ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބަޔާނެއް އިއްވަވައިފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވާފައިވާނެ ކަމަށާއި އެއީ ލޯނެއްގައި އިންޓަރެސްޓް އަރާ ގޮތަށް ދެއްވި ފައިސާއެއް ކަމަށް ޖާބިރު ވަނީ ކުރިން ވިދާޅުވެފައެވެ. އެ ފައިސާއާ ހަވާލުވެ ވަޑައިގަތީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވި އިރު ފައިސާ ދެއްވީ ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މައުމޫންގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ޖާބިރު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޖާބިރު ކުރެއްވި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

ޖާބިރު މިއަދު ވަނީ ކިނބިގަސްދޮށުގެ ކައިރި އަށް ވަޑައިގެން، އެތަނުގައި އިރުކޮޅަކު މަޑު ކުރައްވައިފައެވެ.

ކިނބިގަސްދޮށުގެ ކައިރީގައި ހުންނަވައި ޖާބިރު ވިދާޅުވީ އޭނާ ހުންނެވީ އެގެއާ ހަވާލުވެގެން ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މައުމޫނަށް ދެއްވި ދަރަނި އަދާކޮށްފައި ނުވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިންވެސް އޭނާ އަށް އިންސާފް ލިބިވަޑައިނުގެންނެވި ކަމަށެވެ.

"މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން. އަދުލު އިންސާފު ނެތުމުން އަމިއްލައަށް އަދުލު އިންސާފް ގާއިމް ކުރަމުން މިދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ކިނބިގަސްދޮށުގޭގައި ހުރި ވެޔޮގަނޑަކަށް ވެސް ގެއްލުން ދެއްވައިފައެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. ދެ ވަނަ ފަހަރަށް އެމައްސަލަ ހުށަހެޅުއްވުމުން އޭނާ ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރު ކުރިއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖާބިރު ވަނީ އެ ފައިސާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނަންގަވައިފައެވެ. އެފަހަރު މައްސަލަ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށްވެއެވެ. އެއީ ދެ ބޭފުޅުންގެ މަންމާފުޅު ހުވަދޫ އަތޮޅަށް ނިސްބަތް ވުމުން ތިމާގެ ވާނޭ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ޖާބިރު ވަނީ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފައެވެ.

ޖާބިރުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ. "ޑިމޮކްރެސީ" ގެނައުމަށްޓަކައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މެދުވެރިކޮށް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ދިން ކަަމަށް ބުނާ މިފައިސާގެ ވާހަކަ މައުމޫން ދޮގުކުރައްވައެވެ. އަދި ޖާބިރުއާ އެކު އެފަދަ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާކަމަށް ވިދާޅުވެއެވެ.

ނަމަވެސް ޖާބިރު ފެށުނީއްސުރެވެސް އަންނަނީ މި ފައިސާއެއްގެ ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވާ ގޮތުން ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތްވެސް އަނބިކަނބަލުން ދިޔާނާ ސައީދު އަންނަނީ ކުރައްވަމުންނެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދާދިފަހުން ޖާބިރު ވަނީ 2005 ވަނަ އަހަރު މައުމޫން އުފެއްދެވި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ ޑީއާރުޕީއަށް އެނބުރި ވަޑައިގަތުމަށް ދައުވަތު އަަރުވައިފައެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވައިފި ނަމަ 29 މިލިއަން ރުފިޔާގެ ދަރަ މާފްކޮށް ދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސްކުރާސޭލް

    ތިގޭގަވެސް ދޮރުމަތީގަ އޮށޯވެގެން އޮތްނަމަ؟

    55
    4
  2. ދުންތަރި

    ކާށިދޫދާއިރާގެ އިއްޒަތްރެެި މެމްބަރުކަމަށްބުނާ ހ.ތިމާވެށި ޢަބުދުﷲ ޖާބިރުގެ ސިކުނދި ހަމަޖެހޭކަމަކަށް ޤަބޫލެއްނުކުރެވޭ އެހެންކަމުން މަޖިލީހުގެ މެމްބަރުކަމުގެ ޝަރުޠުވެސް އުނިވެފައިވާކަމަށް ބެލެވެނީ މަޖިލީހުން ޖާބިރުގެ ސިކުނޑީގެ ޓެސްޓުތައްހަދައި ބޭސްފަރުވާކޮށްދޭންޖެހިފައިވާކަމަށް ޤަބޫލްކުރެވެނީ ދެފަހަރު ހަމަޔަށް އެއްކަމެއްގަ އެއްގޮތަކަށް ވާހަކަ ނުދެއްކޭ ދައްކާ ވާހަކައިގެ ދެކޮޅެއް މެދެއް ދިމައެއްނުވޭ ދައުލަތުގެ މުއައްސަސާތަކުންވެސް ޖާބިރު ބަލަހައްޓަންޖެހޭކަމަށް މިހާރު ބެލެވެނީ ޖާބިރުގެ ޢަމަލުތައް ފެނިގެންދަނީ ބުއްދި ފިލާގޮސްފައިވާ މީހަކުގެ ޢަމަލުތަކެއްގެ ގޮތުގަ

    78
    6
    • ނައިކް

      މިހާރު އެއީ ހ.ތިމާވެށި އަބްދުﷲ ޖާބިރެއް ނޫން މިހާރު ކާށިދޫއަށް ރަޖިސްޓްރީ ބަދަލުކޮށްފި ގެއެއްވެސް ގަނެގެން އެ ގެ އަށް ކިޔަނީ “ ޖާބިރުގެ” އެހެންވީމަ އެއީ ކ.ކާށިދޫ ޖާބިރުގޭ އަބްދުﷲ ޖާބިރު

      30
      1
  3. އައްމަޑޭ

    ކިހާ ދެރަކަމެއްތަ. ދިޔާނާ ވެއްޖެނު ޖާބިރު ގޮވައިގެން ރާއްޖެއިން ބޭރަށް ގެންގޮސްގެން ޖާބިރުގެ ސިކުނޑިއަށް ބޭސްފަރުވާ ކުރަން. މަޖިލީހުގެ މެންބަރެއގެ ގޮތުގަ ހުރެގެން އެއުޅޭގޮތުން އަހަރުން މިއުޅެނީ ލަދުން ދެފައި ކައިރި ނުކުރެވިގެން ވިއްޔަ.

    75
    4
  4. ޥާނުވާ

    ޙަމަ ރަގަޅަށްވެސް އެހީއަށް ބޭނުން ވެފައި ހުރިކަމަށް މިހާރު ފެނޭ އަވަހަށް ގުރައިދުއަށް ފޮނުވާލާ ނޫނީ ޖާބިރު ގޭން ނުކުތަ ނުދީ ހިފަހައްޓާ އަދި ރަގަޅު ޑރ.އަކަށް ދައްކާ ދިނު މަށް ދިޔާނާ އަށް ދަންނަވާލަން .އަނެއްކާޜައީސް އޮފީސް ދޮށަށްގޮސް ރައީސްކަމާ ހަވާލު ނުވިއްޔާ ކިތައްމެ ހާވެސް ރަގަޅު.

    37
    1
  5. މެން

    މޮޔަޔަކު މަމެއްކުރާއިރައް ޖެހޭތަ ނޫހުގާލިޔަން

    27
    6
  6. ޑްރާމާ

    ކިހިނެއް ވެގެން އުޅޭ މީހެއްތަ އަޅެ މީ! އެޓެންޝަން ހޯދާނެ ގޮތެއް ނޭނގިފަ ހަމަ. އަންނި ޑްރާމާއެްއް ނުކުޅެންޏާ ޖާބިރު އުޅޭނެ ކޮންމެވެސް ޑްރާމާއެއް ޖައްސަން

    28
    1
  7. މަ

    ހަމަ މީހެއް ނޫންހެން މަށަށް ހީވަނީ މީ. ސިކުނޑީގެ ޑޮކްޓަރެއްގެ ލަފާ ހޯދަން ފެނޭ.

    33
    1
  8. ހުސޭނުބޭ

    ކޮންމެވެސް އެއްޗެއް އަވަލާފައި އެ ހުރީ! ރަގަޅު ފަންޑިތަވެރިއަކަށް ދައްކާ!

  9. ނީމްސާސް

    ހެވެއްނު.. ދިޔާނާއަށް އޯކޭއޭ. ދިޔާނާވެސް މޮޔަވެދާނެ ދުވަސްކޮޅަކުން

    9
    2
  10. ކޮވިޑް

    އިންސާފް ލިބޭނެތީ ނޫންތަ ޔާމީން ވެރިކަން ބަދަލު ކުރަން ތި ފައިސާ ތައްދިނީ؟ ތިހުރީ އިންސާފް ލިބިފަ. ޖާބިރަށް ނޭގޭތަ މައުމޫނުގެ ގޮތް؟

    15
    1
  11. ނަސީ

    ނުސްތަކުން މީނާ ބޮއިކޮޓް ކުރާނީ ދެން ކޮންދުވަހުކުންތަ ގުތައިދޫއައް ގެނަދަންވެފައި ހުރި މީހެއް

    10
  12. ޔޫސުފް

    މިތިބަ ސިޔާސީ މީހުންނޭ އެންމެ ކައިރީގައި އޮތީ ކަށްވަޅު ނާމާން ބިރުވެރި ވަޅުގަނޑެއް އެއީ މިލިއަން އަހަރުވަންދެން ވިޔަސް އޮންނަންޖެހޭނެ ވަޅުގަނޑެއް

    1
    1
  13. ދޮންއާދަނު

    މާދަމާ ރައީސް އޮފީސް ކައިރީ ގޮސް ހުންނާނެ ވެރިކަމާ ހަވާލުވެ ރައީސް އޮފީހާ ހަވާލުވާން މިކަހަލަ ބޯބުރާންތިން މަޖިލީހުގަ ތިބެގެން ކޮން ޤާނޫނެއް ހެދޭނީ؟

  14. ލައިބުރަރީ

    ޖާބިރު ހަވާލުވަމުންދާއިރު އެންމެ ފަހުން ބައްޕަ
    ނެތްގޮތައް އުފަންވާ ކުދިންގެ ބަފައަކަށްވާން ކޯޓަށްވެސް ނުގޮސް ހުރެފާނެބާއޭ ހިތައްއަރާ. ޙަވާލުވާން ހިތައްއެރި ކޮންމެއެއްޗެއް ޙަވާލުނުވެދޫކޮށްނުލާތި.ތިޔަކަހަލަ މީހުންނަށް ގަޅިއޭވެސްކިޔާ.

  15. ސސ

    1978 ގައި ރައްޔިތުން الاستاذ مأمون عبد القيوم އާއި ޤައުމު ހިންގަން ހަވާލުކުރި 30 އަ ހަރު ފަ ހުން އެމަނިކުފާން ޤައުމު ހަވާލު ކުރީ ޤައުމު ހިންގޭ ވަރު ބަޔަކާއި ނޫން އަނެއްކާވެސް ޤައުމު ހިންގުމާއި އެމަނިކުފާން ހަވާލު ވާންވެއްޖެ ނުންތޯ ؟

  16. މިވެސް މބރ

    މި މީހުން އުޅޭގޮތް . ޤައުމުގެ ހާލަތު