ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ނުކުންނެވުމުގެ ވިސްނުން ހުރި ކަމަށް އެ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނާ އަލުން ގުޅިވަޑައިގަތުމަށް ފަހު އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލެއްގެ ޖަވާބުގައި މުހައްމާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައިވެސް މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ.

"އަޅުގަނޑުގެ އެ ވެސްނުން އެބަހުރި." މީގެ ތިން އަހަރު ފަހުން، 2024 ގައި އޮންނަ މަޖިލީސް އިންތިހާބަށް ނުކުންނަވާނަންތޯ ނޫސްވެރިއެއް ސުވާލުކުރުމުން މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް 2014 ވަނަ އަހަރު ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް މެންބަރު ކަމަށް ހޮވިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ޖުލައި 9، 2014 ގައި ޖުމްހޫރީ ޕާޓީ ދޫކުރައްވާ ޕީޕީއެމް އަށް ސޮއިކުރެއްވިއެވެ.

މުހައްމާ ޕީޕީއެމް އިން ވަކިވީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލުނު ކަމަށް ވެސް ނިންމިއެވެ. ނަމަވެސް ދޮޅު އަހަރު ފަހުން އަނެއްކާވެސް މެންބަރުކަން އިއާދަކުރި 12 މެންބަރުންގެ ތެރޭގައި މުހައްމާ ހިމެނުނެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު މުހައްމާ ދެން ގުޅުނީ ވެރިކަން ކުރާ އެމްޑީޕީ އާއެވެ. އޭނާ އެމްޑީޕީ އާއި ގުޅުނީ 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށްޓަކައެވެ. އެމްޑީޕީގެ ޕްރައިމަރީ މުހައްމާއަށް ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ފަހުން މުހައްމާ ސިޔާސީ ދާއިރާއަކުން ނުފެނެއެވެ.

ޕީޕީއެމްއާ އަލުން ގުޅިވަޑައިގަތީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުގެ "ދޯހަޅި" ކަމުން ކަމަށް މުހައްމާ ސިފަކުރެއްވިއެވެ. އަދި އޭނާއަށް ގަބޫލުނުކުރެވޭ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅޭތީ ކަމަށާއި، އޭނާ ނިސްބަތްވާ ރަށް ކަމުގައިވާ އިހަވަންދޫއަށް އިހުމާލުވުމުން ކަމުގައި ފާހަގަކުރެއްވިއެވެ.

ޕާޓީއަށް ސޮއި ކުރެއްވި ރޭ މުހައްމާ ވަނީ ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރާ ކަމަށާއި އެކަމާ މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 😒

    ތިޔާ ކަހަލަ ދެފުއް ދެގޮތް މީހުން ބޭނުމެއް ނުވޭ..

    16
  2. މު 7 މާ

    ޔެސް. ތިހިރީ ރަންގަޅައް ބާރާއި ފާސާއި ދުނިޔެވީ އެދުންތަކައް ދަހިވެތި ވެފަ. ކީޕް އިޓް އަޕް.

    10
  3. ޢަލީބެ

    ޕީޕީއެމް މެމްބަރުންނެއް މުޙައްމާ އަކަށް އަދި މާފެއް ނުކުރޭ

    6
    1
  4. ހަސަދު

    ރިޔާސީ އިންތިޚަބު އޮތީ މަޖްލިސް އިންތިޚާބަސް ވުރެ ކުރީގައި. ތިޔަ ބޭފުޅާގެ ވެސް މިހާރު ސިޔާސީ ޕާޓީ ތަކުން އެންޑޯޒް ވާއުޅޭ މީހުންނާ އެއްފެންވަރު އެބަހުރި.

  5. އެޑްވަޑް ބާމުންޑޭ

    ﷲ އިރާދަ ކުރެއްވިއްޔާ ކަލޭ ދެން ނުހޮވޭނެ.

  6. ނޮޅި ޢާންޓީ

    ބޯ ހަލާކު..

  7. ރަބަރޭ

    ތިޔަހަރީ މަޖުލީހުން ލިބޭ ލާރިގަނޑު ފެނި އެއަށްދެވި
    ހި ފާ ފައި