ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދިން ހެކިބަހަކާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ލިބޭ ވަގުތުތަކެއް ގެއްލިގެންދާ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ދައުވާ މުއިއްޒުގެ މައްޗަށް އުފުލީ ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، އޭނާ ދޮގު ހެކި ބަސްދީ ބަޔާން ދީފައިވާ ކަމަށް ބުނެއެވެ. މިދިޔަ އަހަރު އުފުލި އެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އިއްޔެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ އާބިޓްރޭޝަން މައްސަލަ ނުނިމެނީސް ކޯޓުން ބޭރުގައި ބަދަލު ދީގެން މައްސަލަ ނިންމާފައެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރު ހައުސިން މިނިސްޓަރެވެ.

ދައުވާއާ ގުޅޭ ގޮތުން، މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރުގެ ގޮތުގައި ހުންނެވި މުއިއްޒު ވިދާޅުވީ ދައުލަތުގެ އެއްވެސް އިދާރާއަކަށް އަދި ދުނިޔޭގެ އެއްވެސް ޝަރީއަތަކަށް އޭނާ ދޮގު ބަޔާނެއް ދެއްވާފައި ނުވާނެ ކަމަށެވެ. ދައުލަތުން އުފުލާ ދައުވާއަށް އޭނާ އިންކާރު ކުރައްވައެވެ.

މުއިއްޒު ވިދާޅުވި ގޮތުން، ދައުވާއާ ގުޅިގެން އޭނާގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް ނަމަވެސް ޝަރީއަތަށް ވަޑައިގެން ގިނަ ވަގުތުތަކެއް ހޭދަ ކުރައްވަން ޖެހޭތީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ލިބިވަޑައިގަންނަވާ ވަގުތުކޮޅެއް ގެއްލެމުންދާތީ އޭނާގެ ކަންބޮޑުވުމެއް އެބަ އޮތެވެ.

"އަޅުގަނޑުގެ ހަމައެކަނި ކަންބޮޑުވުމަކީ މި ވަގުތު މި ގޮތަށް ޝަރީއަތަށް ވަގުތު ދޭން ޖެހުމުން ވަރަށް ގިނަ ވަގުތު ގެއްލޭ މަސައްކަތަށް. މި ކަމަށް ވަގުތު ދޭން ޖެހޭތީ ވަރަށް ގިނަ ވަގުތު ގެއްލިގެން އެބަ ދޭ." މުއިއްޒު ވިދާޅުވިއެވެ.

މިހާރު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒުގެ މައްޗަށް ހިނގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މުއިއްޒު ވަކީލަކާ ނުލައި ހަޒީރުވެވަޑައިގެންނެވި ނަމަވެސް ވަކީލަކާއެކު ޝަރީއަތް ފަށަން އޭނާ އެދިވަޑައިގެންނެވިއެވެ. މި ކަމާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް އިއުތިރާޒެއް ވެސް ނެތުމުން މުއިއްޒަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައި، އޭގެ ފަހުން ޝަރީއަތް ފަށަން މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ނިންމެވިއެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވަނީ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވަނިކޮށެވެ. އެއީ ޖޫން 25، 2019 ގައެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ވަނީ ނޫމަޑިއާއެކު 2011 ގައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި 2013 ގައި އެކުލަވާލި އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ލަސްތަކެއް ނުވެ ކުރަމުން ގެންދަނިކޮށް ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޭބަލް ކާރު

    ދޮގު ހެކި ބަސް ދިން އިރު ހުރީ ކޮން ބައެއްގެ ޚިދުމަތުގައިތަ؟

  2. ޒަބީބު

    މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް މުއިއްޒުއަށް ރައްޔިތުންނަށް ޚިދުމަތް ކުރެވުމަށް ވަގުތު ލިބުނު. އެހެންނަމަވެސް ރައްޔިތުންނަށް ދިމާވެފައިވާ އެތަށް ތުރާލަކަށް ލުއި ހޯދައިދިނުމުގެ ބަދަލުގައި މުއިއްޒު މަސަކަތްކުރެއްވީ ރައީސް ޔާމީނުގެ ލެގެސީ އުފެއްދުމަށް ނޫންތޯއެވެ؟ މިސާލަކަށް މާލޭގެ މަގުތައް ހަލާކުވެ ކާނުތަށް ފުނޑި އަދި ކާނުތައް ފުރި މާލޭގެ މަހުތަކުގައި ފެންބޮޑުވެ ރައްޔިތުން ކަމބާފައި އުޅެން ޖެހިފައި އޮތް ހިނދުވެސް މުއިއްޒު ވަގުތު ހޭދަކުރެއްވީ މާލެ ވަށައިގެން އޮތް ޔާމީނުގެ ލެގެސީ ރިންގް ރޯޑު ހެދުމަށާއި ޔާމީނުގެ ބިޔަ ބޮޑެތި "ލާރޖާރ ދެން ލައިފް" ޕޯސްޓަރުތައް މާލޭގެ އެކި ހިސާބުތަކުގައި ހަރުކުރަން ނޫންތޯއެވެ؟

    މިއަދު މާލޭގެ އެންމެ ފުރަތަމަ އިންތީޚާބީ މޭޔަރުކަމަށް އިންތިޚާބު ވުމާއި އެކު މުއިއްޒު ރައްޔިތުންނަށް ފޯރުކޮށްދޭނެ ޖެހޭ އެތައް އެތައް މުނިސިޕަލް އަދި އެހެނިހެން އުމްރާނީ އަދި މާލޭގެ އާބާތުރަ ފިލުވުމުގެ އެތައް ކަމެއް ހުއްޓައި މުއިއްޒު ބައްލަވަނީ ސަރުކާރުގެ އަގުވެއްޓާލުމުގެ ސިލްސިލާ ޕަރޮޕަގެންޑާ ހިންގުން ނޫނތޯއެވެ؟ މުއިއްޒު މޭޔަރުކަމަށް އިންތިޚާބު ވުމަށް ފަހު މާލޭގެ ގޭގޭގެ ކަރަންޓް ބިލުން ފެށިގެންގޮސް ރާއްޖޭގެ މައި ވިޔާފާރި ބަނދަރާއި ހަމަޔަށް ވެސް މުއިއްޒު ސަރުކާރު ބަދުނާމުކޮށް ވާހަކަ ނުދައްކާ ކަމެއް ނިކަން ދައްކަވަބަލާށެވެ. ލޯކަލް ގަވަރމެންޓްގެ ގޮތުގައި ސިޓީ ކައުންސިލެއް އުފެދި މޭޔަރެއް އިންތިޚާބު ކުރެވުމާއި އެކު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ސަރުކާރު ދިވެހި ސަރކާރު ނަފީވެގެން ދާކަމަށް މުއިއްޒުއަށް ޤަބޫލުކުރޭވޭހެން ހީވާ ކަހަލައެވެ.

    ލާމަރުކަޒީ ގޮތުން ދައުލަތް ހިންގުމުގެ މާނަޔަކީ ސިޔާސީ މަމްފާއަށް ޓަކައި ތިމާގެ ސިޔާސީ ކެރިއަރުގައި ރައީސް ކަމަށް ކުރިމަތިލުމަށް އޮންނަ އުއްމީދުގެ ދަންމަރު ގެ ހުޅުކޮޅު ދަމަހައްޓަން ދައުލަތުގެ ސަރުކާރާއި ސީދާ ލޮގަހެޑް އަކަށް ގޮސް ސަރުކާރު ބަދުނާމުކޮށް ތާއަބަދު ވާހަކަ ދެއްކުމެއް ނޫނެވެ. ލާމަރުކަޒީ ގޮތުން ދައުލަތް ހިންގުމަށް ކައުންސިލްތައް ހެދިފައި ހުރީ ސަރުކާރުގެ ސިޔާސަތުތަކާއި ވައުދުތައް ފުއްދައި ރައްޔިތުނާއި ގާތުން ޚިދުމަތް ދިމުމަށް އޮގްޒިލިއަރީ ލޯކަލް ސަރުކާރެއްގެ ގޮތުގައި ކައުނސިލް ތަކުން ހަރަކާތްތެރިވުމަށެވެ.

    ވީމާ ރައްޔިތުންނަށް ޚިދުމަތް ކުރާ ވާހަކަ ދައްކަވާ ކަމަށް ވަންޏާ އެކަން ކުރައްވާށެ. ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވަން ބޭނުން ނަމަ ތިޔަ މަޤަމުގައި އިންނަވައިގެން ސަރުކާރާއި މުޤާބިލާކޮށް ރައްޔިތުންގެ ވަގުތު ނަގާ ނުލައި ތިޔަ މާޤާމުން އިސްތިއުފާ ދެއްވާފައި ރައްޔިތުންނަށް ހަޤީޤަތުގައި ޚިދުމަތް ކުރާނޭ މޭޔަރަކަށް ފުރުސަތު ދެއްވާށެވެ. އަދި ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވަން ޕާޓީ ޕްލެޓްފޯމް ބޭނުންކުރައްވައިގެން ކުރިއަށް ވަޑައިގަތުން ރަންގަޅުވާނެއެވެ.

    2
    1
  3. ގލ

    ޑރ މުޢިއްޒަށް ހުރަސް އެޅުމަށްޓަކައި މިސަރުކާރުނނ ން
    ހި ންގާ މަކަރުވެރި ހަރަކާތް މިހާރު ން މިހާރަށް ހުއްޓާ
    ލުމަށް ގޮވާލަމެވެ.

  4. ކޮލި

    ކަލޭ ނުކުރާނެ އެއްވެސް ގޯސްކަމެއް !

  5. ސސ

    1978 ގައި ރައްޔިތުން މައުމޫނު އާއި ޤައުމު ހިންގަން ހަވާލުކުރި 30 އަ ހަރު ފަ ހުން އެމަނިކުފާން ޤައުމު ހަވާލު ކުރީ ޤައުމު ހިންގޭ ވަރު ބަޔަކާއި ނޫން އަނެއްކާވެސް ޤައުމު ހިންގުމާއި އެމަނިކުފާން ހަވާލު ވާންވެއްޖެ ނުންތޯ ؟