އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި އޮތް އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީފިއެވެ.

"އައްޑޫ އޮންލައިން" ގައި ބުނެފައި ވަނީ ހަމަލާދީފައިވަނީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް) ގައި އޮތް އުމުރުން ދުވަސްވީ މީހަކަށެވެ. ބަލާނެ މީހަކު ނެތުމުން އޭނާ ނިދަނީ ފަޒާ މިސްކިތުގައި ކަމަށް ވެއެވެ. ރޭ އޭނާ މޫނަށް ހަމަލާދިނުމަށްފަހު މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް އެނޫގައި ރިޕޯޓް ކޮށްފައި ވެއެވެ.

އުމުރުން ދުވަސްވީ މީހާ އަށް ހަމަލާދިނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ހިތަދޫ މިސްކިތެއްގައި ހުރި ދޮށީ އުމުރުގެ މީހަކަށް ހަމަލާ ދިން މައްސަލައެއް ރޭ 19:13 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ މިސްކިތްތަކުގައި މިސްކިތްތަކަށް އިހްތިރާމް ކުޑަވާ ކަންތައްތައް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ދެމަހެއްހާ ދުވަސް ކުރިން ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި ވެސް ދެމީހަކު ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގާފައި ވެއެވެ.

އަދި ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތައް ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލީ

  ކަން ނިމިގެން ދާއިރު ކުއްވެރި ވާނީ މިސްކިތުގަ އޮތް މުސްކުޅިމީހާ! ހަމަލާ ދިން މީހާގެ ބޯ ހަމަ ނުޖެހޭ ތާންގަ ބޮލުތެރޭ ސިކުނޑި އޮތްކަމަކައްވެސް ނުވާނެ. ކީއްކުރާނީ؟؟؟ މިހާރު އަހަރުމެނައް އާދައިގެމަތިން ދުނިޔެ ފެންނަގޮތްމީ.

  10
 2. ......

  މިސްކިތްތަކުގައި ނިދާ ކައި ބޮއެ ހެދުމަކީ މިސްކިތްތަކަށް ކުރާ އިހްތިރާމް ކުޑަވާ ކަމެއް ނަމަ ރަސޫލާ ސ.އ.ވ ގެ ހަޔާތްޕުޅުގައި މަސްޖިދުއްނަބަވީގައި އެކަން ކަން ކުރެއްވެވީ ކީއްވެތޯ މި ލިޔުން ލިޔުނު މީހާ ބުނެދޭން ފެނޭ...ދީން ނޭނގި ހީ އަށް ދީނުގެ ކަންކަމަށް ގޮތް ކިޔާކަށް ނުވާނެ....ދިވެހިންނަށް އެކަން އޮންނަނީ ބޮޑުކަމަށްވެފަ ކަމަށްވުމަކީ އެއީ ދީނުގަ މަނާ ކަމެއްކަން ދަލީލުކޮށްދޭނޭ ކަމެއް ނޫން....މިސްކިތްތަކުގައި އަޅުކަން ކުރެވޭނެ ނިދޭނެ ކެވޭނެ...އެއްވެ މަޝްވަރާ ކޮށްލެވޭނެ...ކިޔެވޭނެ ކިޔަވަ ދެވޭނެ...މިހިރީ ދީނުގައި އެކަން ކަން މިސްކިތްތަކުގައި ކުރުން ހުއްދަ މިސްކިތުގެ ހުރުމަތް ނުގެއްލޭ ކަން ކަން...

  10
 3. ފަރުހާދު

  ހާދަ ދެރަ އޭ މައިންބަފައިން އުމުރުން ދުވަސްވީމަ އެހެން ހަދާކައް ނުވާނެދޯ
  އަހަރެމެން މަންމަ މެން ބައްޕަ މެން އަހަރެމެން ހާދަ ހާލުގައޭ ބަލާ ބޮޑުކުރީ
  އެއްވެސް ވަސީލަތެއްނެތި
  އެމީހާގެ ދަރިޔަކުވެސް އޢއިލާ މީހަކުވެސް ނެތީތަ
  މައިންބަފައިންނައް ދެރަގޮތް ހަދާ ދަރިން އައް ﷲ ނުރުހުންވެ ވޮޑިގެންވާނެ

  10
 4. ކިނބޫ

  ސޯލިހޫ މިއޮތީވާ ސަރުކާރެއް. ކަލެއަށްވާ ސާބަސް!

 5. ކޮތަރު

  ޑިމޮކްރަސީގެ ފޮނިމީރުކަން ކޯދުލާ އަރަނީ. އެހެންވެ މިސްކިތްތަކަށާ މިސްކިތަށް އަޅުކަން ކުރަން ދާ މީހުންނާ އެ ބެހިގަންނަނީ.

 6. ޔ

  ތީއަސްލު ޓެރަރިޒަމަކީ

  11
 7. ސސ

  1978 ގައި ރައްޔިތުން الاستاذ مأمون عبد القيوم އާއި ޤައުމު ހިންގަން ހަވާލުކުރި 30 އަ ހަރު ފަ ހުން އެމަނިކުފާން ޤައުމު ހަވާލު ކުރީ ޤައުމު ހިންގޭ ވަރު ބަޔަކާއި ނޫން އަނެއްކާވެސް ޤައުމު ހިންގުމާއި އެމަނިކުފާން ހަވާލު ވާންވެއްޖެ ނުންތޯ ؟

  5
  6
 8. ހަލީ

  މުސްކުޅިޔާ އަށް ހަމަލާދިނުމަކީ ގަބޫލުކުރެވޭނެކަމެއްނޫން އެއީ ޖަރީމާއެއް ، ނަމަވެސް ތިމުސްކުޅިޔާ ބަލާނެ މީހަކުނެތޭކިޔާފައި މިސްކިތުގައި ނިދާ ދިރިއުޅޭތަނަކީ މިސްކިތައް ހަދާހެންނުވާނެ ، މިއިންވެސް އެގެނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ، މިސަރުކާރު އައިފަހުން ހާލުގައި މަގުމަތިވާ މީހުންދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ، ހިތާމަހުރި

  8
  3
 9. އާދަންބެ

  އަޅާލާނޭ މީހަކު، ނުވަތަ ވަންނާނޭ ތަނެއް ނެތިއްޔާ މިސްކިތުގެ ހިޔާވަހިކަން ހޯދުމަކީ މައްސަލައެއް ނޫން.

 10. Anonymous

  މިސްކިތުގެ ހުރުމަތަކީ ކޮބައިކަން ރަނގަޅަށް އެނގޭ މީހަކު މިފަދަ ހަބަރުތައް ލިޔާނަމަ ޖާހިލުކަމުގެ އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް ނިކުމެވުނީސް. މިސްކިތުގަ ނިދާ ކައިބޮއެ ހެދުމަކީ މިސްކިތުގެ ހުރުމަތް ކެނޑޭކަމެއް ނޫން. މަސްޖިދުލް ހަރަމާއި މަސްޖިދުއް ނަބަވީގައި މާބުލް ޖަހާ ވަށައިގެން ފާރަވެރިން ލާފައި ތިބެނީ ދީނުގަ އެކަން މަނާ ވާތީކީ ނޫން. މި ދެ މިސްކިތުގައި ރަސޫލާ (ސއވ) އަވަހާރަފުޅު ލައްޕަވާ ފަރިއްކުޅުއްވާ ހެއްދެވި. އަދި ނިދުމާއި ކެއުމާއި ގަޟާހާޖަތް ކުރުން މިސްކިތުގަ ކުރުން ލާޒިމްކުރައްވާފައިވާ އިއުތިކާފަށް އިންނެވުމާއި ދީނުގެ ހުކުމްތައް ވެސް މިސްކިތުގަ ތަންފީޒު ކުރެއްވި. ފަޒާ މިސްކިތުގަ އޮތް މީހާއަށް އަނިޔާކުރި މީހުން އެކުރީ ބަޔާންވެގެންވާ މުންކަރާތެއް.