22:03

ދުވަހުން ދުވަހަށް އަދަދު މައްޗަށް: މިއަދު 137 މީހުން ފައްސި.

12:35

އިންޑޮނޭޝިއާ އިން ކޮވިޑް ޖެހިގެން އިތުރު 1598 މީހުން މަރުވެއްޖެ.

08:53

ކޮވިޑް ޖެހުނު މީހުންގެ އަދަދު 200 މިލިއަނަށް އަރައިފި.

08:34

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި އެންމެ ދަތި ދުވަސްތަކަށް ފަހު މިހާރު ރާއްޖެ މިއޮތީ "ނިއު ނޯމަލް" އަށް އާދެވިފައި ކަމަށް ރައީސް ސޯލިހް މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގައެވެ. އަދި ދުވަހުން ދުވަހަށް މޮނިޓަރިންގެ ހާލަތައް ގެންނަން ޖެހޭ ރަށްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް މޮނިޓަރިންގެ ހާލަތުގައި އޮތީ 13 ރަށެކެވެ. ނަމަވެސް އޭގެ އެއްހަފްތާ ފަހުން މިއަދު އިރުއޮއްސުނުއިރު 17 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ ތެރެއިން ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުނީ އީދު ޗުއްޓީއަށް ދަތުރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ފައްސިވުމުންނެވެ.

އީދު ޗުއްޓީ އާއި ދިމާކޮށް ގިނަ ލުއިތަކެއް ދިނުމުން އީދު ޗުއްޓީއަށް ފަހު ކޮވިޑަށް ބައެއް ރަށްތަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކުރެވިފައެވެ. އީދުގެ ލުއިތަކާއި ގުޅިގެން ކޮވިޑްގެ ހާލަތައް އައި ބަދަލުތައް މުޅިން ކަށަވަރުވާން އަދިވެސް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

އަންގާރަ ދުވަހު އިތުރު 125 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަންގާރަ ދުވަހަކީ ފާއިތުވި ހަދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު