އިދިިކޮޅު ފަރާތްތައް ހައްޔަރުކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައިގެން ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ.

ޑިމޮކްރަސީ އާއި މިނިވަން މުއައްސަސާތަކަށް ހުރަސް އެޅޭ ގޮތަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އަސާސީ ހައްގުތަކަށް އިހުތިރާމްކޮށް، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ އެއްވުންތަކަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މަސްރަހު އޮސްޓްރޭލިއާ އިން ކައިރިން ބަލަމުން ގެންދާނެ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ބަންދުގައި ތިބި ސިޔާސީ ހައްޔަރީން ދޫކޮށްލައި، ގާނޫނުގެ ތެރެއިން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތުދީ، އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަން" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިއާ އިން ކަންބޮޑުވެ ބަޔާނެއް ނެރެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި، ސެޕްޓެމްބަރު 23 ގައި، އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވާނެއެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރިޔާސީ އިންތިހާބަށް އެފަރާތް ތަކުން ކުރަމުންދާ ކެމްޕެއިންއަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށެވެ. އަދި ކެމްޕެއިން ކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި ރައީސް ޔާމީން އަށް ކަމަށާއި ރައީސް ޔާމީންގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދައުލަތުގެ ޚަރަދުގައި ރައީސް ޔާމީން ކެމްޕޭން ކުރައްވާ ކަމަށް، އިދިކޮޅުގެ ފާޑުކިއުން އިތުރުވީ، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވުމަށް ޕީޕީއެމުން ކެމްޕޭން ކުރަނިކޮށް، މާލެ އަތޮޅު ތިން ރަށަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޯލިން ހެންސަން

    އޮސްޓުރޭލިއާގެ، އަސްލު އެބޮރިޖިން މީހުންތައް މަރާފަ ކަތިލާފަ ތިތާ ބާއްވާ އެއްވެސް އިންތިހާބެއް ސައްހައެއް ނުވާނެ.

  2. ޙަސަނުބެ

    ތީ އަނގަ ގަޅަން މާރީތި ބައެއްނޫން އިނގޭ

  3. ބޭބެ މުލި

    އޮސްޓްރޭލިޔާއަކަށް ނޭނގޭނެ މިޤައުމުގައި ކަންތައް ކުރާނެގޮތެއް

  4. ހަޖަމު ވެއްޖެ

    އިސްލާމީ ޤައުމެއް ހަލާކު ކުރެވުން އެއީ ބޭނުމަކީ. އެ މީހުން ހާދަ ހީ މަލާމަތް ކުރާނެއޭ މިއީއޭ އެބުނާ އިސްލާމޫންނަކީ. ބައެއް މީހުން ހޮލީވުޑް ހުވަފެނުގައި ކުލަ ޖައްސަން މުޅި ޤައުމު ބަދުނާމުވެ އަނދިރި ވަނީ.

  5. ދިވެއްސެއް

    ދިވެހިން ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ، އޮސްޓްރޭލިޔާ އަކީ އަދިވެސް އިނގިރޭއްސިންގެ ތައްޕާހުން ސަލާމަތްވާން ބޭނުންވާ ބަޔެއްނޫނެވެ. ދެވަނަ ކަމަކީ ދާދި އިހަކަށް ދުވަހު އޮސްޓްރޭލިޔާގެ އެންމެ ބޮޑު ހަތްވަރަކަށް މިސްކިތް ބަންދުކޮށް އެމިސްކިތްތަކުގެ އިމާމުން އޮސްޓްރޭލިޔާ އިން ބޭރުކުރުމަށް ނިންމާފައިވެއެވެ.

  6. ރަސީދު

    އެއްގޮތަކައްވެސް ސިޔާސީ ހަރަކަތް ތަކަކައް ހުރަހެއް ނާލާ އޮޅުވާލަން ނޫޅޭ ގައިދީން ޕުރަމޯޓު ކުރާކައް އެއްގޮތަކައްވެސް ފުރުސަތު ދެނެކަމެއްނެތް

  7. އަލްޖިބްރާ

    ބޭނުމަކީ އިންސާފެއް ނޫން ! ބޭނުމަކީ މިއަދު ބާރު އޮތީމާ އެކަން ދައްކާލުން ! ތީމަރުވާނެ ބައެއްވެސް ނޫން އުތަ ؟

  8. އަޙުމަދު

    ޢޮސްޓްރޭލިޔާގެ ތާރީޚް އަށް ބަލާފައި، ރާއްޖެއަށް އިންޒާރުގެ ބަސް ބުނުމަކީ ވަރަށް ލަދުވެތި ކަމެއް.އެމީހުންނަށް ހީވާކަހަލަ ދިވެހިންނަށް އެމީހުންގެ(އޮސްޓްރޭލިޔާ)ގެ ތާރީޙް ނޭނގޭނެކަމަށް. އޮސްޓްރޭލިޔާގެޙަޤީޤީ ރައްޔިތުންނަށް ދޭންޖެހޭ ޙައްޤު ނުދީ ރާއްޖެއާ ބެހެވޭނެ އެއްވެސް ޙައްޤެއް ނެތް!

  9. ޯކޮބާއޮރިޖިން

    ކޮބާ ސިޔާސީގޮތުން ހައްޔަރު ކުރެވިފަ ތިބިބަޔަކީ؟

  10. ނައްލަބެ

    އޮސްޓުރޭލިއާގެ އަސްލުވަޒަންވެރިން ކަމުގައިވާ އެބޯރޖިން ދަރިކޮޅުގެ މީހުން ބޭރުކޮށްފަ ތިކުރަމުންދާ ވެރިކަން ސައްހައެއްނުވާނެ އޮޅުވާލަން ނޫޅެބަލަ އަހަރުމެން ވެސް ތާރީހު ދަންނަމޭ.

  11. ކެންގަރޫ

    އަހަރެމެންގެ ގައުމުގެ ކަންތައް ކުރާނެގޮތް އެނގޭނީ އަހަރެމެންނައް އަހަރެމެންނަކީ މިނިވަން ގައުމެއް ކަލޭމެންހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގަ ތިބި ބައެއްނޫން ފުރަތަމަ ކަމަކައް ކަލޭމެން މިނިވަން ވެބަލަ އެއައްފަހުގަ އަނގަ ފޭކޮއްބަލަ ކަލޭމެންނައް ޖެހޭނީ އިނގިރޭސިން ޖަހާހާ ބެރަކައް ނަށަން އަހަރެމެން ނަކައް ނުޖެހޭނެ ފުރަތަމަ ކަމަކައް މިނިވަން ވެބަލަ އެއައްފަހުގަ އަނގަ ފޭކުރޭ މާތާހިރު ތާރީޚެއް އޮތް ބައެތް ނޫނޭ ކަލޭމެން ނަކީ.