ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިިޔަވަޅުތަކަށް އަނެއްކާވެސް ލުއިތަކެއް ދީފިއެވެ.

މިގޮތަށް ލުއި ދޭން ނިންމާފައި ވަނީ، މާލެ ސަރަަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަަށް ދާން ފެށުމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ކޮންމެ ކޮވިޑަށް ފައްސިވާ އަދަދުތައް 50 އިން ދަށައި އުޅޭ ތާ މިހާރު ވަނީ މަސް ދުވަހަށްވުރެ އިތުރުވެފައެވެ. އަދި އެ އަދަދަތުއް ދަށްވުމާއެކު ބޮޑެތި ލުއިތަކެއް ދިންއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވަރަށް ހާއްސަ ލުއިތަކެއް ދިނެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާދަމާ އިން ފެށިގެން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ލުއި ދެވެން ހުރި ފިޔަވަޅުތައް ބަލައި ލުއި ދޭނެ ކަމަށެވެ.

އެގޮތުން ރެސްޓޯރެންޓް ކެފޭ ހުޅުވާ ގަޑިތައް ކުރިންވެސް ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ކުރުމަށް ނިންމާފައި ވެއެވެ. އަދި ހަފްލާ ތަކާއި ޕާޓީތައް ގައިޑްލައިންތަކާއި އެއްގޮތަށް ބޭއްވުމަށް ހުއްދަ ދީފައި ވަނީ، މީހުންގެ އަދަދު ކަނޑަނާޅާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން، އޮފީސްތައް މީހުން ހާޒިރުވެގެން ހިދުމަތް ދިނުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ޑރ. ނަަޒްލާ ވިދާޅުވިއެވެ. އަދި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުމަށް ހުއްދަ ދޭންވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިޥާ އަދަދުތައް ދަށްވެފައިވާއިރު، މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން އެންމެ ބޮޑަށް ބާރު އަޅަމުން ދަނީ ވެކްސިން ފުރިހަމަ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނަ

    މި ލިއުމުގަ ހުރި އިނގިރޭސިބަސް ތައް.. ވެކްސިން، ޑޯޒް، ހެލްތް، އެމާޖެންސީ، އޮޕަރޭޝަން، ސެންޓަރު، ރެސްޓޯރެންޓް، ކެފޭ، ޕާޓީ، ގައިޑްލައިން، އޮފީސް، ސްކޫލް، ޔުނިވާސިޓީ، ކޮލެޖް، ކްލާސް… މީ ހައްތާވެސް އިންގްލިޝް ބަސްތައް. ތި ފައްސިއާ، ނައްސިއާ ސެއްލައާ ނައްލައާ ކިޔާ ގޮތަށް މި ހުރިހާ އިންގްލިޝް ބަހަކަށްވެސް ދިވެހިބަސް ހަދައިގެން ލިޔަންވީނު. އޭރުން އަދި މިހާރަށްވުރެ ބޮޑަށް ބޮލަށް އުނދަގޫވާނެ.

    8
    1
    • ތާއީދު

      ވ. ސަޅި..