މާލޭގެ މައްޗަންގޯޅީގައި ހުންނަ އެމްޓޭޝަން ގޭގައި ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، އެހީގެ ގޮތުގައި 7800 ރުފިޔާ ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެއްޖެއެވެ.

ރޭ މައްޗަންގޯޅި އަމްޓޭޝަން ގޭގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައިވާއިރު، އެގޭގައި ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ހުރީ އަނދާ އަޅިއަށް ވެފައެވެ. އޭގެ ތެރޭގައި ގޮދަނޑިއާއި، އަންނައުނާއި، އަދި އެ ނޫންވެސް ބޭނުންވާ ތަކެތި ހިމެނެއެވެ.

އެ ކޮޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު ސާފު ނުވާއިރު، އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ފޮޓޯތަކުން އެ ކޮޓަރީގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މަންޒަރު ފެނެއެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ ރޭ 19:45 ހާއިރު އެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ 20:04 ގައެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ، އެ ގޭގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވި އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7800 ރުފިޔާ ހަމަޖައްސައި ދީފައިވާ ކަމަށެވެ.

"އެއީ މިއާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމަށާއި، ކެއިން ބުއިން އަދި އައްނައުނު ހޯދުމަށް". އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހީތެރިޔާ

    ކަޅުހުރާގޭ ރޯވި ހާދިސާގައި ގެއްލުންވި އެންމެންނަށް ގާކޮށިން ފްލެޓްދީ ގެދޮރުހަދަން އެހީދީ ހެދިއިރު އެމީހުންނަކީ ގެދޮރު ކުއްޔަށް ދީގެން މަހަކު ލައްކައިން ލައްކައިން ރުފިޔާ ހޯދަމުން އައި ބައެއް. މަގުމަތީގައި ސަލާންޖަހައިގެން ނުކުޅެދޭ ކުދިން ގޮވައިގެން އުޅޭ ނިކަމެތި އަންހެނަކު އުޅޭ ތަނެއް އަދައި ހުލިވީމާ ތިޔަ ދެއްވީ ނުކުޅެދޭ މިންވަރުގެ ފައިސާކޮޅަކާއި އެހީއެއް.

    18
    1
  2. ނާރު

    ޢީރާނުގޭ މީހުންނަށް ދިރިއުޅެންދިން އެޕާޓްމަންޓުގައި އުޅެނީ ރަށުގައިތިބި ބައެއް އެމީހުން އެތަނުން ނުނިކުމެ އެތިބެނީ ހިލޭ ތިބެވޭތީ އަސްލު ސަރުކާރުން އެތަން ދިން މީހުން އުޅެނީ އެހެންތަނެއްގައި މީ ވިސްނަންޖެހޭކަމެއް

    2
    1