ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލުމާ އެކު ރާއްޖެ އިން ބޭރަށް މިއަދު ފުރާވަޑައިގެންފިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސްރީ ލަންކާއަށެވެ. އެ ގައުމުގައި ދެ ދުވަހު މަޑުކުރެއްވުމަށް ފަހު ވަޑައިގަންނަވާނީ އެމެރިކާގެ ނިއުޔޯކށެވެ. އޭގެ ފަހުގައި ތުރުކީ ވިލާތާއި މޮރޮކޯ އަށް ވަޑައިގަތުމުގެ ވިސްނުން ވެސް ޖާބިރު ގެންގުޅުއްވައެވެ. ޖާބިރު "ވަގުތަށް" ވިދާޅުވި ގޮތުގައި މި ދަތުރުތަކުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ, މުވައްޒަފަކަށް ދޭން ޖެހޭ ފައިސާގެ މައްސަލައެއްގައެވެ. ޖާބިރު ވިދާޅުވީ އެމީހާ އަށް ދޭން ޖެހޭ ފައިސާގެ ކަންކަން ނިމިފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާ އަމިއްލަ އަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރައްވަން ބޭރު ގައުމުތަކަށް ވަޑައިގަތުމަށް ނިންމެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް އެކަން ނުކުރެވޭ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީއަކީ "ވައްކަންކޮށްފައި" އޮތް ކުންފުންޏެއްގެ ގޮތުގައި ލޭބަލްވެފައިވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީން ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ދިޔައީމަ ބޭރު ގައުމުތަކުގެ މީހުން ބަލައިނުގަނޭ، އެއީ އެ ކުންފުނިން ބޮޑު ވައްކަމެއް ކޮށްފައި އޮތީމަ، އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާ ހެދި އެކަމެއް އެމީހުންނަށް ނުކުރެވޭ،" ޖާބިރު ވިދާޅުވިއެވެ.

ވ.ބޮޑު މޮހޮރާގައި ހިންގާ އޭނާގެ ހުވަފެނީ ޕްރޮޖެކްޓް، "ޖާބިރު ހެޕީ ކްލަބް" ފަދަ ތަންތަން ހުޅުވުމާ ގާތަށް ޖެހިލާފައިވާ އިރު، އެ ތަންތަނަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ. އަދި އޭނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޕްރޮޖެކްޓުތައް ގެނައި އެކަކު ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވަން ޖެހިފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އޮށޯވެ އޮންނަވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މަޖިލިސް ކައިރިއަށް ވަޑައިގަތީ ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ނުހިނގާތީ ސަރުކާރަށާއި މަޖިލިހަށް އަޑު އިއްވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެއެވެ.

އިއްޔެގެ ވަގުތެއްގައި ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކިނބިގަސްދޮށުގެ ކައިރީގައި ނުރުހުން ފާޅުކުރައްވައިފައެވެ. ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ޖާބިރު ބަޔާނެއް އިއްވެވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މައުމޫނަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވާފައި ވާނެ ކަމަށް ވިދާޅުވެ އެ ނުދީ ހިފަހައްޓައިގެން އުޅޭ މައްސަލައިގައެވެ.

މައުމޫންގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ޖާބިރު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޖާބިރު ކުރެއްވި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. ކިނބިގަސްދޮށުގެ ކައިރީގައި ހުންނަވައި ޖާބިރު ވިދާޅުވީ އޭނާ ހުންނެވީ އެގެއާ ހަވާލުވެގެން ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މައުމޫނަށް ދެއްވި ދަރަނި އަދާކޮށްފައި ނުވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާޖާބީރު

    ހާދަ ފައިސާއެއް އަޅާތީ ޖާބިރުގެ ރަނގަޅުވާހަކަ ވަގުތުގަ ޖަހަނީ ކޮންމެ ދުވަހަކު

    20
  2. Anonymous

    އޭ އަނެއްކާ ކިހިނެއްތަ އިސްތިހާރު ކުރަން ތިއުޅެނީ؟ މަގުތައް މަތީގަ އޮށޯވެ އޮވެތަ؟

    12
  3. ހުސްކުރާސޭލް

    އިޝްތި ހާރުގެފުރަތަމަބުރު އި ހަކަށްދުވަ ހު ފެނިގެންއެދިޔައީ .. ތިކުރާ ހިތްވަރަށް ސާބަސް .. އެމް އެމް ޕީ އާރުސީ އާއި ތަފާތުގޮތަކަށް ތިޔައިޝްތި ހާރުކުރަނީ .. ލަފާކުރެވޭގޮތުގާ ދެމަފިރިކަނބަލުން އެކަކުއަނެކަކަށް ތިޔައިޝްތި ހހާރުވެ
    ފަޡީ ހަތްވަމުންތިދަނީ ... ވަރަށްވެދުން

  4. ރައްޔިތު މީހާ

    މީގަ ކުރިންވެސް ޖެހި ކޮމަންޓެއް ނުޖެހި..މިފަހަރުވެސް ނުޖަހާތި..ތިޔަ އިއްޒަތްތެރި ކިޔާއިގެން ތެޅޭ މެމްބަރުންގެ އަޙްލާގް ދަށް އަމަލު މި ފެނުނީ ކުރިން ދުވަހު މަގުމަތީން ދަރިފުޅު ގޮވައިގެން ދިޔަ މަގުން..ކުރިން ވިއްޔާ ސިޔާސީ އައުގުރާނަ އަޑުއިވިދާނެތީ ޓީވީ އިން ދަރިންނަށް ނުދައްކަނީ އެކަމަކު މިހާރު މަގައްވެސް ނުނެރެވޭ ހިސާބަށް މިދިޔައީ.. އަމިއްލައަށް ގާނޫނު ހަދާއިގެން ތިމާމެންގެ ގާއިގަ އަތްނުލެވޭ ބަޔަކަށްވެގެން ދެން ބޮޑުބލ އެއްނުން މީ..ތިޔަ ގާނޫނު ހަދަންވީ ރައްޔިތުން ލައްވާ..މިހާރު ބޮޑު އާފާތަކަށް ވެއްޖެނުން ތިފާޑަށް ހެއްދެވި ނުހެއްދެވި އައުގުރާނަ ގޮވަމުން ދުވާއިރު. ހަމަ ބަހެއް ބުނާނެ އަޅާނެ ފިޔަވަޅެއްވެސް އޮތީކީ ނޫންވިއްޔާ..ވެރިކަމުގެ ބާރަކީ ރައްޔިތުން ދޭ ވޯޓަކުން ކުރެވޭ ކަމެއް. ހަމަ މެމްބަރުންނަކީ ވެސް ރައްޔިތުން ދޭ ވޯޓުން ކުރެވޭ މެމްބަރުކަމެއް. ދެން ކޮން ފަދަ ބލ ވެރިކަމެއްތަ މިޖައްސަނީ މިމީހުންނަށް ގޮތެއް ނުހެދި އަދަބެއް ނުދެވިގެން..

  5. ޖޫސްޕެޓީ

    އޮޅުވާލައިގެން ތިގެންދިޔައީ ބޮލަށް ބޭސްކުރަން.

  6. ލޮލް

    ތިދިޔައީ ބޮޑު ވަޒީރާއެކީ ހަންޑި ހައްލާން.

  7. މުހައްމާ

    ފުރަތަމަ ނިކަމެތިމީހުން ލައްވާ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާ ދެއްވަފައި އެހެންކަންކަމާ އުޅުއްވުން ރަގަޅުވާނެ.

  8. ޙަސަނު

    ތިޔަ ކަލޭގެ ބޭރައްގޮސް އަނެއްކާ އޮރިޔާމުން މަގުމަތީގައި ދުވެފަ ބުނެފާނެ މީ އޭ ރާއްޖޭގައި ދިވެހިން އުޅޭގޮތަކީ