ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް "ލޮލީ ޖާބިރު" ނަމުން ނިސްބަތްކޮށް ގޮވި ކަމަށް ޖާބިރު ތުހުމަތު ކުރައްވައި ދައްކަވާފައިވާ ވާހަކަތައް މަޖިލީހުގެ އިދާރާއިން ދޮގުކޮށްފިއެވެ.

ޖާބިރު "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާއަށް "ލޮލީ ޖާބިރު" ގެ ނަމުން މުހާތަބު ކުރީ މަޖިލީހުގެ އިދާރީ މުވައްޒަފެއް ކަމަށެވެ. އަދި މަޖިލީހުގެ މުވައްޒަފަކަށް ރަސްމީ ވަޒީފާ އަދާކުރަމުންދާއިރު އެ އިދާރާތެރޭ އެފަދަ ނަމަކުން އޭނާއަށް މުހާތަބު ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"މަޖިލީހަށް އިއްޔެ (މިދިޔަ އަންގާރަ ދުވަހު) އަޅުގަނޑު ދިއުމުން މަޖިލީހުގެ އިދާރީ މުވައްޒަފަކު އަޅުގަނޑަށް ގޮވާލީ "ލޮލީ ޖާބިރޭ" ކިޔާފައި. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ދިމާލަކަށް މަޖިލީހުގެ މުވައްޒަފަކަށް އެހެން ނުކިޔޭނެއޭ. އިއްޒަތްތެރި މެމްބަރޭ ކިޔަން ޖެހޭނީ." ޖާބިރު ވިދާޅުވިއެވެ.

މި ކަން ދޮގު ކުރައްވައި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "އީދާރީ އެއްވެސް މުވައްޒަފަކު ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާ ވާހަކަ ދަންނަވަން،" ކަމަށެވެ.

ޖާބިރު މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ އިދާރާގެ މައި ދޮރޯށި ކުރިމަތީގައި، އިރުކޮޅެއް ވަން ދެން އޮށޯވެ އޮންނަވައިގެން ޖާބިރު އޮންނެވިއެވެ. އެއީ ގާނޫނު އަސާސީގައި މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހައްގު ދޭން ގޮވާލައި ކުރެއްވި އިހުތިޖާޖެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ޖާބިރު މި އިހުތިޖާޖް ކުރެއްވި ދުވަހުގައި ސިވިލް ކޯޓުން ކުރި ހުކުމެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން އެނގިފައިވެއެވެ. ޖާބިރުގެ އެންމެ ބޮޑު ނުރުހުމެއް އޮތް އެއް ކަމަކީ އެއީ ކަމަށް ވެސް ބެލެވެއެވެ.

އިއްޔެ ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މއ. ކިބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން މައުމޫން ޖާބިރަށް ދެއްވަން ޖެހޭ ދަރަނީގެ ފައިސާ އަވަހަށް އަދާ ކުރެއްވުމަށް ގޮވާލައްވައި ބަޔާނެއް ވެސް އިއްވަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރުމެންގެ އ.މެންބަރު ޖާ

    ނިއުށާ ހަސަން ޒިޔާއު ލައްވަ ކިތަންމެ ބަޔާނެއް ނެރުނަސް ޖާބިރުއާ ދިމާލަށް ޓޭބަލް އޮފީހުންގެ މުވައްޒަފަކު އެހެން ނުބުނާކަމަކަށް ނުވާނެ!

    4
    4
    • މަންޖެ

      އިއްޒައްތެރި މެންބަރު ހެޔޮދޯ މަގުމަތީ ގައި ރޯ އައުގުރާނަގޮވަމުން ދުވިޔަސް އެހަކައް ދުވަހު މަގޭ ފަސް އަހރުގެ ދަރިގޮވައިގެން މަޖިލިސް ކައިރިން ދަނިކޮށް އަޑުގެ ނަތްތަނައް ގިރަ ގިރައިގެ ބޯންދެނީ