އިންޑިއަން ޕޮލިސް ސާވިސްއިން ފުލުހުން ތަމްރީނުކުރާ މައި އެކަޑަމީ ކަމަށްވާ ސަރްދާރް ވައްލަބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގަ (އެސްވީޕީއެންޕީއޭ)ގައި ތަމްރީން ހަދަމުންދާ ދިވެހި ފުލުހަކު ވިދާލައިފިއެވެ.
މި އެކަޑަމީގެ 51 ވަނަ ބެޗުގައި ބައިވެރިވެ ވިދާލި ދިވެހި ފުލުހަކީ އޮފިސަރ ޓްރްއިނިންގ ހަދަމުންދާ މުހައްމަދު ނާޒިމެވެ. އޭނާ ވަނީ އެ ބެޗުން ދެ ޝަރަފެއް ހޯދާފައެވެ.
ނާޒިމް ހޯދާފައިވާ ދެ ޝަރަފަކީ މި ބެޗުން ލިބުނު އަން އާމްޑް ކޮމްބެޓް ޓްރޮފީ އާއި އިންޑޯ ޓިބެޓަން ބޯޑާ ޕޮލިސް (އައިޓީބީޕީ)ގެ ރޮކް ކްލައިމްބިން ޓްރޮފީއެވެ.
Mr Mohamed Nazim, officer trainee of Maldivian Police, won the 51st Batch of Senior Course Officers' Trophy for Unarmed Combat (UAC) & ITBP Trophy for Rock Climbing. pic.twitter.com/WZ0YLhvZBD
— SVPNPA (@svpnpahyd) August 2, 2021
އޭނާ ހޯދި ކާމިޔާބީ ފާހަގަކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ އެވޯޑްތައް ނާޒިމް ހާސިލް ކޮށްފައިވާތީ އެކަމާއި ފަހުރުވެރިވާ ކަމަށެވެ.
އޭނާގެ ކާމިޔާބީ ފާހަގަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ފުލުހުންގެ ތަމްރީންތަކުން ރަނގަޅު ކާމިޔާބުތައް ހޯދާތީ މަރުހަބާ ކިޔާ ކަމަށެވެ.
މި ޕޮލިސް އެކަޑަމީން ފުލުހުންގެ އިސް ސަފުގައި ހަރަކާތްތެރިވާ ދިވެހި ފުލުހުން ވެސް ތަމްރީން ކުރެއެވެ. އަދި އެސްވީޕީއެންޕީއޭއަކީ އިންޑިއާގެ ފުލުހުންގެ ސީނިއާ އޮފިސަރުން ވެސް ތަމްރީން ކުރަމުން އަންނަ އެކަޑަމީއެކެވެ.
ކޮންމެ އަހަރަކު ވެސް އިންޑިއާގެ އެކަޑަމީން ދިވެހި ފުލުހުންގެ ތެރެއިން 14-6 މީހުން ތަމްރީން ކުރެއެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް ފަދަ ގައުމުތަކުގެ އޮފިސަރުން އެ އެކަޑަމީގައި ތަމްރީން ކުރެއެވެ.
.މިދެން އެއްގައުމެއްނު
މިހާ ރު ތިއީ މާބޯދުކަމެއްނޫން ދިވެއްސަކުވީއްޔާ ތިފަދަ އިނާމުދޭނެ ފަހުން ލޭބޯލާނީ
ދިވެހި ފުލުހުން ގުބޯހެއްދުން މުޅި ރާއްޖޭގައި އިންޑިއާގެ ބާ ރާއި ނުފޫޒު ން ރާއްޖެ އަޅުވެތިކަމުގެ ނާމާން ކިއްލާއަކައް އެމްޑީޕީން ކޮންމެ ފަހަ ރަކު ރައްޔިތުން ގުބޯ ހައްދައިގެން ވެ ރިކަމަށްއަ ރާފަ މުޅި ރާއްޖެ ސަލާމަތް ނުވެވޭވަރަށް ދަރުވާލާފަ ރަައްޔިތުން ބަނޑަށްޖައްސާލާފަ އެބައި ގަނޑުގެ ހުރިހާމީހުން ޖީބުތައްފު ރާލައިގެން ރައްކާވާނެ.
މިޙަބަރާއެކު ނާޒިމް އިންޑިއާ އާއިލާއެއް ގެބެމުންދަނިކޮށް ސަލާމަތްކުރި ހަބަރު ޖަހާލިނަމަ އަދި މާ ސަޅިވީސް... ވެލްޑަން ބްރޯ
އިންޑިއާއިން ރާއްޖޭގެ ފުލުން ގުބޯހެއްދުމުގެމަސައްކަތް ބާ
ރު އިސްޕީޓްގައި ކު ރިޔަށްް:
ދިގުމުއްދަތަކަށް ފަހު ހެޔޮ ޚަބަ ރެއް. މިފަހަކަށް އައިސް މުޅިންވެސް އިވެނީ ބޭ ރަށް ކިޔަވަން ފޮނުވީމަ ކޮންމެވެސް ޖަ ރީމާއެއް ހިންގި ވާހަކަ.
ދެން ރާއްޖެއައިސް ހަމައެކަނި މުއްސަނދިންގެ ހައްގުތައް ހިމާޔަތްކުރަން ގަދައަޅާ މަސައްކަތްކުރާތި
ނަސީބެއްނު ވީދާ ނުލިކަން