22:05

އިތުރު 131 މީހުން ކޮވިޑަށް ފައްސިވެއްޖެ.

16:24

ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1،881 މީހަކު މަރުވެއްޖެ

 

16:24

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 792 މީހަކު މަރުވެއްޖެ

15:20

ޕާކިސްތާނުގައި އެއްދުވަސް ތެރޭ އެއް މިލިއަން މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދީފި

11:24

ވެކްސިން ނުޖެހުމުން ސީއެންއެންގެ ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި.

10:45

އއ. ހިމަންދޫ އިތުރު 19 މީހަކު ކޮވިޑް-19އަށް ފައްސިވެއްެޖެ.

10:21

އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ހުރިހާ މުވައްޒަފުން އޮފީހަށް ނިކުންނަން އަންގައިފި.

09:22

ކޮވިޑް ޖެހުނު މީހުންގެ ބޮލުން އިސްތަށި ފޭބުން އިތުރު.

ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާއިރު އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހެއެވެ. ބަލި ޖެހިގެން ދުނިޔެއިން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. ކޮވިޑްގެ ސަބަބުން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކާއިއެކު އިގްތިޞާދަށް ލިބިފައިވާ ގެއްލުމުން އަރައި ގަނެވޭނެ ދުވަހެއް ވެސް ނޭނގެއެވެ. އެތައް ބައެއްގެ މުސާރަ ކުޑަވެ، ނުވަތަ ވަޒީފާ ގެއްލިފައި ވާއިރު އާއްމު ހާލަތައް ރުޖޫއަވުމަށް ކޮވިޑުން އެއްކޮށް ސަލާމަތް ވާން އެބަޖެހެއެވެ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދޮޅު މަހެއްހާ ދުވަހު ވަރަށް ބޮޑަށް ދަށްވެފައި ވުމުން އަނެއްކާވެސް އިތުރު ލުއިތަކެއް ދޭން ސަރުކާރުން މިވަނީ ނިންމާފައެވެ. އޭގެތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ކުރިން ވެސް ހުޅުވާފައި ހުރި ގަޑުތަކުގައި ހުޅުވުމުގެ ހުއްދަ ދިނުމާއި ޕާޓީތަކާއި އިވެންޓްތައް ބޭއްވުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

ގިނަ ފިޔަވަޅުތަކަކަށް ލުއިތައް ދިން ނަމަވެސް އަދިވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކޮވިޑް ނުނިމޭކަމެވެ. ވެކްސިން ޖެހި ނަމަވެސް މާސްކް އަޅަން ޖެހޭ ކަމެވެ. ގައިދުރުކަން ބަހައްޓަން ޖެހޭ ކަމެވެ. ގިނަގިނައިން އަތް ދޮންނަން ޖެހޭ ކަމެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު