ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ރާއްޖެ މުހިއްމު ވަނީ ވެރިކަން ބޭނުންވުމުން ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މުސަ މިހެން ވިދާޅުވީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތައް ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް އިން ހުށަހެޅި އިސްލާހާއި ގުޅޭގޮތުން މިއަދު މަޖިލީހުގައިި ވާހަކަ ދައްކަމުންނެވެ.

މިއަދު މޫސަ ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކަށް ދައުލަތް މުހިންމު ނޫން ކަމަށެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް އެރުމަށް ގޮވާލަނީ އެެހެންވެ ކަމަށް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި މޫސަ އިޝާރާތްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުން ނަޝީދު ވަނީ އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް ގޮވާލާފައެވެ.

މޫސަ އިތުރަށް ވިދާޅުވީ ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް މިފަހަރުގެ އިންތިހާބުގައި ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށެވެ. އަދި އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ވެސް ނުދެއްވާނެ ކަމަށް މޫސާ ވިދާޅުވިއެވެ

"ވަރަށް ބާރުލާފައި ބަޔަކު އެބަބުނޭ ރައީސް ނަޝީދުގެ ނަން ވޯޓް ކަރުދާހުގައި އޮންނާނޭ. ނޯންނާނެ އިނގޭތޯ. އަޅުގަނޑުމެން އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަކަށް ވެސް ނުދޭނަން. އެކަން ވަރަށް ފާޅުކަން ބޮޑުކޮށް މި ދަންނަވަނީ މި ބޭއްވޭ އިންތިޚާބުގައި ކެނެރީގޭ ނަޝީދުގެ ނަމެއް އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި ނޯންނާނެ." މޫސަ ވިދާޅުވިއެވެ.

ނަޝީދަށް ފާޑު ވިދާޅުވަމުން މޫސާ މަނިކު އިތުރަށް ވިދާޅުވީ ގައުމު ހަލާކުކޮށް، ފާސަދަކުރުމަށްފަހު އަދި ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ އަގު ވައްޓާލާފައި ހުރި މީހަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެއްވެސް ގޮތަކަށް ނުދެއްވާނެ ކަމަށެވެ.

ނަޝީދުގެ "ޖަޒީރާ ރައީސް" ކެމްޕެއިން އަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ދިވެހިން ޖަޒީރާއެއް ބޭނުން ނުވާ ކަމަށާއި ދިވެހިން ތިބީ ޖަޒީރާތުން ސިޓީތަކަށް ބަދަލުވެގެން ކަމަށެވެ.

"އެއް ދުވަހު ޖަޒީރާ. އަނެއް ދުވަހަކު ކުޑަގޮޅި. އަނެއް ދުވަހު ކަކުނި އަރާ ފުޅި. މިހެން ކިޔައިގެން އަޅުގަނޑުމެން ގައުމުގެ ނަން ބަދަލު ކުރާކަށް ނުޖެހޭނެ." މޫސަ ވިދާޅުވިއެވެ.

މޫސާ މަނިކު އަކީ މީގެ ކުރިން އެމްޑީޕީގެ ލީޑާޝީޕްގައި ނަޝީދުއާއި އެކު އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މިހާރު މޫސަ ވަނީ ޕީޕީއެމްއަށް ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަދި.ޖަރީމާ ރައީސްވެސް.ލިޔާނެ

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑުދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

  3. އަލީ

    ވެރިކަމުގައި އެންމެން އައްލެވޭތޯ ބަލަނީ ދެން ހުސް އަނގަތަޅަމުން ގަދަވާ ކޮޅަކަށް ދުވެ ނަގަނީ

  4. ރީޒަން

    ސިޔާސީ ކޭމްޕްތައް ރިޔާސީ ރޭހުގެ ބްލޮކޭޑްގައި ބަހައްޓަން ޖެހޭނެއޭ އިންތިޚާބު ތަކާއި ބެހޭ ގާނޫނު ފާސް ވަން ދެން އަދި އެގާނޫނު ތަސްދީގު ކުރުމުން ޕީޕީއެމް އިން ސްޕޮންސަރ ކޮށްގެން އެމްޑީޕީ ގެ ބަޔަކު ލައްވާ އެގާނޫނު ސްޕްރީމް ކޯޓަށް ހުށައަޅައިގެން ފަހު ވަގުތު އެގާނޫނު އެއީ ސައްހަ އެއްޗެއް ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުން ދެން ކެނެރީގެ ނަޝީދަށް ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ކެނެރީގެ ނަޝީދަށް އަދި ޕްރޯ އުގައިލް އަށް އަދި އިބޫ އަށް ޖެހޭނެއޭ ރިޔާސީ އިންތިޚާބުގައި އެމެންނަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ނަތީޖާ އަކީ އެއީ އުމަރު އެކަނިއޭ ނިކުންނާނީ އުމަރަށް ތާއީދު ނުކުރާނެއޭ އެމްޑީޕީގެ އެކަކު ވެސް އެއިރަށް ދެން އެމްޑީޕީ ފުނޑިގެން ދާނެއޭ މިފަހަރު ރިޔާސީ އިންތިޚާބު ނިމި ނަތީޖާ އިއުލާން ކުރަމުން ދާއިރު. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ..

  5. އަބްދުއްލާ

    ޖަޒީރާ ރައީސް ކިޔުމަށްވުރެ މާބޮޑަށް ގުޅޭ ނަމެއް ޖަރީމާ ރައީސް . ޖަރީމާ އާގުޅޭ ސަބަބުތައް އެބަހުރި . ތަފްސީލުކޮށް އެވާހަކަ ލިޔެވޭކަށްނެތް . އެކަމަކު ޓެރަރިސްޓެއްގެ ނަމުގަ 2 ފަހަރު ސަރުއީ ހުކުމް ކަނޑައެޅުމާ އެއްފަހަރު ވައްކަމެއް ކަނޑައެޅުމުން ޖަރީމާ ލަގަބު އިތުރު ވުމަކީ މައްސަލައެއްނޫންދޯ ފެބްރުއަރީ 7 ގަވެރިކަން ވެއްޓުނީވެސް އެހެން މީހުނަށް ގެއްލުންދޭން ރޭވި ޖަރީމާ އަމިއްލަ އަތަށް ގޮވައިގެން.މިފަދަ ޖަރީމާ އެދުރު ވެރިކަމަށް ގެނެސްގެންނުވާނެ

  6. ފާހަގަ

    މޫސަގެ ވާހަކަފުޅު ވ.ރަގަޅު ކުރިން ކިޔުއްވިއަނެއްދިވެހިރާއްޖެ
    މޫސަވިދާޅުވިލެއްވިހެން އެކިނަންނަމުގައި ގައުމުގެނަން ބަދަލުކުރުމަކީ ތާއީދުކުރެވޭނެ
    ކަމެއްނޫން ނަޝީދުއާގުޅޭ ނަމެއްކިޔުއްވާނަމަޖަރީމާރައީސްވެސްލިޔުއްވިދާނެ 13އަހަރުގެ
    ގައިދީއެއްގެނަން ވޯޓްކަރުދާހުގައިއޮތުމަކީކުށްވެރިވެފައިވާއެހެންގައިދީނަށްދެވޭހިތްވަރެއް
    ނަޝީީދުގެނަން ވޯޓްކަރުދާހުގައިއޮތުމުގެ ފުރުޞަތުދެވިއްޖެނަމައެހެންގައިދީންވެސްބޭނުންވާ
    ފުރުޞަތުދެއްވަންއެދިފާނެ މިއީ ކަމާބެހޭފަރާތުން ވިސްނެވުން ބޭނުންތެރިކަމެއް ނަޝީދު
    ގައުމުހަލާކުކޮށް،ފަސާދަކޮށް ރާއްޖޭންބޭރުގައިދިވެހިރާއްޖޭގެ އަގުވައްޓާލުމަށް މަސައްކަތް
    ކުރައްވާ ބޭރުގެސިފައިންރާއްޖެހިފުމަށްއެހީއަށްއެދިފައިވަނީ ގައުމާ،ގައުމުގެ ރައްޔިތުންގެ
    މަށްޗަށްލޯތްބާ،ކުލުނެއްނެތި ހަމައެކަނި އަމިއްލަފައިދާއަށް( ވެރިކަމުގެބޭނުމުގައި)ކަމުގައި
    އެގިގެންދާތީމިފަދަފަރާތެއްގެނަން ވޯޓްކަރުދާހުގައި އޮތުމަކީ ދިވެހި ގައުމާ،ރައްޔިތުންނަށް
    ކުލުނެތްހުންނަ ފަރާތަކުން އެދޭނެކަމެއްނޫން ހަމަޔަގީންއަހަރެންނެތް މިފަދަގައިދީއެއްގެ
    ނަންއޮތުމަކަށް ނޭދެން