ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވާއިރު، އެ ކަމެއް ކުރަން ބޭނުންވާ ބަޔަކު އެ މަސައްކަތް ހުއްޓާލާފައިވާ ކަން ދެކެން ވަރަށް އުނދަގޫފުޅު ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި "ވޮއިސް އޮފް އައްޑޫ" ނަމުގައި އޮންނަ ކްލަބްއެއްގެ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ބޭނުންވާ ކަމަށާއި އެ މަސައްކަތް ހުއްޓިފައި އޮތް ކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިދިޔަ މައި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރަން ވަޑައިގަންނަވަނިކޮށް ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްލައިގެން ގޮއްވާލިއެވެ.

ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުން ފަސޭހަވާން އިތުރު ފަރުވާއަށް އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލިފައި ވިޔަސް އެއީ އެ ކަމުގެ ރޭވުން އޮތް މިންވަރު ކަމުގައި ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑު މަރާލަން ބޭނުންވާ ބަޔަކު އެބަ އުޅޭ، އޭގެ ވަކި ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ، އެހެން ވިޔަސް އެއީ އޭގެ ފުޅާ މިން އޮތް ވަރު ކަމުގައި ނުދެކެން، އަޅުގަނޑު މަރާލަން ކުރާ މަސައްކަތް ހުއްޓާލި ކަމުގައި ދެކެން ހަމަ ވަރަށް އުނދަގޫ،" ނަޝީދު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަންނަވާނެ ކަން މީގެ ކުރިން ވެސް ނަޝީދު ހާމަކުރައްވާފައި އޮތް ވާހަކަ މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އިތުރު ބޮމެއް ގޮވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓުގައި ހިމެނޭ ލަފާތަކަށް ސަރުކާރުން އަމަލު ކުރަން ނަޝީދު އެދިވަޑައިގަތަވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ސަރުކާރުގައި އެދެން އެ ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރަން، އެއީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ވެސް ރައްކަލަކަށް ޓަކައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ދުރުގައި މާ ދިގު މުއްދަތަކަށް ހުންނެވުމަކީ އަބަދުވެސް އެމަނިކުފާނަށް ވަރަށް ދަތިފުޅު ކަމެއް ކަމަށެވެ. އަދި މިއީ މި ގޮތަށް ދިގު މުއްދަތަކަށް ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވި ތިންވަނަ ފަހަރު ކަމުގައި ނަޝީދު ވިދާޅުވެއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ފަހަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2004 އިން 2007 އަށް ބޭރުގައި ހުންނެވި ދުވަސްވަރަށެވެ. އެއީ ނަޝީދަށް ހުކުމެއް އައިސްގެން މަޖިލީހުގެ މާލެ ދާއިރާ ގޮނޑި ގެއްލި މަސްރަހު ހޫނުވެގެން ދިޔަ ދުވަސްވަރެކެވެ.

ދެވަނަ ފަހަރުގެ ގޮތުގައި ނަޝީދު ފާހަގަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިނގިރޭސިވިލާތުގައި އަރުވާލައިގެން ހުންނެވި ދުވަސްވަރަށެވެ. އެއީ ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ވަޑައިގެންނެވި ގޮތަށެވެ.

އެހެން ވިޔަސް ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް އެހެން ހުންނެވުމަކީ އެމަނިކުފާނަށް މާ ފަސޭހަފުޅު ކަމެއް ނޫން ކަމަށް ފާހަގަކުރައްވައި ވިދާޅުވީ ދާދި އަވަހަށް ރާއްޖެ ވަޑައިގަންނަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރަހުމަތްތެރިޔާ

    މަނިކުފާނަށާއި ގައުމުގެ ހުރިހާ ރައްޔިތުންނަށް އެންމެ އައުލާކަން ބޮޑީ މަނިކުފާނު ރާއްޖެ ނައިސް އިނގިރޭސި ވިލާތުގައި ހުންނަވައިގެން.

    76
    3
  2. އަންނި ކޮސް

    ތިދެން މީހެއްތަ މަރަން. މަޝްހޫރުވާން ޖާބެއާއި ދެމީހުން ފިލްމު ކުޅެނީވެސް ދެ ޤައުމުގަ ތިބެ. އިއްޔެ ވެލިކެއީ. މިއަދު ފަތްޕިލާވެލި. މާދަން ގުއިކާގޮތަށް އޮތީ

    60
    6
  3. ޓަކިބެ

    އެހެންވިއްޔާ ރާއްޖެ އަންނާނެކަމެއް ނެތް. ތިތާ މަޑުކުރޭ.

    72
    3
  4. މިތުރާ

    މިވެސް ކުއްލިހަބަ ރެއްތަ؟

    44
    2
    • Anonymous

      ހެހެހެހެހެ...ދޯ

      11
  5. ކުޑަކަތީބު

    ބިރުގަނޭދޯ މަރުވެދާނެތީ؟ މަރުވާނެކަން ޔަޤީން ދެންވެސް އުޅުން އިސްލާހު ކޮށް ރަގަޅުވޭ

    71
    2
  6. ޜަނާ

    މަންޑޭލާ ހެދިގެން އުޅޭއި ރު ޖަލު ހުކުމެއް އަންނަ ކޮންމެ ފަހަ ރަކު ފިލައިގެންގޮސް އިގި ރޭސި ވިލާތުގަ ގޮނޑި ދުއްވުމުގަ ބުނާ އަޑުއިވޭ ޕާޓީ އުފެއްދި އި ރުވެސް މީނާ ހުންނެވީ ގޮނޑި ދުއްވުމުގަ ޔޫކޭގައި ކަމުގައި.

    24
    1
  7. Anonymous

    އެއްގޮތަކަށް ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމެއްނެތް. އިތުރު ބޮމެއް ގޮއްވާލަފާނެތީ ބިރުގަނެ.
    ތިޔަތާ ހުންނަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރައްވަންވީ.
    މަނިކުފާނީ އަޅުގަނޑުމެންގެ ހިތްތަކުގެ ރައީސް
    އެމަޤާމު ދެވޭނެ މީހަކު ނުހުންނާނެ

    11
    17
  8. ނާދިރާ

    މަނިކިފާނޫ. ތިޔައީ ހަމައކަނި މޑޕ މީހުންގެ ރައީސް.. ތިޔަ ހުރިތާކު މައިތިރިވެ ހުރެވޭތޯ ބަލާބަލަ. މިރާއްޖެއަށް އައުމަށްވުރެ މާސަޅިވާނެ ތިތާގަ ކޮންމެވެސް ކަމެއް ކުރަން ހުރިއްޔާ.

    30
    2
  9. ޖޯރޭ

    މާނަޔަކީ ދެން ތިމަންނަ މާލެ އައުމުން ހައިބަތުފުޅު ދައްކަވަންޖެހޭ ނެޔޭ، މޮޓޯކޭޑްގައި އުޅުއްވާނި. އިންޑިޔާގައި ހަދާހެން ދިއުމުގެ މާކުރިން ޓްރެފިކް ބަންދުކޮށްފައި ބާއްވަންވާނި

  10. ރެފްރީ

    ރައްޔިތުންގެފައިސާއިން ބޮޑުމުސާނަގައިގެން ޗުއްޓީހަދާލަހަދާލާ ހުންނަންވެގެންދައްކާހާބަހަނާ.. މަޖިލީހަށްހާޒިރުނުވާދުވަސްތަކަށް މުސާރަދީގެންވެސްނުވާނެ !!!!

  11. ކޮވިޑް

    ބަލަ ރައީސް ޔާމީން މަރަން ނޫންތަ ލޯންޗްގަ ބޮންގޮއްވީ؟ އެދުވަހު މަނިކުޔާނުގެ ޕާޓީ ޖޯކް ޖެހީ. ﷲ ގެ ރަހުމަތުން ރައީސް ޔާމީން އެ ހުންނެވީ މި ޤައުމުގަ. ނަޝީދު ހާދަ ބިރެއް ގަނެއޭ ދޯ؟

  12. ޢިޔާބު

    މިމީހުންނަށްވެސް މިގޮތަށް އުޅެން ވަކި މުއްދަތެއް އޮންނަންވާނެ. ހިތު ހުރި ގޮތަކަށް އެއްވެސް މުއްދަތެއް ނެތި ތިޔަހެން އުޅެްންޏާ ވަޱީފާއިން ވަކި ކުރެވެންޖެހޭނެ. ރައްޔިތުންގެ ޓެކްސްފައިސާ ތަޅާބޭލުމުގެ ހައްގެއް މިމީހުންނަށް ލިބިފައޮެް އޮތުން ހުއްޓުވާމިމީހުން ޒިއްމާ ކުރުވަން ޖެހޭ

  13. ޖާބިރު

    މަނިކުފާނަށް ރާއްޖެއިން ބޭރުހައި ހުންނަން ކިތައްމެ ދަތިފުޅު ވިއަސް ދިބެހިންނަށް އެއްމެ ފަސޭހައީ އަދި ބޭނުމްވަނީ މަނިކުފާނު ތިތާގަ ހުރީމަ.

  14. ޒަބީބު

    ސީދާ ސާދާ، މަޖާ މިޒާޖުގެ ވެރި ކެނެރީގޭ އަންނި ދެކެ ހަޤީޤަތުގައި ރުޅިއަންނަ މީހަކު ދިވެހިރާއްޖޭގައި ހުންނާނެ ކަމަކަށް ނުފެނޭ. އެނެއްކަމަކު ޑެންމާކުގައި ހުރެ ދިވެހިރާއްޖޭގައި އޮތް އިސްލާމް ދީނަކީ ހިޖާޒުނެ ގެނައި ބޯދާ ވިސްނުމެއް ކަމަށް ބުނި، ޤުރްއާން އާއި ހަދީސް ނޫން "ނެރެޓިވް" އެއް ބޭނުންވާ ކަމަށް ބުނި، އަދި 23 ޑިސެމްބަރުގައި އާޓިފިޝަލް ބީޗަށް ޕާޓީ މީހުން އެއްކޮށްގެން ހުރެ ކީރިތި މާތް ނަބިއްޔާ (ސއވ) އަށް ކުޑައިމީސް ބަސް ބުނުމުގެ ގޮތުން 9 އަހަރުގެ ކުދިންނާއި ކައިވެނި ކުރުމުގެ ވާހަކަ އާއި އެހެނިހެން ބަދުބަސްތައް ބުނި، ހުކުރުދުވަހުގެ ރޭޑިއޯ ޚިތާބުތަކުގައި ޤީޞާސް ހިފުމާއި ވައްކަން ކުރުމުން އަތްކެނޑުމާއި ބެހޭ އިސްލާމީ ޝަރީއާގައިވާ އެފަދަ ހުކުމް ތަކަށް އިންކާރުކުރި، އަދި ކަންމަތީ ބައްދަލުވުމުންތަކުގައި ޒިނޭގެ ހުކުމަށް ހަޖޫޖެހި، އަދި ބޯންޖެހޭނޭ ބޮވެން ޖެހޭނޭ ބުނެ އިސްލާމް ދީނުގެ ހުކުމަކަށް އިންކާރު ކުރި، އަދި ދާދި ފަހުން އިންގިރޭސި ވިލާތުގެ ނަފްސާނީ ޑޮކްޓަރެއް ގާތުގައި ބަނގުރާ ބޮމުން ދިޔަ ކަމަށް އިއުތިރާފްވި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެއަމަލް ތަކަށް އިންތިހާ އަށް ނަފްރަތު ކުރާ މީހުން ރާއްޖޭގައި އެބަތިބި.

    ވީމާ ނަޝިދުއަށް ތިޔަހާ ޔަޤީންކޮށް ތިޔަކަން އިޙްސާސްވާ ކަމުގައި ވާނަމަ ތިޔަ ބިރުފަހަނައަޅައި ދާން ނަޝީދު އެބަޖެހޭ. އެހެން ކަމުން ނަޝީދު ފުރަތަމަ ވެސް ކުރަންވީ ކަމަކީ ނަޝީދު ބަނގުރާ ބޮމުން ދިޔަކަމަށް ނަފްސާނީ ޑޮކްޓަރު ގާތުގައި ވީ އިއުތިރާފްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަމިއްލަ އަށް އިސްތިއުފާދޭންވީ. އެއަށްފަހު ދީނީ އިލްމުވެރިންގެ ހާޒިރުގައި ލައިވް ޓީވީގައި ނަޝީދު ރައްޔިތުން ކިބައިން މާފަށް އެދި ތައުބާ ވާންވީ. އެއަށްފަހު ރީތި ތާހިރު ދިރިއުޅުމެއްގައި ޤުރްއާން ކިޔެވުމާއި، ޒިކުރުކުރުމުގައި ގިނަވަގުތު މިސްކިތުގައި ހޭދަކޮށް، ވެރިކަން ނުލިބުނަސް ސުވަރުގެ ލިބޭތޯ މަސައްކަތް ކުރަން ހަޔާތުގެ ބާކީ އޮތްބައިގައި ހޭދަ ކުރަންވީ. .

    • އިޚްލާސްތެރި ހިތަކުން

      ހެޔޮނަސޭހަތެއް.

  15. ރީތި މޫސަ

    އެންމެރަނގަޅުވާނީ ސަލާމަތްތެރިކަން ފުރިހަމަޔަށް ޔަޤީންވަންދެން މާލެނައިސް މަޑުކުރުން