ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުއްގިރި މައްސަލައިގައި ފުލުހުންނަށް ދެއްވާފައިވާ ބަޔާން "އަދަދު" ނޫހަށް ދީގެން ބަޔާން ލީކް ކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކަމަށް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ތުހުމަތު ކުރައްވައިފައެވެ.
ޔާމީންގެ ވަކީލުންގެ ތުހުމަތަށް ޕީޖީ ޝަމީމަށް އަމާޒުވީ ބަޔާން ލީކް ކޮށްލުމުގެ ފުރުސަތު ޔާމީންގެ ވަކީލުންނަށް ވެސް އޮންނާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވުމުންނެވެ. ޕީޖީ ޝަމީމް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯޓުން އެންމެ ފަހުން އެ ބަޔާންތައް ދޫކުރީ ޔާމީންގެ ވަކީލުންނަށް ކަމަށެވެ. އެހެންކަމުން ބަޔާންތައް ލީކު ކޮށްލުމުގެ ފުރުސަތު އެބޭފުޅުންނަށްވެސް އޮންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ޕީޖީ އޮފީހާއި ފުލުހުންގެ އަތުގައި އެ ބަޔާން އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ލީކު ވެފައި ނުވާ ކަމަށެވެ.
ޕީޖީ ޝަމީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ "އަޅުގަނޑުމެންނަކީ ކުރާނެ ކަންކަން މަދުވެގެން އުޅޭ ބައެއް ނޫން." ކަމަށެވެ. އާދަމް ޝަމީމް ދެން ތުހުމަތު ކުރެއްވީ އަދަދު ނޫހުގެ ވެރިންނާއި ޕީޖީ ޝަމީމާއި ގުޅުން އޮންނަ ކަމަށެވެ. "އަދަދު ނޫހުގެ ވެރިންނާއެކު އުޅެނީ، އަދި އެ ނޫހުގެ ވެރިންގެ ލޯފާމަށް ގޮސް އުޅެނީ ރައީސް ޔާމީންގެ ވަކީލުންތޯ ނުވަތަ އެބޭފުޅާތޯ ވެސް ބަލާލަން އެބަޖެހޭ. ރައީސް ޔާމީންގެ ބަޔާން އަޅުގަނޑުމެން ލީކުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް." އާދަމް ޝަމީމް ވިދާޅުވިއެވެ.
"އަދަދު" ނޫހުގެ ވެރިންގެ ގޮތުގައި ޕީޖީ ޝަމީމާއި ގާތް ގުޅުމެއް އޮންނަ ގާނޫނީ ވަކީލް މަހްފޫޒް ސައީދު ހިމެނެއެވެ.
މީގެ ކުރިން ވެސް "ޢަދަދު" ނޫސް މެދުވެރިކޮށް ޕީޖީ ޝަމީމް ބައެއް މައުލޫމާތު ލީކް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އޭގެތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅުން ހުރި މައުލޫމާތުތައް ވެސް ހިމެނެއެވެ. އެމައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި އެކަކު ކަމަށްވާ އަހުމަދު އަދުހަމް ހައްޔަރުކުރި ވަގުތު ނަގާފައިވާ ފޮޓޯއެއް "އަދަދު" ނޫހަށް ފޯރުކޮށްދިނީ ވެސް ޕީޖީ ޝަމީމް ކަމަށް ބައެއް މީޑިއާތަކުން ތުހުމަތު ކޮށްފައެވެ. މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެއީ ޕީޖީ ޝަމީމާއި ކޮމިޝަނަރު ހަމީދާއި ފުލުހުންގެ އިސް ދެތިން ބޭފުޅަކު ތިއްބަވާ ގްރޫޕެއްގައި ހިއްސާކުރި ފޮޓޯއެކެވެ.
ޔާމީންގެ ބަޔާން ލީކް ކޮށްލުމުން ޕީޕީއެމް އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އިސްތިޢުފާ ދެއްވާ
ދެއިރު ދެދަޅައަށް ދުވިއަކަސް ކަމަކުނުދާނެ ރައްޔިތުންގެ އަމާނާތައް ޚިޔާނަތްތެރިވަންވެސްވާނެ
އެހެންތާވާނީ، ޕްރޮސެކިއުޓަރގެ ނަމެއް، ރިޝްވަތު ނަގަމުންގޮސް، މިކަލޭގެއަކީވެސް ރިޝްވަތު ފޮށްޓެއްވިއްޔާ، ޗޯރު ފައިސާފޮށި އަދީބުމެންފަދަ ޗޯރު ބޭލަލުން ބައްޓަންކުރާގޮތަކަށް ސަރުކާރާއި އެއްމެ ޒިންމާދާރު ޚާއްސަކޮށް ޝަރުޢީ އަދުލު އިންސާފު ބޭކަލުމް ތިބޭނީ، އަސްލަކީ ރިޝްވަތަށް ވިކިފައިތިބުން،،
މަތީ މަގާމުތަކުގައި ކުފޫހަމަނުވާ މީހުން ތިބުމަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަން އެނގިގެން މިދަނީ.
ތި ޝަމީމުގެ ކަރަޕްޓް ވާހަކަ މި އިސްލާމީ އުންމަތެއްގަ ނުދެއްކިޔާ ރަނގަޅުވާނީ. މީނާ އަށް ހީވާކަލަހަ ދެން މިނޫން ދުވަހެއް ނެތޭ؟ﷲ އަށް ބިރުވެތިވާން އަދި ވެސް މީނާ ހިތައްނާރާބާ؟ބަލަ މިއަދު ކިތައްމެ އިއްޒަތުގައި އުޅުނަސް މަރުވީމަ ހަމަ ނިކަމެތި މީހާ އާއި އެއް ހަމަ އެއްގަ ހުސްއަތާ ދެއްތޯ ދާންޖެހޭނީ؟
ނަޒްރާ ނަސީމް ގެ ފިރިމީހާ އަކީ މަޙްލޫފު. ނަޒްރާ ނަސީމް އަކީ ނާއިބު ރައީސް ގެ އެއްބަޑު އެއްބަފާ ކޮއްކޮ. މަޙްލޫފު ގެ މައްޗަށް ތިޔަ ބުނާ "އުންސުރު" ހަމަވާނެ މިފަހަރު. ނަމަވެސް ދިގުދައްމަނީ މި ޙުސައިން ޝަމީމް.
ސިއްރު ހެކިދޭމީހާ ގެ މައުލޫމާތު ކުއްކުރާ މީހުނަށް ދީ އެމިހުނަށް ބިރުދައްކާ ނަފްސާނީ ގޮތުން ގެއްލުންދި ހެދީމަ އޯކޭ އެހެން ވީމަ ތީކިއަދި މާ ބޮޑުކަމެއް ނުން
ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ވެރިން މިފަދަ ގާނޫނާ ޚިލާފު ކަންކަން ކުރާނަމަ އެފަދަ މީހުން ހިފާ ހައްޔަރުކުރަންޖެހޭ! ނުވަތަ ޢައްމުން އެފަދަ ފަރާތްތައް ހަމަ މަގަށް ދެދުކުރަންޖެހޭ! ސަމީމަކީ ނުބައި ނުލަފާ މީހެއް! މިއަދު ތިޔަގޮތައް އުޅެވިދާނެ ސަމީމޫ! އެކަމަކު ގާނޫނު ތިޔަމީހާއާވެސް އަރާހަމަކުރާނެ!
މިހާ ރު ސާފުވެއްޖެ ނަ ރީސްގެ ބަނޑަށް ވައިއަ ރައިގެން "ހަޖަމް" ނުވެގެން އުޅުނު ސަބަބު.
ވެރިކަމަށް އަންނަންވެގެން ދެއްކި ވާހަކަ އަކާ ވެރިކަމަށް އައިސްތިބެގެން ދައްކާ ވާހަކައަކާ ކުރާކންތަކާ ދިމަލެއްނުވޭ.ވެރިކަމަށް އައިއިރު ބަުނަމުން ދިޔައީ ޢަދުލުގެ ނިޒާމް އޮތީ ވަރަށް ބޮޑަ ބޮއްސުން ލައިގެން ގޮސްފައި ކަމަށް.އަދި ތިމާމެން ވެރިކަމަށް ިއަންނަނީ ކަންކަން އިޞްލާޙު ކުރާށޭ. ކޮބާ؟ މިއިން ޒަމާނެއްގައި ދިވެހިރާއްޖޭ ޢަދުލުގެ ނިޒާމް ބޮއްސުން ނުލާހާ ވަރަށް މިއޮތީ ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލި ބޮއްސުންލާފަ.ވަރަށް ިތާމަ ހުރި ފިނޑި ޢަމަލުތައް މިހާރު ވަމުން މިދަނީ. ކިހިނެއްތޯ ދެން އިންސާފު ހޯދޭނީ. ކިހިނެއްތޯ އިންސާފުލުިބޭނީ. ދައުލަތުގެ ތިންބާރު މަސްހުނިކޮށް ގަޑުބަޑު ވެއްޖެ.