ރާއްޖޭގައި އުމުރުުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި، މާބަނޑު މީހުންގެ އިތުރުން، ހާއްސަ ބަލިތަކުގެ މީހުންނަށް ދިނުމަށް ހާއްސަކޮށްފައިވާ ފައިޒާ ވެކްސިން މި މަސް ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ހެލްތް އެމާޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ދީފިއެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، މި މަސް ތެރޭގައި ރާއްޖެއަށް ފައިޒާ ވެކްސިން އަންނާނެ ކަމަށް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

އަދި މި މަސް ތެރޭގައި ފައިޒާ ވެކްސިން ޖަހަން ފަށާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް މި މަސް ތެރޭގައި ވެކްސިން ފަށާނެ ކަމަށް ބެލެވެއެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާ ސީދާ ދުވަހެއް ދަންނަވާނަން". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ފަރާތްތައް

  • 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ ކުދިން
  • މާބަނޑު މީހުންނަށް، (މީގެ ތެރޭގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވި މީހުންނާއި މާބަނޑު މީހުންގެ ތެރެއިން އެއްވެސް ވެކްސިން ޑޯޒެއް ނުޖަހާ ފަރާތްތައް)
  • ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވާ ފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުން ކުރާ ފަރާތްތައް
  • ފައިޒާގެ ވެކްސިން ޖަހާފައިވާ އެހެނިހެން ފަރާތްތައް
  • ފައިޒާ ފިޔަވާ އެހެން ވެކްސިނެއް ގަބޫލު ނުކުރާ ގައުމަކަށް ކިޔަވަން ދާ ދަރިވަރުން

ނަޒްލާ ވިދާޅުވީ، ފައިޒާ ވެކްސިން ޖެހުމަށް ތައްޔާރުވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއެކު ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިމީހުންނަކީ އެއްވެސް ވަރަކަށް ދިރާސާ ނުކުރާ އަމިއްލަ ނަފުސަށް ހަލާކު ހޯދާ ބައެއް. މިހާރު ފައިޒާއާއި މޮޑާނާ ވެކްސިންގެ އަގުބޮޑުކުރަމުން އެދަނީ. މިވެކްސިން ދިނުމުން މިވެކްސިންގެ އެހީގަ ދިފާއީ ނިޒާމު މަސައްކަތްކުރާނީ. ހަށިގަނޑު ބަލިތަކަށް ހުށަހެޅުމަށް ކުރާ ކަމެއް މިއީ. ކޮންމެ އަހަރަކު ބޫސްޓަރ ދިނުމަށް މި ވެކްސިން ގަންނަން ސަރުކާރުތަކަށް މަޖުބޫރުވާނެ. ރައްޔިތުންނަށް ވެކްސިންގަނެދީފަ ދައުލަތުގައި އެހެން ކަމެއް ކުރަން ފައިސާ ނުހުންނަ ވަރު ކުރުން މި ވޯލްޑް އީވިލް ޒިލިއަނަރސް ބޭނުންވާ ގޮތަކީ. ކޮންމެ ގޮތަކުން ނަމަވެސް މުޅި ދުނިޔޭގެ ހުރިހާ އެންމެން މި ނުބައި ޝައިޠާނީ ބައިގަނޑުގެ އަތްދަށުލުން މިމީހުންގެ ޕްލޭނަކީ.

    12
    2
  2. Anonymous

    އިޓަލީއާ ފްރާންސާ ޖަރުމަނާ، އެމެރިކާއާއި ޔޫކޭގައި މުޒާހަރާ ކުރަމުން އެދަނީ ކޮވިޑް ގެ ބޮޑު ޖަރީމާއާ ދެކޮޅަށް. ވެކްސިންއަކީ މަޖުބޫރު އެއްޗަކަށް ނުހެދޭނެކަމާ ދެކޮޅަށް. ދިވެހިންނަކީ ގަމާރު ބައެއް.. ގެރިބަކަރި ފަދަ ބައެއް. ކޮންމެފަދަ ނުބައި ބިރުވެރި ގޮތްނޭނގޭ ކަމަކަށްވެސް ހަމަ ރުހިގެން ތަބާވެދާނެ. ސިކުންޑިތައް ދޮވެވިފަ ތިބިބައެއް. އަމިއްލަ ނަފުސާ ދަރިންގެ ދިފާއުގައި އިނގިއްޔެއްވެސް ތަޅުވާލަން ނުކެރޭ ފިނޑި ބައެއް.

    13
    2
    • ސިކުނޑި ދޮވެވިފަ

      ސިކުނޑި ދޮވެވިފަ ތިހިރީ ތިބޭފުޅާގެ އެއްނު. މާ ﷲ ތިބޭފުޅާއަށް ހެޔޮ ވިސްނުން ދެއްވާށި

      1
      2
  3. Anonymous

    ދުނިޔޭގެ އެއްވެސް ގައުމަކުން އަދި 18 އަހަރުން ދަށުގެ ކުދިންނަކަށް މި އިބިލީސް ވެކްސިން އެއް ނުދޭ. މިގައުމުގައި ތިބި ޑޮލަރު ލޯނުދޭން ބުނާ މީހުންގެ އަޅުންގެ ނޮހޮރުއްޕާނާހެދި މިހާރު ދިރިއުޅެވޭކަށް ނެތް.

    8
    5
  4. Anonymous

    ބުނޭ ރަޝިޔާއޭ އެންމެ އަނިޔާވެރި ވެރިކަމެއް ކުރަނީ.. އެކަމަކު ރަޝިޔާއަކީ އިންސާނިއްޔަތުގެ ލާމަސީލު. ރަޝިޔާގެ ވެރިން ބުނަނީ ބަލިން ރައްކާތެރިވުމަކީ އެމީހެއްގެ އަމިއްލަ ކަމެކޭ. ބޭނުން މީހަކު ވެކްސިން ޖަހަންވީއޭ ބޭނުން ނޫން މީހަކު ނުޖަހާށޭ.. ބަލިވުމުން އެހެން މީހެއްގެ ގަޔަށް ޖަރާސީމު ދާތަން މީހަކަށް ފެންނަނީކީ ނޫން. ދިއުމަކީވެސް އަދި ނުދިއުމަކީވެސް އެކަށީގެންވާ ކަމެއް. ދެން މި ނަޒްލާ މިއުޅެނީ ކޯންޗެއް ހަނދާންވެގެން.
    މީހުންގެ ބަދު ދުއާ ލިބި މީހާ ނިމިދޭތޯތަ މިއުޅެނީ؟

    13
    1
  5. Anonymous

    ކަލޭމެންގެ ނުބައި ޖާހިލު އަނިޔާވެރި ނިންމުންތަކުން މިގައުމުގެ ޅަދަރިން ސަލާމަތް ކުރައްވާނދޭވެ. ޔާﷲ މި އަނިޔާވެރިންގެ އަތްދަށުވެ މުޅި ދުނިޔެ ނިމިދިއުމުގެ ކުރިން މި ދުނިޔޭގައިވާ އިންސާނުން ސަލާމަތް ކުރައްވާނދޭވެ. އަޅަމެން މިވަނީ ދައްޖާލު ގެނައުމަށް އެދޭ ޝައިޠާނީ ފައުޖުގެ އަތްދަށުވެފައި. އިބަ އިލާހުމެނުވީ މި އިންސާނީ ދަރިފަސްކޮޅު ސަލާމަތް ކޮށްދޭނެ ފަރާތެއް ނެތް. ސަރުކާރުތަށް މިވަނީ އަޅުވެތިވެފައި. ޝައިޠާނުން އެދޭ ގޮތަށް ނޫނީ ސަރުކާރުތަކަކަށް އަމަލުކުރެވޭކަށްނެތް. މިނިކަމެތިކަމުން އިންސާނިއްޔަތު ސަލާމަތް ކުރައްވާނދޭވެ. އާމީން.

    14
    3