އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އުފައްދަން ބޭނުން ކުރާ ލޯކަސްޓް ބީން ގަމް ކެމިކަލް އަކުން ތަޣައްޔަރުވެފައިވާތީ، މި ބްރޭންޑްގެ ކްރީމް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިގޮތަށް އަންގާފައި ވަނީ މި ބާވަތް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. މި ވެޖިޓަބަލް ކްރީމް އުފެއްދުމުގައި ބޭނުން ކުރާ ލޯކަސްޓް ބީން ގަމްގައި އެތިލީން އޮކްސައިޑް ކެމިކަލް އަކުން ތަޣައްޔަރުވެފައިވާކަމަށް މައުލޫމާތު ދީފައި ވަނ ީޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިންނެވެ.

އެހެންކަމުން މި އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ

އެމްއެފްޑީއޭ އިން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން އެ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އެތެރެެ ނުކުރުމަށާއި، ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ތި ބުނާ އުފެއްދުމެއްގެ ފޮޓޯ ނޫހުގައި ޖަހާލަދިންނަމަ ވަރަށް ރަގަޅުވީސް

 2. ހަސަން

  އަލަށް ކާބޯތަކެތި އެތެރެކުރުމުގެ ކުރިން އެތަކެތި ފުޑު އެންޑް ޑުރަގު އަށް ހުށަހަޅާ އެޕުރަުވަލުކޮށް ސެޓުފިކެޓް ހޯދަންޖެހޭގޮތް ހެދުން މުހިއްމު ، އޭރުން ވިޔަފަރިތަކަށް ގެއްލުންނުލިބި ސަލާމަތްވާނީ،

  5
  1
 3. ޖަވާދު

  ހަފްތާއަކު 2 ކިލޯ ހަފްތާއަކު 5 ކިލޯ ހިކޭ ސައިފަތް ވިއްކާއިރު އެފްޑީއޭ އަކަށް އެގޭ ކަމަކަށް ނުވޭ! ބައެއްގެ ގޮހޮރު ފޫދާއިރު އެ ހަމަ އޯކޭ!

  10
 4. ޡާރާ

  އޭގެޕެކެޓްއެއްގެ ފޮޓޯއަކާ އެކު ޚަބަރު ގެނެސް ދެއްވާފަ އެ އޮތީ.