީން ކުރިން ދެއްވި ޖަވާބަށް ވެސް އާންމުންގެ ފާޑު ކިއުން އަމާޒުވިއެވެ.

ރިލްވާން އުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންގޮސް ކަނޑުމައްޗަށް އަރުވައި ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލި ކަމަށް އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބައެއް ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނުން ކުރި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއި މި މައްސަލައާ ގުޅިގެން އެއްވެސް ގުޅުމެއް އޮތްތޯ ނޫސްވެރިން ސުވާލު ކުރުމުން އޭރު އެ ކޮމިޝަންގެ ރައީސްއަކަށް ހުންނެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ޔާމީންއާ ގުޅުން ހުރި ކަމެއް ނެތް ކަމަށާއި އެމަނިކުފާނުގެ އިހުމާލެއް ވެސް ފާހަގަވާން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަނަ

    ތިކަހަލަ ގަމާރު ދެއުޅިއެއްނުވާ މީހުންތިބި ކަމިޝަންއަކައް ކިތައްމެފަހަރަކު ޖަވާބު ދިނަސް ވާނެ ކަމެއް އޮއްނާނެތަ ފެއިލްވީމަގޮތްހުސްވީމަ ރައްޔަތުންނައް ދަޅަދައްކަނީ

    10
  2. ކޮވިޑް

    މިސްބާހު ލަދެއް ނުގައި ދޯ ތި ބުނާ ދައުލަތުގެ އެންމެ މަތީ މަޤާމު އަދާ ކޮށްފައިވާ މީހަކު ތިފަދަ ނާޤާބިލް ކޮމިޝަން އަކަށް ގެންދަން؟ މިސްބާހު ލަދެއް ހަޔާތެއް ނެތް ދޯ ތިޔަ ކޮމިޝަންގެ ރައީސް އަކަށް ހުރި މީހާ މަރުތަކުގެ އެއްވެސް ކަހަލަ ތުހުމަތެއް ޔާމީން ގެ ނެތް ވާހަކަ ލައިވް ޓީވީގަ ބުނެފައި ވަނި ކޮށް ތިކަހަލަ ގޮތް ކުޑަ ވާހަކަ ނޫހަކުން ގުޅީމަ ކިޔާކަށް؟ މިސްބާހު ލަދުގެ ކަން ފުޅެއްވެސް ނެތް ދޯ ރައްޔަތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ކަމެއް ނުކޮށް ތިން އަހަރު ވާއިރު ތިޔަ ކޮމިޝަންގަ އިންނާކަށް؟

    10
  3. މަނީމަނީ

    އެއީ އެންމެ މޮޅުގޮތަކީ ކަމަކާސުވާލުކުރީމާ ވާހަކަ ނުދެއްކޭމީހަށް ހެދިގަންނަނީ މީގަޓްރައީސަށްވާވަރު

    5
    30
    • Anonymous

      ހަމަ ރަނގަޅަށް ހެދީ،

      10
  4. ބޯގޯސް

    ބަލަގަ ރައީސްތަ އޭނާގޮވައިގެން ދިޔަތާކައް ދިޔައީ

  5. ބުޅާ

    ސޯލިހުވެސް ވެރިކަމުން ފައިބާތަނުން ރާއްޖެއިން ގެއްލިގެން ނުވަތަ މަރުވެފައިވާމީހުންގެ މަށްސަލަތަށް ބެލުމަށް ފުލުހުންގެ އިދާރާއަށް ގެންދާނެ ސަލާމަތެއްނޯންނާނެ އެދުވަހަށް ތަށްޔާރުތޯ ރޮވެންޏާ ހަހަނުހުރުން ބުއްދިވެރިވާނެ.

  6. Anonymous

    ހަމަ ރަނގަޅަށް ހެދީ،

  7. Anonymous

    "މަނީ މަނީ" ރ. ޔާމީނު ހަނުހުންނެވީތީ ކިތައްމެ ޖޭ ވިޔަސް އެމަނިކުފާނު ޙާޒިރުކުރަން ނުޖެހޭ ތަނަކަށް ހާޒިރުކޮށް ބޮލުގަ އަޅަންނުޖެހޭ ޒިއްމާއެއް ބޮލުގަ އަޅުވަން ކުރާހާ ސުވާލުތަކަކަށް ޖަވާބުދޭންމުޖެހޭނެ، ހަނު ހުންނެވީވެސް ގަޓް ވީމަ، އެމަނިކުފާނު އެހާލުގައިވެސް ދުނިޔޭގަ ހުރިއްޔާ މި ގޮތެއްފޮތެއްނެތް ސަރުކާރަކާރު އަންނަ ދައުރަށް ނުހޮވޭނެތީ އެމަނިކުފާނު ނަފުސާނީގޮތުން ބަލިކޮށް މަރާލެވޭތޯ އުޅެނީ އަދި ގޮތްހުސްވެގެން ތެޅިފޮޅެނީ!!

    6
    1
  8. ޙަޤީޤަތް ދެނެވޮޑިގެންވާނީ މާތްﷲ

    އެއީ ެެއިސްލާމްދީނާއި ދެކޮޅުފި ކުކުރުކަމައްވާ ލާދީނީފިކުކުރު ހުހރިބަޔަކުކު ރިކަމަކާ ބޮޑަށް ވައްތަ ރީ އަނެއްކާވެސް ނުހައްޤުން ކަމާނުބޭހޭ ބައެއްގެ ބޮލުގައި އަނެއްކާވެސް ބޮދޮގު އިލްޒާމެއް ތިއަޅުވާލަނީ ތިކު ރެވެނީ ކިހާވަ ރެއްގެ ކަމެއްކަން އެނގޭބާ ވެ ރިކަމާއި މަޤާމާއި ފައިސާގެ ދަހިވެތިކަމުގައި މުޅިތިމާގެ ހަޔާތް ޖަހަންނަމަޔާހާވާލު ކު ރުންފަދަކަމެއް ހަގީގަތް ތިމާމެނަށް އެގިތިބެ އެކަން ފޮ ރުވާ ވަނަންހަނާކު ރިޔަސް މިދުނިޔެމަތިން އެމީހަކަށް ދައްކަވާންހު ރިކަމެއް އެމީހަކައް ދަކަވާފަ މަ ރުގަނަނަވާނީ ވިސްނާ ފިކު ރުކު ރާބަޔަކަށް ޢިބު ރތެއް އެހެންނޫންތޯ މަ ރުކޮމިޝަނަސް ކޮންމެ ކޮމިޝަނަކަސް ތިކު ރާމަކަ ރުވެ ރި ރޭވުންހަދާދޮގު އޮޅުވާއޮޅުވާލުން މާތްﷲ ތިމާއާއިއެންމެ ގާތުން ބައްލަވާވޮޑިގެންވޭ ތިމާއާއި އެންމެ ކގާތުގައި ޖެހިގެން އިންމީހާއަށްވު ރެ ގާތުގައި ﷲވޮޑިގެންވާކަން ހިތައްއަ ރާބާ ބި ރެއްނުގަނޭތަ ރޯބުހުތާންދޮގު ކަމާނުބެހޭ ނިކަމެއްތިގެ ބޮގައި ތިއަޅުވަނީ ހަ ރާންކޯ ރުވެއްޖެމީހަކު އެކުގެ ނަތީޖާ ﷲދެދުނިޔޭވެސް އެމީހަކަށްދައްކަވާނެކަ ކަށަވަ ރު އަމިއްލަ މަންފާއާއިޖާހައްޓަކައި ކިތައްމީހުންގެ ދި ރިއުޅުން ތިދުއްވާލަނީ ވަގުތު ޖެހުމުގެ ކު ރިން ވިސްނާ؟40 އަހަ ރުދުވަހުނަ ރަރައިގަ ތިބެން ތިމާނމެންއަމިއްލައަކަށް ތިހުކުންކު ރަނީ ކެތްވާނެބާ އެދުވަހުން މުޅިލާދީނީ ފިކު ރުގެ ޖާގައަކީ ނަ ރަކަ ކެތްވާނެތަ؟

  9. ސާބަހެ ޔާނުވަރެއް ހަމަނެތޭ މަބުނާނީ

    ބަލަ ހަނުހު ރުމުގެ ޙައްޤު އޮންނަން ވަނީވެސް އެންމެމީ ކަކައްތަ އާއެހެންތާވާނީ ކަ ރުނައަޅާ. ރުއިމުގެ ހުއްދަވެސް މިއޮންނަނީ ލާދީނީ ލިސްޓަށް އެ ރީމަވިއްޔާ ބަލަ ގަޓު ރައީސުންނަކީ ދުސްމިނުން އެޅިހާބަތަކަށް ރިހަވެފަ ތިބެއްޖެހޭބައެއްނޫނޭ ބަލަ މަ ރުކޮމިޝަނަކީވެސް ހަމަ އެމްޑީޕީއޭ އެހެންވީމަ ގަޓު ރައީސުން އެމްޑީޕީ ޖަހާހާ ބެ ރަކަށް ނަށަންޖެހޭތަ ބަލަ ރައީސް ޔާމީނައީ ތަންދޮ ރު ދަންނަ ކިޔަވައިގެން ހު ރި ވަ ރުގަދަ ބު ރިޖާ ތާ ރަޔާ 25 ބު ރިބު ރި ޔަށް ހިއްލާލި ވަ ރުގަ ގަޓުހު ރި ފަހުލަވާނެކޭ ރަންކޮޅާ ރައީސްޔާމީންގެ 5އަހަ ރުގެ ތަ ރައްގީ ހަޖަމް ނުވިޔަސް ތިއީ ދެން ފުކެއްބޮޑުވަ ރު ﷲ ވޮޑިގެން ވަނީ ކެތްތެ ރީންނާއެކު މާޝާﷲ

    8
    1
  10. މަނީމަނީ

    އެނގޭތަ ގަޓު ރައީސުން ވަ ރައް ގަޓުވާނެ މަނީމަނީ އަށް އެނގޭތަ ގަޓު ރައީސުން ޖަވާބުދޭ ނީ ވވވ ރަށް ގަޓު ސުވާލަށް ސުވާލަކީ ވަ ރަށް ގަޓު ސުވާލެއްނަމަ ޖަވާބުލދޭނެ ވަ ރަށް ގަގަޓުކޮށް މަނީމާނީ މެން ތިތިބެނީ 24ގަޑިއި ރު ހަމާގައެއް ނޫންވިއްޔަ އެހެން ވީމަ ގަޓުކަމެއް ގަޓުނޫންކަމެއް ކިހިނެއްއެގޭނީ ޖަވާބުލިބޭނެ ރައީސްޔާމީން ކު ރެއްވިކަންތަކާބެހޭގޮތުން ސުވާލުކޮށްބަލަ ކިތައް ބު ރިޖްތޯއެޅުއްވީ ކިތައްޕާކުތޯ ހެއްދެވީ ކިތަކކުޅިވަ ރުކުޅޭދަނޑުތޯ އެޅުއްވީ ކިތައް ރަށު ކިތައްމަގު ތޯ ތާ ރުއާޅާފެންވަ ރައްހެއްދެވީ ކިތައް އެއާޕޯޓުތޯ ހެއްދެވީ ކިތައްބަދަ ރުތޯ އެއްދެވީ ކިތައް ރަށުގައި ނަ ރުދަމާއެޅުއްވިތޯ ކިތައް ރށުގައި ބަނދަ ރރުތޯހެއްދެވީ ނަމަވެސް އިބޫ ކައި ރީ ހއަހާލަބަލަ ކޮންއި ރަކުތޯ އެންމެފަހުން ފެންވެ ރި ނުދޭނެ އެއްވެސްޖަވާބެއް އެހެއްނުވާނީ ޖަވާބަކީ ހު ރެފަ އިންޑިއާ ބޮޑުގެ ރިހެން ހު ރެފަ ހޭ ރިރެގަންނާނީ މަނީމަނީ އަށް ވ ރށްސލމް

  11. އޮޅުވާލި ވޯޓު

    ކޮމިށަނުގަ ގާނޫނާ ހިލާފުމީހަކު ހުރެގެން ކުރާސަވާލަކައް ޖަވާބުދިނުމަކީވެސް ގާނޫނީކުށެކަން ނޭގެނީތޯޯ

  12. ޚާލިދު

    ކޮމިޝަނުން ތިބުނަނީ މަރާފަ(ލަފްޒުން ލަފްޒައް ނުލިޔަންވެގެން)އެއްލާލިވާހަކަ އެހެން ކަމައްވެއްޖެއްޔާ އެކަން ކުރިމީހުންނާ މީގެކުރިން ކޮމިޝަނުންވަނީ ސުވާލުކޮއްފަ ދެން ސުވާލަކީ އެބަޔަކު ކޮމިޝަނައް އެނގޭއިރު ހައްޔަރުނުކުރެވުނީ ނުވަތަ އެމައްސަލަ ޝަރީއަތައް ނުފޮނުވުނީ ކީއްވެގެން ކޮންފަރާތަކުން ހުރަސް އަޅާތީހޭ؟