މީގެ ތިން ދުވަސް ކުރިން ފުވައްމުލަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށްފިއެވެ.

ޓްރާންސްފޯމަރު ހަވާލު ވުމުން ފުވައްމުލަކުން ކަރަންޓް ކެނޑުނީ ހޯމަ ދުވަހުގެ ފަތިހުއެވެ. ހޯމަ ދުވަހު ވަގުތީ ހައްލެއް ހޯދައި އެރަށަށް ވަނީ ކަރަންޓް ފޯރުކޮށްދީފައެވެ.

ފުވައްމުލަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޓްރާންސްފޯމަރެއް ހަލާކުވުމުން އެރަށަށް ޓްރާންސްފޯމަރެއް ގެންދިޔައީ އައްޑޫންނެވެ.

ފުވައްމުލަކު ކަރަންޓް މައްސަލަ ހައްލު ކުރުމަށް މިއަދު ވަނީ އެ ސިޓީން ކަރަންޓް ކަނޑާލާފައެވެ.

އެ ސިޓީއަށް ކަރަންޓް ފޯރުކޮށްދެމުންދާ ފެނަކަ އިން ބުނީ، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ގެންދިޔަ 4500 ކިލޯވޯޓުގެ ޓްރާންސްފޯމަރު އިންސްޓޯލް ކުރުމަށްފަހު މުޅި ރަށަށް ކަރަންޓްގެ ހިދުމަތް މިހާރު ދެވިފައިވާ ކަަމަށެވެ.