އަތޮޅު ތެރޭގައި މިހާތަނަށް އެޅި އެންމެ ބޮޑު ސްކޫލް ކަމަށްވާ ށ. މިލަންދޫ ސްކޫލްގެ އައު ޢިމާރާތް ސަރުކާރާއި ހަވާލުކޮށްފިއެވެ.

ADS BY OOREDOO

މިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަމަށް މި ސަރުކާރުން އެޅި ހަތަރު ބުރީގެ އެ އިމާރާތް ސަރުކާރާއި ހަވާލުކޮށްފައި ވަނީ މިއަދުއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލާ ޙަވާލުވެވަޑައިގަތީ، އެ މިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރ، ވަލީދާ މުޙައްމަދެވެ.

57 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރަތް ކުރި އެ ސްކޫލަކީ މިވަގުތު އަތޮޅަު ތެރޭގައި ހުރި އެންމެ ބޮޑު ސްކޫލެވެ. ޖާގަ ތަނަވެސް އެ ސްކޫލްގައި އަންނަ ދިރާސީ އާ އަހަރު ފަށާއިރު، ކިޔަވައިދޭން ފަށާނެއެވެ.

ޖުމްލަ 67 އެއަރ ކޮންޑިޝަން ޤާއިމްކޮށްފައިވާ، މިސްކޫލަކީ މުޅި ރާއްޖޭގައިވެސް އެންމެ ބޮޑު ލައިބްރަރީ ހުންނަ ސްކޫލެވެ. އެހެންކަމުން މިސްކޫލް ވެގެންދާނީ އަތޮޅުތެރޭގައި ޤާއިމްކުރެވުނު ފުރަތަމަ ވަޞީލަތް ހަމަ ސްމާޓް ސްކޫލަށެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެއްވީ އެސްޖޭ ކޮންސްޓަރަކްޝަން ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއެވެ. ސްކޫލްގެ މަސައްކަތް އެ ކުންފުންނާ ޙަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

އެ ސްކޫލްގައި 30 ކްލާސްރޫމް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު އުނގަންނައިދޭ 2 ކްލާސްރޫމް، ސައިންސް ލެބޯޓްރީ، ތިން ކޮމްޕިޔުޓާރ ލެބް، ލައިބްރަރީ، އޮފީސް، ސްޓާފްރޫމް، ލީޑިންގް ޓީޗަރ ރޫމް، އޭވީ ރޫމް، ޓެކްނިކަލް ވޮކޭޝަނަލް ރޫމް، ޕްރިންސިޕަލް އޮފީސް، ހެލްތްރޫމް ފަދަ މުޙިންމު ބައިތައް ތައްޔާރުކޮށްފައިވެއެވެ.

މީގެ އިތުރުން، ލިފްޓް ހަރުކޮށްފައިވާ މި ސްކޫލުގައި ނަމާދުކުރާ ތަނެއްގެ އިތުރުން ޕްރިންޓިންޓް ކުރުމަށް ޚާއްސަ ބަޔަކާއި ކެފޭއެއްވެސް ތައްޔާރުކޮށްފައެވެ.

މިލަންދޫ ސްކޫލަކީ ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.

ADS BY ASTERS

29 ކޮމެންޓް

  1. 3 ކޮމްޕު ލެބް؟؟ 3 ސައިންސް ލެބްއެއް ނޫންތަ؟

  2. ހާދަ ބްލޫ

  3. އެނޯނިމައސް

    ބޯރިންގ .... 🙁

  4. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން ކިތަންމެ ބޮޑު ސްކޫލެއް ހެދިޔަސް ތިޔަ ތަންތަނުން ކިވާނެ ކުއްޖަކު މިހާރު ނޫޅޭ! ތިޔައީ ކުރެވޭ ބޭކާރު ޚަރަދުތަކެއް...ސަބަބަކީ އެންމެންވެސް ދިރިއުޅެނީ މާލޭގަކަމަށްވާތީ....

  5. ރައިސް ޔާމީން އާއި މިސަރުކާރު ވަރެއް ހަމަނެތޭ!! އެހެންވީމަ 2018 އެއްލަކިންނޭ ރައްޔިތުން ކިޔަނީ!!

    • އެއްލަކިން ކިޔަންވެސް ކަލޯމެންނަށް އެނގުނީ ރައީސް ނަޝީދު ކައިރިން...ދެން ލަލަލާ

  6. ޣާދިރު މަނަދޫ

    ވަލުން ކާން ނިކުންނަ އަހުމަދު މެންނައް ފެންނނީ އިމާރާތުގެ ބޭރު.. އެތެރެ އެއް ނުފެންނާނެ. ބަލަ ބުރާންޗާ ރީތި އިމާރާތް ލިބިގެން ރަގަޅު ތައުލީމަކައް މަގު ފަހި ވަނީވެސް.. ފަންޖިފުޑީގަ ކެނެރީގޭ ނަސީދު ބޭންކު ހެދި ހެނެއް އެންބިއުލާންސް ދުއްވި ގޮތަކައް ތަރައްގީ ނުގެނެވޭނެ.

  7. ކޮމެންޓް ތަކަށް ބަލާލީމަ އެގެ ވަރަށްކޮސްމީހުން ކޮމެންޓްކޮއްފަ ހުުރިކަން ހެޔޮގޮތެއް ނޯންނާނެ. މިސަރުކާރުން ކުރާކަމެއްވެސް ނުފެންނާނެ މީގެ30އަހަރުކުރިން ވެރިކަންކުރިމީސްމީހުން ވަރަށް ކަންތަށްތައް ކޮއްދީފަވިއްޔަ ހުރީ

  8. ޖުމްލަ 67 އެއަރ ކޮންޑިޝަން ޤާއިމްކޮށްފައިވާ، މިސްކޫލަކީ މުޅި ރާއްޖޭގައިވެސް އެންމެ ބޮޑު ލައިބްރަރީ ހުންނަ ސްކޫލެވެ.
    ހަމަ އެއްމެ ސުވާލެއް ކޮށްލަން ބޭނުންވަނީ. ކުލާސް ރޫމް ތަކުގައި އެއަރ ކޯން ހަރުކުރުން މިނިސްޓްރީ އަށް ހުއްދަވީތޯ؟ އަހަރެމެން ކުލާސް ރޫމްގައި އެއަރ ކޯން ހަރު ނުކޮށް މި ތިބެނީ ހަރުކޮށްދޭނެ ބަޔަކު ނުވެގެން ނޫން. އަދި އެއަރ ކޯން ދޭނެ ފަރާތެއް ނެތިގެން ނޫން. މިނިސްޓްރީއަށް ވަރަށް ސަލާމް.

    • ވަޓް އަ ޖޯކް.. މަނާ ކަމެއް ކަން އަދި މި އިނގުނި.. ގިނަ ސްކޫލުގަ އޭސީ ހުރޭ.. ކަލޭ މެންނަށް ނުލިބޭތީ ޖޭ ވަނި. ކަލެ އަށް ވަރަށް ވެދުން.

    • ކުލާސްރޫމަތަކުގައެއް ނޫން މިލަންދޫ ސްކޫލްގެ 67 އޭސީހުރީ. މުވައްޒަފުން ބޭނުންކުރާ ރޫމްތަކުގަ

  9. ماشاء الله

  10. މިލަންދޫ ސްކޫލުގައި ތިފެންވަރުގެ ސްކޫލެް އަޅުއްވައިދެއްވީތީ ވަރަށް އުފާވޭ ބޭނުންވަނީ ރީތި މޮޅު ސްކޫލެއްނޫން ސްކޫލު ނިންމާ ނުކުންނަ ދަރިވަރުންގެ ފެންވަރާއި އަޚުލާގު އެތަނީޖަނެރެވޭނީ ގަޓުހުރި ޓީޗަރުން ތިބެގެން ތިސްކޫލުގައި ކިޔަވަންތިބީ ކިތައް ދަރިވަރުންބާ؟؟؟؟؟؟؟

  11. ވޫހޫ.... ވަރަށް އުފަވޭ މިފަދަ މަސްރޫޢުތަކަށް އަޅުގަނޑުމެންގެ ރައީސް އިސްކަންދެއްވާތީ . ޝުކުރިއްޔާ ރައީސް ޔާމީން

  12. އެމްޑީޕީ މީހުންނަ ހަޖަމެއްނުވާނެ ދެން ޔާމިން ވޯޓް ލީމަ ބުނާނެ ލީވާހަކަ.

  13. ނަސީދުގެ އިރު ވަށާ ޖެހޭ ތައުލީމު ފަޅާ އެރީ މިސްކޫލުން ދޯ ؟

  14. ޝުކުރިއްޔާ ރައީސް ޔާމިން އަދި އެމްޕީ ހަސަން މުފީދު. ޔާމިންވަރުގެ ވެރިޔެއް މިލަންދޫގެ 17 އަހަރުވީ ތާރީހުގައި ފެނިފައެއްނެތް. ޔަމީނަށް މިލަންދޫން 2018 ގަ މެޖޯރިޓީ ޔަޤީން. އެމްޕީ ހަސަން މުފީދަކީ މިލަންދުއަށް ލިބިފައިވާ ޖަވާހިރެއް. ޝުކުރިއްޔާ ރައީސް އަދި އެމްޕީ

    • ކީއްކުރަން ހަސަން މުފީދާ ތިބެހުނި. އެސޮރަށް ވީ ނެތް އެއް ކަމެއް ވެސް 5 އަހަރު ތެރޭ.

  15. އިމާރާތުގެ އެތެރެ ބަލާލުން މުހިޔްމު. ބޭރައް ކިތަންމެ ރީއްޗަސް އެތެރޭގަ ނެތް އެއް ކަމެއް ވެސް. އެއްވެސް ވަސީލަތެއް ނެތް. ހުހައް ހުރި ތަނެއް. ާ

  16. މެޒޯރެޓީ ލިބެންވާނެ ވަރައްއުފާވެއްޖެ

  17. މިލަންދޫ ގައި އެކެނިތަ ދިވެހި ރައްޔިތުން އުޅެނީ

  18. ޓތިޔަސްކޫލުގައި ކިޔަވައިދޭގޮތައް ވަޞީލަތްތައް ހަމަނުވާ ސްކޫލުތަކުގައިވެސް ކިޔަވައިދެވިދާނެތޯ؟

  19. ވަލުގޭ އަހަމަދު

    ޓތިޔަސްކޫލުގައި ކިޔަވައިދޭގޮތައް ވަޞީލަތްތައް ހަމަނުވާ ސްކޫލުތަކުގައިވެސް ކިޔަވައިދެވިދާނެތޯ؟

  20. ސާބަހޭ ޔާމީން ތީ ވެރިން ބަޔަކު ކިތަންމެ ހިތްހަމް ނުޖެހުނަސް.

  21. ކިތައްކުދިން ކިޔަވަން ތިބެނީ؟ އަތޮޅު ތައުލީމީ މަރުކަޒުތަކާ އެޓޯލް ސްކޫލިތަކުގަ ޖާގަފުރިފަ އެބަހުރި