ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށް އެމްޑީޕީގައި އެކުލާވާފައިވާ ކޮމިޓީގެ ޗެއާއެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ބޮމުގެ ހަމަލާ ދިން ތާރީޚާ ގުޅުވައި "މޭ ހައެއް" ނަމުގައި އެކުލަވާފައިވާ އެ ކޮމިޓީގެ ޗެއާ އަފީފް ވިދާޅުވީ، މާލޭގެ މަގެއްގެ މެދުގައި ބޮމެއް ގޮވުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށެވެ. ވަކި މީހަކަށް އަމާޒުކޮށް ދިން ނަމަވެސް ބޮމެއް ގޮވުމުން އެ ސަރަހައްދުގައި ތިބި އެންމެނަށް ވެސް އަނިޔާ ލިބޭ ކަން އަފީފް ފާހަގަކުރެއްވިއެވެ.

"ބޮން އުފެއްދުން، ބޮމެއް ގޮވުން، މި ވަރުގެ ނުރައްކާތެރި ބޮމެއް ގޮވުން، އެއީ ރާއްޖޭގައި ކުރިން ހިނގާފައިވާ ކަމެއް ނޫން، މިފަދަ ބޮމެއް ގޮވުމަކީ އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވާން ޖެހޭ ކަމެއް، ދުނިޔޭގެ ގައުމުތަކަށް އަޅުގަނޑުމެން ރާއްޖެއަކީ މިފަދަ ހަމަނުޖެހުން ބޮޑު ގައުމެއް ގޮތުގައި ދެކުމަކީ އަޅުގަނޑުމެން އެކަކު ވެސް ބޭނުންވާނެ ގޮތެއް ނޫން،" ނަޝީދުގެ ވެރިކަމުގައި ދާޚިލީ ވަޒީރު ކަން ވެސް ކުރެއްވި އަފީފް ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރު ވެސް "މާ ބޮޑު ކަމެއް ނުވާ" ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ ސަރުކާރުގެ ބައެއް ވަޒީރުން މިކަމާ އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށެވެ.

"އެ ބޭފުޅުންނަށް ކަމެއް ބޮޑެއް ނުވޭ، އަދި އެ ހިސާބަށް ނުދޭ، ދެން އެ ހިސާބަށް ދިޔައިމަ ބުނަންވީ އެ ހިސާބަށް ގޮސްފައޭ، އެހެނެއް ނޫން އެފަދަ މަގާމުތަކުގައި ތިބެގެން ސަރުކާރުގެ ވަޒީރުން ވެސް ވިދާޅުވާން ޖެހޭނެ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވުޒާރާތަކުގެ އަމާޒު އޮންނަން ވާނީ ކަމެއް ގޯސްވުމުގެ ކުރިން އެ ކަމެއް މެދުވެރިވެދިޔަ ނުދީ، ރާއްޖެ ސަލާމަތުން ބާއްވަން ކުރަން ޖެހޭ ކަންކަން ކުރުމެވެ. ބޮމެއް ގޮވި ކަން ސާފުކޮށް ފެންނަން އޮތް އިރު، ދެން އެފަދަ ކަމެއް ހިނގައިދިޔަ ނުދިނުމަށް ޓަކައި އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިތުރު ފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. ނަޝީދު އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވައި އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. ދެން ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވައި އެ ހޮސްޕިޓަލުން ވެސް ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ނަޝީދު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން ނުދިއުމުންނާއި ތަހުގީގު ލަސްވަމުންދާތީ ނަޝީދުގެ ނުރުހުން ވަރަށް ބޮޑަށް އެބަ އޮތެވެ. އަދި އެމްޑީޕީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއެކު ސިޔާސީ ގޮތުން ދެން އެކުގައި ނުހުންނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަހުމަދު

  މީއިން ޒަމާނަކު ތަހުގީގެއް ނުދާހާ އަވަހައް އެ ދަނީ. ސަރުކާރުން ކަންބަޑުވުމަކީ ލާދީނީ ކަމާ ދެކޮޅު ހުރިހާ އެންމެން ހައްޔަރު ކުރުމެއް ނޫން

 2. ޒަބީބު

  ބޮން ގޮއްވާލިމަ ރައީސުލް ޖުމުހޫރިއަޔާ އާއި ކެބިނެޓގެ ހުރިހާ ވަޒީރުން އެކުގައި ނުކުމެ ޖުމުހޫރީ މައިދާނުގައި ދެފައި ވައްކޮށަގެން ތިބެ އަޑުގެ ނެތްތަނަށް ހަރުއަޑުން ރުއިމަތޯ އެކަމާއި ސަރުކާރުން ކަންބޮޑުވާކަމަށް ވާނީ؟ ބަލަ ބޮން ހެދިމީހާއާއި ބޮންހަރުކުރި ސައިކަލު ޕާކުކުރިމީހާ އާއި ރިމޯޓްގެ ބަޓަނަށް ފިތާލީ މީހާ އާއި، ދެން ވެސް އެކަމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު މީހުން ހައްޔަރުކޮށް ތަހުޤީގުކޮށް ދައުވާކުރަން ފޮނުވައިފި ނޫންތޯ؟ ނަޝީދު މިކަމާއި ހަމަ ކަންބޮޑުވާ ވަރުންތޯ ތަހުޤީޤަށް ބަޔާން ނުދީގެން އެއުޅެނީ؟

  ދިވެހިރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުން އެމބުރި ޤައުމަށް ދަނީ އުފަލުން. އެއީ ރާއްޖޭގައި އެމީހުންނަށް އޮތް ސަލާމަތާއި ރައްކާތެރިކަމުގެ ސަބަބުން އެމީހުންނަށް ލިބޭ ހިންހަމަޖެހުމާއި ޔަޤީންކަމުގެ ސަބަބުން. އެކަމަކު ރާއްޖޭގައި ޓެރަރިސްޓުން އުޅޭކަމަށާއި، ހައްދުފަހަނައަޅާފައި ތިބޭ މީހުން ތިބޭ ކަމަށާއި، އަޑީދައުލަތެއް އޮތް ވާހަކައާއި، އައިސިސްގެ މީހުން ސަލާމަތީ ކިދުމަތްދޭ ފުލުހުންނާއި ސިފައިންގެ ފައުޖުތަކުގައި ތިބި ކަމަށް ބުނެ ބައިނަލް އަގުވާމީ ޓީވީ ޗެނަލް ތަކަށް އަރައި އިންޓަވިއުދެނީ ސީދާ ނަޝީދު. ވީމާ ދުނިޔޭގެ ގައުމުތަކަށް އަޅުގަނޑުމެން ރާއްޖެއަކީ މިފަދަ ހަމަނުޖެހުން ބޮޑު ގައުމެއް ގޮތުގައި ދައްކަނީ ސީދާ ނަޝީދު އޭނާގެ ސިޔާސީ ބޭނުމަށްޓަކައި.

  އެކަމަކު ނަޝީދު އެބުނާ ހައްދުފަހަނައެޅި މީހުން ތިބޭ ފުލުހުންނާއި ސިފައިނ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ރެއާއި ދުވާލު ކުރާ ބުރަ މަސަތްކަތުގެ ސަބަބުން ލިބިފައިވާ ރައްކާތެރިކަމުގެ ދަށުން އަފީފު ތިޔަވިދާޅުވާ ބޭރުމީހުން އުފަލާއިއެކު ހިންހަމަޖެހިގެން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އެދަނީ. ވީމާ ނަޝިދުއާއި އަފީފު ކިތައްމެ ވަރަކަށް ތިޔަވާހަކަ ދެއްކިޔަސް ބޭރު މީހުން ޤަބޫލެއް ނުކުރޭ ރާއްޖެއަކީ އެފަދަ ހަމަނުޖެހުން ބޮޑު ތަނެއްގެ ގޮތުގައެއް.

  އަފީފުމެން ސިޔާސީ މަމްފާއަށްޓަކައި ފާޑުފާޑުގެ ވާހަކަ ނުދައްކާ ކަމެއް ކުރަންޏާ ބަނގުރާ ބޮމުންދިޔަކަމަށް އިނގިރޭސި ވިލާތުގެ ނަފްސާނީ ޑޮކްޓަރު ގާތުގައި ނަޝީދު ވީ އިއުތިރާފްގެ މައްޗަށް ބިނާކޮށް ޤައުމާއި އިސްލާމް ދީނާއި ދިވެހި މުސްލިމް ރައްޔިތުންގެ ހައްޤުގައި ނަޝީދު މަޖިލިސް ރައީސް ކަމުންނާއި މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ދަންނަވާ ދީބަލަ. އެކަން އޭނާ ނުކުރައްވައިފި ނަމަ އަފީފު އިސްވެ ހުންނަވައި އޭނާ މަޤާމުން އަޒުލުކުރުމުގެ ޤާރާރެއް މަޖިލީހަށް ހުށަހަޅުއްވައި ދެއްވަބަލަ.

 3. އައްމަޑޭ

  ސަރުކާރުން ކަންބޮޑުވާ ކަމަށްވާނީ ނަޝީދު ބުނާހާ ބަޔަކު ހައްޔަރުކޮށް ޖަލަށް ލުމުންތަ؟ އިބްރާހިމް މުހައްމަދު ސޯހިހު އަދި ތިމަގަކުން ނުހިނގާނެ. އެންމެ މީހެއްގެ މަސްލަހަތަށްވުރެ އެންމެންގެ މަސްލަހަތު މުހިއްމު.

 4. ހާމިދު ޝާހިދު

  ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވަނީ. ނަޝީދަށް ފަރުވާ ދީ ބޭރަށް ފޮނުވާލަން ވަރަށް މަސައްކަތްކުރި. އެކަމަކު، އެހަމަލާގައި އަނިޔާވި ނިކަމެތި އެތައް ބަޔަކަށް ފަރުވާއެއް ނުދީ، ވަނީ ދޫކޮށްލާފައި. އެކަކަށް ލިބުނު ގެއްލުމުގައި ވަޒީފާ ގެއްލި ރަށަށް ހިޖުރަ ކުރަންވެސް ޖެހިފައިވާއިރު، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ލައްވާފައި ހުންނެވި ބޭފުޅަކަށްވެސް އެރޭ އެތަނުގައި ހުރެވުނީތީވެ، އަނިޔާވި. ފުލުހުން އޭނާ ހޯދާ ފަހުން ބަޔާނެއް ނެގުން ފިޔަވާ އެއްވެސް ވަރަކަށް އެހީތެރިކަމެއް ދީ ފަރުވާ ދީފައިނުވާއިރު، ބަނޑު އޮތީ 2 އިންޗިއަށް ކަފައިގެން ގޮސްފައި. އަދި އެރޭ ހަމަލާގައި ޒަހަމްވިކަމަށް ވީޑިއޯތަކުން ފެންނެ ބިދޭސީ ދޮންމީހާގެ ހާލެއް ފަހަކުން ނޭންގޭ. އޭނާއަށް ފުރަވާއެއްދީ ބެލެހެއްޓިކަމެއް މީޑިއާ އާ ހަމައަށް ތިލަވެފައެއްނުވޭ. ނަޝީދުގެ ރުޅި މަޑު. މިއީ ސަރުކާރު ފެއިލް ވެފައިވާކަމުގެ ފުރިހަމަ ދަލީލެއް.

  7
  3
 5. ސަފަރު ކައްދަގެ ތިއްތިބެ

  ރައީސް ނަޝީދުގެ އިންފްލުއެންސްގައި ކުރިޔަށްދާ ދެތިން މީހަކު ތިޔަ ގޮވެލިފަތި އަމުނާނެ. ކޮންމެހެން އެހެން އެކިޔަނީކީ ސިކުޑިހަމަނުޖެހޭތީކީ، ނޫނީ ހަގީގަތް ނޭގޭތީއެއްވެސް ނޫން. ނަޝީދަށް ސަނާކިޔުމުން ހިޔަނީގައި އުޅެލަން ފަސޭހަވާނެތީ. މިރާއްޖެއެއް ދެނެއް މިތިބަ މީސްތަކުންނާއި އެކު 1980ގެ އަހަރު ތަކުގައި ދުއްފަދަ ރާއްޖެއެއް ނުދެކޭނެ. އެއީ ދީނީ ގޮތުން ވިއަސް، ޑުރަގުގެ ގޮތުން ވިޔަސް، ނުވަތަ ލާދީނީ ގޮތުން ވިޔަސް ތޯއްޗެއް! ރައީސް ނަޝީދުވެސް އަމާން ކަމާއެކު އުޅެލަން ބޭނުންނަމަ، ދީނީ މީހުން އިސްލާހު ކުރުމުގެ ކުރީން ކަންކަން މަތީގައި ގޭންގު ހަދައިގެން އުޅޭ ކުދިންކޮޅު ގެއަށް ވައްދުން ބުއްދިވެރިކަމަށް ދެކެން. ޔައުނީ މަމެން އިސްކޯލުގައި އުޅުނު ދުވަސްވަރު އެކަނިމާ އެކަނި ފޮތްދަބަސް ހިފައިގެން މަގުމަތީ ގައި އަމާން ކަމާއެކު އުޅުނީ، 30އަހަރުގެ ކުރު ތާރީޚެއްގައި ގައުމު ފުނޑާލުމުން ވެރީން ބަނޑުވަތަށް ދަމާފަ މަހުޝަރު ކުރެވި ސުވާލުކުރެވޭނެ. އފފ، މރޔ، ޒކ، ރކ މސ މެން ކުރި ޑެމޭޖުގެ ސަބަބުން ގައުމު މިހާބޮޑުވަރު ވެގެން މިދިޔައީ. ރައީސް ނަޝީދުގެ ހުރި ހިތްވަރެއްވެސް ފެންނާނެތާ ދިރިތިބި ބަޔަކަށް މިފަހަރު. އެބުނިހެން ޖާނާ، ހިތާ މެއިންވެސް ގުރުބާންވީ ނަޝީދުވިއްޔާ.

 6. ފެއިލް

  ފުޓޯއިން ފެންނަން އެތިބަ ދެމީހުންނަކީ 2008 ގަ އުފެދުނު އެމްޑީގެ ވެރިކަން ވެއްޓުނުއިރު ޑިފެންސް އެޑްވައިޒަރު އަދި ދާހިލީ ވަޒީރު ވެރިކަން ދިފާއުކުރުމުގެ އެންމެ މުހިއްމު ބޮޑު ޒިންމާ ނަގަންޖެހޭ ދެމީހުން. އެކަން ނުކުރެވި ފެއިލްވެފައިވާ ދެމީހުން. އެމްޑީޕީގެ މެމްބަރުން ވިސްނުން ހުއްޓެވެ.

 7. މައިކް

  ބަލަގަ މިގައުމަގަ ހުރީ ތިނަޝީޑުއެކަނި. ކަިހަ ބޮޑު އުދަގުލެއްތީ. ތީނަ މިގައުމައް ގެން ނާނަެ ކަމެއްނެތް