ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީކަން ކުރިން ކުރެއްވި އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމްގެ ފާޑުކިޔުން ޝަމީމަށް އަމާޒުވީ ނަޝީދު އަވަހާރަކޮށްލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެކަކު ކަމަށްވާ އަދުހަމް އަހްމަދާއިއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުންނެވެ. އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އަދުހަމަށް އަންނަން އޮތް 40 އަހަރުގެ ޖަލު ހުކުމް ވަނީ 23 އަހަރަށް ކުޑަވާނެކަން ކަށަވަރު ވެފައެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރަން މިހާރު ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ. ހުރިހާ ދައުވާތަކެއް ވެސް ސާބިތުު ކުރެވޭ ވަރަށް ހެކި ލިބިފައި އެބަހުރި ކަމަށް ޕީޖީ ޝަމީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ޝަމީމް ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވީ ސާބިތުވާ ވަރަށް ހެކި ހުރިކަމަށް ވިދާޅުވެފައި، އިއުތިރާފްގެ އެއްބަސްވުމެއް ހަމަލާގެ ބައިވެރިޔަކާއިއެކު ހެދުމުންނެވެ. ހައިލަމް ވަނީ ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާއި އެކީ ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. "ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާ އެކީ ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ؟ ތިޔަ ވިދާޅުވާ ވާހަކައެއް ދެކޮޅުނުޖެހޭ." ހައިލަމް ވިދާޅުވިއެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އަދުހަމް ވަނީ ތުހުމަތުތަކަށް އިއުތިރާފުވެ ބަންދުގެ މަޖިލީހުގައި، ކޯޓުގައި ވެސް ބަޔާން ދީފަ އެވެ.

އަދުހަމްގެ އިތުރުން މުޖާޒް މުހައްމަދާއި ތަހްމީން އަހްމަދާއި އަލީ ހައިޝަމަށް ވެސް ވަނީ ބޮޑެތި ދައުވާތަކެއް ކޮށްފަ އެވެ. ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ފާތިހަށް ދައުވާކުރެވޭ ވަރަށް އަދި ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް އަދި ދައުވާ ނުކުރަން ވެސް ޝަމީމް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮލި

    ކަލޭ ދައްކާވާހަކަ އެކަނި ދޯ ހަމަޖެހެނީ............................

    1
    8
  2. ޠަމިއް

    މީނަމީ މާ ދެޖޮޅު ޖެހެ ގޮތަށް ކަންތަށް ކޮއްފަ ހުރި މީހެއްވިއްޔާ؟

    1
    7
    • އަނެއްކާ

      ކަލޯމެންގެ ދެކޮޅު ޖެހޭތަ އަނެއްކާ ؟

  3. ޚިޔާލު 3

    އިއުތިރާފުގެ މަ އްޗަށް ހުކުންކުރުން އެންމެ ރަގަޅީ ހެކިހަދަ އި ހެކި އޮޅުވަ އިލަ އިގެނެންނޫން
    ކަމެ އްގެ އަސްލަށް ވާސިލުވެ މުޖުރިމުންނަށް އެކަށީގެންވާ އަދަބު ދިނުމާ އި އިސްލާހުވާނެ ފުރުސަތު އޮތުމަކީ އިންސާފުގެ މަގްސަދު ރަ އްކާތެރި ބު އްދީގެ ހަމަވެސްމެ.
    އިސްލާމީ ތާރީޚުންވެސް މިމަގުން މި ހަމަ އެގޭނެ.

  4. ފާތުމަ

    ކަލޯ ހައިލަމޫ ކަލޯގެ ދެކޮޅު ޖެހޭތަ ދެކޮޅުޖައްސަންތާ ރުފިޔާ ބޮޑީގަ ހިފީ