ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންގެ ރައްކާތެރިކަމަށް އިސްކަންދީ، ކޮވިޑް-19 ވެކްސިން ކެމްޕެއިނެއް ފަށައިފިއެވެ.

"ދަރިވަރުންނަށް ރައްކާތެރިކަން" ނަމުގައި ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ކެމްޕޭނެއް ފެށީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތައް ވެސް ކޮވިޑުން ރައްކާތެރި ކުރުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކެމްޕޭނުގެ މަގުސަދަކީ ތައުލީމީ ދާއިރާގެ އެންމެންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުން ކަމަށެވެ. އެ ކެމްޕެއިންގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ޓީޗަރުންނާއި، ތައުލީމީ ދާއިރާގެ މުވައްޒަފުން މެދުވެރިކޮށް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ކެމްޕެއިން މީސް މީޑިއާގައި ވެސް ކުރިއަށް ގެންދާނެއެވެ.

ވެކްސިން މިހާތަނަށް ފުރިހަމަކޮށްފައި ނުވާ މީހުން ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ޖެހުމަށް ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ. އަދި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ނުވައްދާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ރާއްޖޭގެ ސުކޫލް ތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ރާއްޖޭގައި އެބަހުރިތޯ ؟