"ﷲ ގެ އަރުޝީކޮޅު" ކިޔާ ބޯކޮށާތަނުގެ ފޮޓޯއެއް
"ﷲ ގެ އަރުޝީކޮޅު" ކިޔާ ބޯކޮށާތަނުގެ ފޮޓޯއެއް

"ﷲ ގެ އަރުޝީކޮޅު ސެލޫން" ކިޔާ ބޯކޮށާތަނެއް ރާއްޖޭގައި އެބަހުއްޓެވެ.

ބޯ ކޮށުމުގެ ޚިދުމަތް ދޭ އެތަނުގެ ނަން ބޯޑުގައި ލިޔެފައި އޮންނަނީ "އަރްޝާ ﷲ ސެލޫން" އެވެ. އެބަހުގެ މާނަ އަކީ "ﷲ ގެ އަރުޝީކޮޅު ސެލޫން" އެވެ.

މިސެލޫންގެ ނަން އައްޝައިހް އަލީ ޒައިދު ވަނީ ފޭސްބުކްގައި އާންމުންގެ ސަމާލުކަމަށް ގެންނަވާފައެވެ. އެތަނުގެ ފޮޓޯއަކާއި އެކު ކޮށްފައިވާ ޕޯސްޓްގައި ޝައިހް ވަނީ ކޮންމެ އިރަކު ވިޔަސް މިނަން ފާސްވީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ޝައިހް އަލީ ޒަައިދު ވިދާޅުވީ "ހިތާމަހުރި، މިއީ ދެން ބޮޑުވަރު" ކަމަށެވެ.

މިސެލޫން ހުރީ ކޮންތަނަކު ކަމެއް ޝައިހް ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ މާލޭގައި ހުރި ސެލޫން އެކެވެ.

އެތަނާއި ގުޅޭ ގޮތުން ކުރެއްވި ޕޯސްޓްގައި ޝައިހް އަލީ ޒައިދު ވަނީ ކޮންމެ ފަދަ އެއްޗެއް ވެސް ލިޔެވިދާނެތޯ ވެސް ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިކަން ހިނގި ގޮތް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މިނަން ފާސްވެފައި އޮތްނަމަ އެކަން ވެފައި އޮތް ގޮތަކާއި މެދު އަޖައިބުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު" ބުނާ ގޮތުން ރަޖިސްޓްރީ ކޮށްގެން ނޫން ގޮތަކަށް ރާއްޖޭގައި ވިޔަފާރިއެއް ކުރުމަކީ މަނާ ކަމެކެވެ. ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެވިޔަފާރިއަކަށް ކިޔާނެ ނަމެއް ވެސް ފާސްކުރަން ހުށަހަޅަން ޖެހެއެވެ.

"ﷲ ގެ އަރުޝީކޮޅު ސެލޫން" އަކީ ރަޖިސްޓްރީ ކޮށްގެން ހިނގާތަނެއް ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވިއެވެ.

 

ADS BY ASTERS

29 ކޮމެންޓް

 1. ކަލޭމެން އައް މައްސަަލަ އަކަށް ވަނީ ތާނައިން ލިޔެފަ އިނީމަތަ، ޕެރަޑައިސް ކިޔާ ރިސޯޓެއް ރާއްޖޭގަ ޢިއްނަކަމެއް ނޭގޭތަ، ރާވިއްކާ ހުއްދައިގަ ބިސްމިންވެސް އިދޭ، މިކަންކަން ވެސް ބަލާލައި ،

 2. މިޤަވްމު މީ މިހާރު ބަންގާޅުންގެ ކިއްލާއެއް މިތާ ނުކުރާނެކަމެއްނޯންނާނެ

 3. 😨😨😨😨

 4. ތިޔަތަން ހުންނަނީ މާފަންނު ލެމަންގްރާސް މަގުން ގޮސް އިހްސާން ފިހާރަ ހުންނަ މަގަށް އަޅާތަނުގަ.މިހާރު ހިޔެއްނުވޭ އެތާހިދުމަތް ދޭހެނެއް.އެތަންހުންނާނީ ފިހާރަޔަކާ ޖެހިގެން އަދި ތިޔަ ބޯކޮށާތަން ކުރިމައްޗަށްވެސް ހުރި ނުވަތަ ހުންނާނެ ބޯކޮށާ ތަނެއް.

 5. މުއްލާތައް ވަރަށް ނައްޓާނެ

  • މުއްލާއޭ؟؟؟ ކަލޭ ހެއްދެވިފަރާތަށް ލޯބި ނުކޮށް ކަލޭ ނަރަކައަށް ވެއްދެވީމަ އެތާނގަ އޮވެގެން ހަޅޭ ނުލަވާތި. ނެރެދޭށޭ ބުނެ. ހަމަހިލާ ނުނެރެވޭނެ. ނިކަމެތިކަމާއި އެކު އޮންނަން ޖެހޭނީ.

 6. އިހައްދުވަހު ހިލާލީގޭ ކުރިމަތީގައިއޮންނަ ދުއްވުންމަނާ ގޯޅީގައި ހުޅުވި ފިހާރައިގެ ނަމަކީ ހޫރަލްއީން. މިފަދަ ނަންނަން ރަޖިސްޓަރީ ކޮށްދެނީ ކޮން ގިތަކަށް ބަލާފާބާ؟

 7. ވޮއިސް އޮފް ހުވަދޫ

  ބޮޑަށް ވައްތަރީ ބަންގާޅު ކުދިންގެ ތަނެން ހެން ، މި ބޯޑުން މި ދޭހަވަނީ މުއްއަށް ސަސާތަކުގެ ފެން ވަރު ، ޒިންމާދާރު ކަން ކުޑަކަން ، ނަން ފާސް ކުރި މީހާއަށް ހަރުކަށި އަދަބު ދެވެން ޖެހޭނެ ، ޒިންމާދާރު ވެވޭ ވަރަށް ،

 8. އަލް ޙައިރު އަށް . ޢަރްޝީ ގެ މާނަ އަކީ އަހަރެމެން މާނަނުކޮަށް އެނަމުގަ ބޭންވުން ރަގަޅު ގޮތް.

 9. “ﷲ” މި ކަލިމަ މިނޫން ގަޮތަކަށް އެއްގޮތަކަށް ވެސް ލިޔެވިގެން ނުވާނެ!! ސަބަބަކީ މި ކަލިމަ އަކީ އަބަދުވެސް ބަރުކޮށް ކިޔަން ޖެހޭ ކަލިމައަކަށް ވެފައި، އަހަރެމެން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހައިބަތާއި ޢިއްޒަތާއި މަތިވެރިކަމަށްޓަކައި މިކަލިމަ މިނޫން ގޮތަކަށް ލިޔެވިގެން ނުވާނެ!! ނަމަވެސް ހިތާމަޔާއި އެކީ ބުނެލަން އޮތީ ވަރަށް ގިނަ މީހުން ދިވެހިބަހުން މި ކަލިމަ ލިޔެ އުޅޭ !! މިއީ ވަރަށް ދެރަ ހިތާމަހުރިކަމެއް!! ކިޔާއިރުވެސް ކިޔަނީ “ލ” އަކަށް ވާގޮތަށް!!

 10. ނަންފާސް ކުރެއްވި ބޭފުޅަކަށް ސާބަސް

 11. ހަހަހަހަހަހަހަހަހަހަހަހަހަ!

 12. "ﷲ ގެ އަރުޝީކޮޅު ސެލޫން" މިއީވެސް ބޮޑުވަރު. މިނަމެއް ނޫން ބޯޑުންއ ފެންނަނީ. މިޢިބާރާތުން ހަތަރުފަސް ފަހަރު ލިޔުނު އިރު ބޯޑުގައި އޮތް ގޮތްވެސް ލިޔަން ނޭގުނުކަމީ ދެރަ ކަމެއް. ބޯޑުގައި އޮތް ގޮތކީ އަދި މާބޮޑަށް ކަމުނުދާ ގޮތެއް. އެއީ އަނެއްކާ ޢަރްޝުއްލައުޙް ގެ ގޮތުގައި ލިޔެގެން އުޅޭ ނަމެއްބާ. ލިޔާ މީހާ ބަލާލުން މުހިންމު ވާނުވާ.

  • ތިކިޔަނީ ކައިގެނޭ ފުރާނީ ނުކައެއް ނުފަުރާނަމޭ ، އަރްޝަﷲ ގެ މާނަ އަކީ ދިވެހިން ﷲގެ އަރްޝް ކޮޅު

 13. ނަންފާސްކުރާ ބޭފުޅުންނާއި ނަމަށް އެދޭ ބޭފުޅުންވެސް ތަންކޮޅެއް ޒިންމާދާރު ވާން އެބެޖެހޭ

 14. މަށަށް އިނގެޭ

  އެތަން ހުންނަނީ އިހުސާން ފިހަާރަ ކައިރީގަ

 15. އާޔަތުއްﷲ ކިޔާ މީހުންވެސް އުޅޭ..ނަސްރުﷲ ސައިފުﷲ ޤުދުރަތުﷲ ނިޢުމަތުﷲ ވެސް އުޅޭ ﷲގެ އިސްމު ފުޅާގުޅުވައިގެން އަބްދުﷲ (ﷲގެ އަޅާ)ފަދަ ނަންތައް ފިޔަވައި ދެންހުރި ނަންތައް ކިޔޭނެ ކަމަކަށް ނުދެކެން.. އެހެން ނޫނީ ތިތަނަށް ވެސް އެނަން ކިޔޭނެ

 16. ތި ކަހަލަ ކަންތައްތައް ކުރާކަށް ނުވާނެ،
  އަދި "ﷲ" މި އިސްމު ފުޅު ޢަރަބި އަކުރުން ލިޔަންވެސް ޖެހޭނީ.
  އަޅުގަނޑު މެން މުސްލިމުންގެ ހިތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ދީފައިވާ މަތިވެރި ކަމަަކަށް އެއްވެސް ބަދަލެއް ނާންނާނެ.
  މި ކަން ކުރިި ބަޔަކަށް ޙައްޤު އަދަބު ދޭން ޖެހޭނެ.

  • ތިވެސް ވަރަށް ގިނަ ސުވާލު އުފެދޭކަމެއް ސާފުކ9ށްލަން ބޭނުންވޭ އިލްމުވެރިންގެ އަރިހުން.. ﷲ އިސްމުފުޅު ދިވެހިން ނުލިޔެވޭ އެކަމު އިނގެރޭސިން ލިޔަން އޯކޭ..ބޮޑެތި ޢިލްމުވެރިންގެ އިނގެރޭސި ލިއުންތަކުގަވެސް ﷲ ގެ އިސްމުފުޅު ހުންނަނީ އަރަބިން ލިޔެފައެއް ނޫން.. ދިވެހިބަހުން ލިއުންތޯ ހަރާމްވަނީ ނޫބީ ދިވެހިން އަމިއްލަޔަށް ހަދައިފެން އުޅޭ ބިދުޢައެއްކަހަލަކަމެއްތޯ އެއީ؟

 17. ޙުޅުމާލެ ކަންނޭގެ ތީ

 18. ބަލަގަ ތިޔަތަންތަނަކީ ދިވެއްސެއްގެ ހިއްސާއެއް ބާރެއް ހިގާނެތަންތަނެއް ނޫން... ވީމާ ކިޔާނެ އެއްޗެއް ކިޔާނީ. ތިޔައީ ބޮންދުންގެ ބޮޑު ވިޔަފާރި. ތިތާގެ ރެޖިސްޓްރީ އޮތް މީހާއަށް މަހަކު ހާހެއްހާ ރުފިޔާ ބޮޑުމިނުން ލިބޭނީ. ޖީއެސްޓީއެއް އެއް ނުނަގާނެ ލިބޭހާ ފައިސާ ދާނީ ބަންގްލަދޭޝަށް. ބައެއްފަހަރު ހީވޭ މިގައުމުގައި ބޮންދުންގެ ހައްގުތަށްވެސް ރަށްކާތެރިހެން ދިވެހިންނަށް ވުރެ.

 19. ޝޭޚް ތިޔަ ހުރިހާ ހާސަރެއްދެމިއިރުވެސް އެބަހުގެ މާނައެއް ބުނެއެއްނުދޭ! މިހެންމިބުނީ މިމުޖުތަމަޢުގެ ގިނަ މީހުންނަކަށް އޭގެ މާނަ ނޭންގޭނެތީ! އެހެންނޫނަސް ﷲގެ ކަލިމަފުޅު ބޭނުންކޮށްފައި ހުންނަ ހުއްދަނަންނަންވެސް ހުރޭ! މިސާލަކަށް ޢަބުދުﷲ (މާނަ:ﷲގެ އަޅާ) ވީމާ ތީ ކިޔުން ހުއްދަނަމެއްތޯ ނުވަތަ ނޫންތޯ ބުނުމުގެ ކުރިން ލަފުޒީ މާނައާއި އަދި ފިޤްހުގެ ތެރެއިން އެބަސް ބޭނުން ކުރެވޭ ގޮތް ބަޔާންކޮށްދެއްވިނަމަ ރަނގަޅުވިސް!

  • ކިއުންތެރިޔާ

   ﷲ ގެ ޢަރުޞި ކޮޅުގެ މާނަ ހަމަ ނޭގޭތަ؟ ނޫނީ ކޮމެންޓު އެއް ކޮށްލާހިތް ވީތަ؟

  • ބަހުގެ މާނަ ބުނެދެއްވަާފަ އެބައޮއި. ރަނގަޅައް ބައްލަވާލައްވާ.

  • ﷲގެ ޢަރުޝިކޮޅޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ މުސްލިމުންވެސް މި %100އޭ ބުނާ މުސްލިމް ޤައުމުގަ އުޅޭތީ ހައިރާން ވޭ!!!

  • ﷲގެ ޢަރުޝިކޮޅޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ މުސްލިމުން %100 މުސްލިމް ޤައުމެއްކަމަށް ބުނާ މި ދިވެހިރާއްޖޭގަ އުޅޭތީ ހައިރާންވޭ!!

 20. ހިތާމަހުރި، މިއީ ދެން ބޮޑުވަރު..