ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) މަރާލަން ޖެހޭ ކަމަށް ބުނެ ޕޯސްޓް ކުރި ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުޙައްމަދު އަޝްރަފް މިއަދު ވަޒީފާ އިން ވަކިކޮށްފިއެވެ.

މުޙައްމަދު އަޝްރަފް އޭނާގެ ފޭސްބުކްގައި ވައްޑޭއާ މުހާތަބުކޮށް ލިޔެފައިވަނީ ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭ ކަމަށެވެ. އެމައްސަލަ ފެންމަތިވުމުން މެއި މަހުގެ 09 ވަނަ ދުވަހުން ފެށިގެން މުޙައްމަދު އަޝްރަފް ހުރީ ސަސްޕެންޑް ކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިރޭ ވިދާޅުވީ މުޙައްމަދު އަޝްރަފް ވަޒީފާ އިން ވަކިކުރީ އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލާ ނިންމުމަށް ފަހު އޭނާ ވަކިކުރުމަށް އެދުމުން ކަމަށެވެ.

މުޙައްމަދު އަޝްރަފް ވަކިކުރީ އޭނާގެ ޕޯސްޓުގައި މަރުގެ އިންޒާރު ދީފައިވާއިރު، އެއީ ޓެރަރިޒަމް ގާނޫނުގެ ދަށުން ކުށަކަށްވާތީ ކަމަށާއި އަދި ކުޑަކުދިންތަކަކަށް ކިޔަވައިދޭ މީހަކު އެފަދަ ވާހަކަތަކެއް ދެއްކުމަށް ފަހު ދެން މަގާމުގައި ބަހައްޓައިފިނަމަ ވެދާނެ ގެއްލުމަކަށް ބަލާފައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ.

މަރުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުންނާއި އަދި އެހެން ބައެއް ގާނޫނުތަކުން ވެސް ކުށެކެވެ. ނަމަވެސް މުޙައްމަދު އަޝްރަފްގެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާކަމެއް އެނގިފައެއް ނުވެއެވެ.

ވައްޑޭ މަރާލަން ގޮވާލައި މުޙައްމަދު އަޝްރަފް ޕޯސްޓެއް ކޮށްފައިވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ވައްޑެ ދެއްކެވި ވާހަކައެއް ހިއްސާ ކުރަމުންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފަން ކެބިނެޓްގައި މަޝްވަރާ ކުރުމުން ވައްޑެ އެ ކަމަށް ފާޑުވިދާޅުވެފައި އޮތުމުންނެވެ. އެ ކަން ކުރަން އުޅުނު މީހުން ވައްޑެ ސިފަ ކުރެއްވީ "ސިކް" ބައެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޭރި

    މީހެއްގެ ހަށްގަށް އަރައިގަތުމުގެ ދައުވާ ސަރުކާރަށް އުފުލޭނެ.

    16
    8
  2. ޙުސެންޢަލިމަނިކު، އޭ-109890

    އިސްލާމީ ޝަރީޢަތަށް ހުތުރު ބަސް ބުނާ މީހުން ނެތިކުރައްވާށި. ނިކަން ހައްޔަރު ކޮށްބަލަ

    52
    2
    • ޙަސަނުލް

      އާމީ ން

    • ނަސީރު

      ސާބަސް ހުސޭނާ ، ތިޔައީ ކެރޭ މީހުންނަކީ ، ހައްގުބަސް ބުނާ މީހުންނަކީ. ޓިޔަގޮތުގައި ހުންނާތި ، އަހަރެންވެސް ހުސޭނާ އެކުގައި ވަން

      • ބޮސް

        ޓްރައިބިއުނަލްއަށް މައްސަލަވައްދާ. ތިޔަހެން ހިތަށް އަރާހާގޮތަކަށް ވަޒީފާއިން ވަކިނުކުރެވޭނެ.

  3. އަހުމަދު

    ލާދީނީ އަދި ހަރުކަށި ފިކުރުގެ މީހުން (ބޭދީނީ މީހުން) ގެ ކިބައިން މި ގައުމު ސަލާމަތް ކުރަން ޖެހޭ

    32
    5
  4. ފްރެންޑެއް

    ތިޔައީ ބަޔަކު ގަސްތުގަ ދިން އަނިޔާއެއް. ތިޔައީ ތިޔަ ސޮރު ރަށު ރީނދޫ ކުދިންނަށް ހަޖަމު ނުވެގެން ދިން ލަނޑެއް. މީހަކަށް އަނިޔާދީފަ ނުތިބެވޭނެ.

    46
    3
  5. ސާރާ/ފޭދޫ

    ވައްޑެ އާއި މެދު ވެސް އަޝްރަފަށް އެޅިފަދަ ފިޔަވަޅު އެޅުމުން ނޫނީ ތިލަފަތުގެ ކަށި މެދަށް ނާރާނެ ކަމަށާއި ވައްޑެ ވަނީ މުސްލިމުންގެ ހިތްތައް ޒަހަމު ކޮށްފައި ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.

    10
  6. ކޮވިޑް

    ނިކަމެތި ޓީޗަރަކު މެމްބަރަކާ ދިމާ އަށް އެއްޗެއް ބުނީމަ ވަޒީފާ އިން މަހުރޫމް ، ބަލަ ރައީސް ޔާމީން ގެ ގޮއްވާލަން ބުނެ ޕޯސްޓް ކުރި މީހާ މިނިވަން ކަމާއެކު، ކޮބާ އިންސާފަކީ؟ ސަދޫމް ސަރިއްޔާ ހިންގާ ސަރުކާރު ޖަވާބު ދީ ބަލަ؟ ޖިންސީ ފުރައްސާރަ ކުރި ހެޑްމާސްޓަރ ޕްރޮމޯޝަން ކޮބާ ސިވިލް ސާރވިސް؟ އެޖެންޑާ 19 ހަމަ ތަފާތީ ދެއްތޯ؟

  7. ޢަހު

    ﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރާ މީހާގެ ޙުކުމަކީ ކޮބައިކަން ތިޔަ އިއްޒަތްތެރިންނަށް އެނގޭތަ؟

    10
    1
  8. ރަން ރީނދޫ

    ހާސް ކަ ނޑާލާ. ވަޒީފާއާއި ބަދަލުވެސް އަދި ލިބޭ ނެ.

    • ބޮސް

      ޢަހަންނަކީ އައްޑޫ ބޮޑު އާއިލާއަކަށް ނިސްބިތްވާ މީހެއް. މުޅިއާއިލާ (ދެފަރާތުގެ) އަދި ރައްޓެހިންނާއިއެކު 360 ވޯޓް އެމްޑީޕީއަށް ގެއްލޭނެކަމަށްބަލާ މިފަހަރު. މިކަހަލަ ތާކުންތާކު ނުޖެހޭ ނިންމުން ނިންމާތީ ތާއީދު ގެއްލިއްޖެކަމަށް ބަލާ