ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އަދާލަތު ޕާޓީގެ ބޭފުޅުން ރުއްސަވަން މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނަކީ އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވި އިރު ރައީސް ސޯލިހްއަކީ އެމްޑީޕީގެ މެންބަރެކެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ނަމަ، ރައީސް ސޯލިހް ވާނީ މިހާރު އެ ޕާޓީގެ އެންމެ އިސް ލީޑަރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ބޮމުގެ ހަމަލާގެ ތާރީޚާ ގުޅުވައި "މޭ ހައެއް" ނަމުގައި އެމްޑީޕީގައި އެކުލަވާލާފައިވާ ކޮމިޓީގެ ޗެެއާގެ ގޮތުގައި ވެސް ހުންނެވި އަފީފް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ސަރުކާރުގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"ދިވެހި ޗެނަލް" ގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަފީފް ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސްއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައެއް އަމަލުތަކަށް އަފީފް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރު ވެސް "މާ ބޮޑު ކަމެއް ނުވާ" ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ކަން އަފީފް ފާހަގަ ކުރެއްވިއެވެ.

ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި އަފީފް ވިދާޅުވީ އިމްރާންގެ ބަސް މަގު ހުންނެވީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހުންނަވަން ޖެހޭނެ ގޮތަކަށް ނޫން ކަމަށެވެ.

"އެ ބޭފުޅުންނަށް ކަމެއް ބޮޑެއް ނުވޭ، އަދި އެ ހިސާބަށް ނުދޭ، ދެން އެ ހިސާބަށް ދިޔައިމަ ބުނަންވީ އެ ހިސާބަށް ގޮސްފައޭ، އެހެނެއް ނޫން އެފަދަ މަގާމުތަކުގައި ތިބެގެން ސަރުކާރުގެ ވަޒީރުން ވެސް ވިދާޅުވާން ޖެހޭނެ،" އަފީފް ވިދާޅުވިއެވެ.

ރައީސްގެ އަމަލުފުޅުތައް ހުންނެވި ގޮތަށް ފާޑުވިދާޅުވަމުން އަފީފް ވިދާޅުވީ މާ ބަސް ވިދާޅުނުވެ ހުންނެވުމަކީ "ހިކުމަތްތެރި" ގޮތެއް ކަމަށް ބައެއް ބޭފުޅުންނަށް ސިފަވި ނަމަވެސް އެއީ ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ފަރާތުން ފެންނަން ވާނެ ސިފައެއް ނޫން ކަމަށެވެ.

"މީގެ ޒިންމާ އޮތީ ހަމައެކަނި މަޖިލީހަކަށް ނޫން، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެބަ އޮތް، ރައީސުލްޖުމްހޫރިއްޔާ ވެސް ކަންތައްތަކެއް ކުރައްވަން ޖެހޭނެ އެހެންވެއްޖެއްޔާ، ރައީސުލްޖުމްހޫރިއްޔާ ބަސް ވިދާޅުވާން ޖެހޭނެ،" އަފީފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީ ބޭނުންވާ ގޮތަށް ބައެއް ކަންކަން ރައީސް ނިންމަވަމުން ގެންދެވުމާ ގުޅޭ ގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން އަފީފް ވިދާޅުވީ ރައީސްއަކީ ވެސް އަދާލަތު ޕާޓީގެ މެންބަރަކަށް ވެދާނެ ކަމަށެވެ.

"އަދާލަތު ޕާޓީގެ ބޭފުޅުން ތިއްބެވީ އަރިހުގައި، ރަނގަޅު ވާހަކައެއް، އަޅުގަނޑަކަށް ނޭނގެ މިހާރު ދެން ރައީސުލްޖުމްހޫރިއްޔާ ވެސް ފަހަރެއްގައި އަދާލަތު ޕާޓީގެ ބޭފުޅަކަށް ވެދާނެ." އަފީފް ވިދާޅުވިއެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިތުރު ފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. ނަޝީދު އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވައި އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. އޭގެ ފަހުގައި ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވައި އެ ހޮސްޕިޓަލުން ވެސް ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ނަޝީދު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން ނުދިއުމުންނާއި ތަހުގީގު ލަސްވަމުންދާތީ ނަޝީދުގެ ނުރުހުން ވަރަށް ބޮޑަށް އެބަ އޮތެވެ. އަދި އެމްޑީޕީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއެކު ސިޔާސީ ގޮތުން ދެން އެކުގައި ނުހުންނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ރައީސް ޞާލިހަކީ ލާދީނީ އެމް ޑީ ޕީ މީހެއް އެމް ޑީ ޕީ އަށް ވެ ރިކަން ކު ރަން ނޭންގުނީމަ ތި އުޅެނީ މެންދު ރު ކާޅެއް ހެން އަނގަ ބޮޑު ވެގެން ހޭރެހޭރެ ( އިބިލީސް މި ނުބާކުރަނީ އާދަމް ޢަލައިހިއްސަލާމަށް ސަޖިދަ ނުކުރި ޝައިތާނު )

  33
  4
 2. ޓަކިބެ

  އީސީގަ ހުންނާނެ ޕާޓިތަކުގެ މެންބަރުންގެ ދަފްތަރެއް. އަޅެ ފުއާދުބެއަށް ގުޅައިގެން އަފީފް ބަލަންވީނު އިބު ސޯލިހަކީ އަދާލަތުގެ މެންބަރެއްތޯ.

  20
 3. އަހުމަދު

  ލާދީނީ ކަމައް ރައްޔިތުން ނޫނެކޭ ބުނެފި. ހަޖަމް ނުވެގެން އެން ޑީ.ޕީ އުޅެނީ

  19
 4. އަހްމަދު---

  ހަމަ އަފީފުވެދާނެތާ ޑރޕ ގެ ރައީސް ޖާބިރުގެ އެޖެންޓަކަށްވެސް

 5. ފަސް އަހަރު

  އިށީންނާނެ ގަލެއް ނުބަލާ އުދިއްސައިގަތީތަ؟ވަރުބަލި ވުމުގެކުރިން ހޯދައްޗޭ....ތީ ގައްދާރެއް!!!!!

 6. ކިންގް

  އަދާލަތުގެ އިމްރާނު މިހާރުމަކަރުން އެއުޅެނީ ވަޒީރުކަމުން ދުރުކޮށްފާނެތީ ބިރުން

  2
  1
 7. ްއަލިބެ

  އަންނި ގެންގުޅޭ ކުޅޭ ކުޅޭ ބުދަކަށް އަފީފް ވެދާނެ

  4
  1
 8. ޙަދިސައިބު

  ޢަފީފުއަ ކީ ކާ ކު ކަން އެންގޭ ޖީސަސްއަފީފޭ ބުނީމާ މާގިނަމީހުންނަށް އެންގޭ ތީ ކާ ކު ކަން !

 9. ހަސަދު

  ރައީސް ސޯލިހު އެމްޑީޕީ އަށް ހެދުނު އެންމެ ބޮޑު މިސްޓޭކް. ރައީސް ސޯލިހަށް ވޯޓް ދެވުން ދިވެހިންނަށް ހެދުނު ބޮޑު މިސްޓޭކް. މިކަމުން ފިލާވަޅު ލިބިގެން ދެން ކަންވާނެ ކަން ޔަގީން މީހަކަށް ނޫނީ ވޯޓް ނުދެމާތޯ.

  3
  2
 10. ރަން ރީނދޫ

  މި ނާގާބިލް ސަރުކާރާ އި ހަވާލު ނުވާންވެގެން އެން ޑީ ޕީން ޖަ އްސާ ގޭމް. މީހަމަ ކަލޯގެ އެއ އްޗެ އް. މީގަ ހިފާ. އިންޑި އާ އައ އުޓް.

 11. މުޙައްމަދު

  ރ.ނަށީދު ޕީޕީއެމްއާ ގުޅެން ވާހަކަދައްކާއިރު ރ.ސޯލިހު އަދާލަތާ ގުޅުމުގައި އޮތީ ކޮން މައްސަލައެއް.

 12. ކޮންޕާރޓީއެއް

  "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު މިހެންނެއް ވިދާޅު ނުވާނެ"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު މިހެންނެއް ވިދާޅު ނުވާނެ" އާޒިމް
  އެހެންވީމަ ޢަފީފަކީ މޑޕ މީހެއްނޫންދޯ؟ އަދި މިވާގޮތުން ޢަފީފް ޢަދާލަތު ޕާރޓީއާއި ވައްތަރީ