ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން އެއްބަސްވުމުގައި ސޮއިކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީ އިން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރެވިފައިވާ ފަރާތްތައް ސޮއިކުރުން މިއަދު ކުރިއަށް ނުގެންދާނެކަމަށެވެ. ސޮއިކުރުމުގެ ކަންކަން ހުއްޓާލާފައިވާއިރު އަލުން ސޮއި ކުރަން ފަށާނެ ދުވަހެއް އަދި އެޗްޑީސީ އިން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީ އިން ބުނީ އަލުން ސޮއި ކުރަން ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ގެންދާތީ ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރަން ދާއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީ އިން އޮންނަނީ އަންގާފައެވެ. އެގޮތުން އަމިއްލަ ގަލަމެއް ގެންދަންށާއި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ ދެލި ޕެޑް ވެސް އަމިއްލައަށް ގެންދަން އެޗްޑީސީ އިން އޮތީ އިއުލާން ކޮށްފައެވެ.

މިއަދު ސޮއި ކުރުން މެދުކަނޑާލިއިރު ކުރިން ތާވަލް ކޮށްފައި އޮތްގޮތައް ކުރިއަށް ދާނަމަ މިމަހުގެ މެދާއި ހަމައަށް ދާއިރު ހުރިހާ ފަރާތްތަކަށް ވެސް ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެއެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރުން ކުރިއަށް ގެންދަނީ ޓަވަރުތައް ބަހާލައިގެންނެވެ. އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް އަދި ފްލެޓްތަކަށް ކަރަންޓް ލެވިފައި ނުވާތީ ފްލެޓްތަކަށް މީހުންނަށް ވަނުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް މިމަސް ނިމުމުގެ ކުރިން ފްލެޓްތަކަށް ކަރަންޓް ލެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިސަޑު

    ފަރުދީ ޒިންމާ

    • ނައިކް

      ހައްހާ ބޮޑުތާނގަ ޖެހުނީ.. ކަމެއް ކުރިޔަށް ނުކަނޑާ ފެއިލްވާއިރަށް ކޮވިޑް.. އެޗުޑީސީގެ މުވައްޒަފުންވެސް ފައްސިވޭ އެކަމު ހެޑް އޮފީސް ބަންދެއް ނުކުރޭ.. އެކަކު ޕޮޒިޓިވްވިޔަސް ދެންތިބި މީހުން ނުވަންޏާ ކުރިޔަށް ގެންދަންވީ.. މާލޭގަ ކޮމިއުނިޓީ ސްޕްރެޑެއް އެބަ އޮތް..

  2. Anonymous

    އެހެންވީމަ 14 ދުވަސްފަހުން ދެން ސޮއިކުރުން ފަށާނީ ދޯ.

  3. ފެއިލް

    ހާދަ ރެޒިލިއަންޓެއް ނޫނޭ ދޯ

  4. ކަނބުލޮ

    ތިދެން އެންމެނަށްވެސް އެނގޭ ތި ސްޓަންޓް ޖައްސާނެކަން