ލަވަ ކިޔުން ދޫކޮށްލުމަށްފަހު، ދީނީ ހޭލުންތެރިކަން އިތުރު ކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދާ އަލީ ރަމީޒް ބަނގުރާ ބުއި ކަމަށް ތުހުމަތު ކުރި މީހާ އޭނާގެ ކިބައިން މާފަށް އެދިއްޖެއެވެ.

ބަނގުރަލުގެ ނުބައި ކަމާއި ގުޅިގެން އަލީ ރަމީޒް ފޭސްބުކްގައި ކުރި ޕޯސްޓްއަކަށް އަޒްލިފާ އަހްމަދުގެ ނަމުގައި އިން އެކައުންޓްއަކުން ކޮމެންޓް ކޮށްފައިވެއެވެ. އެ ކޮމެންޓްގައި ވަނީ އަލީ ރަމީލް ރާބުއި ކަމަށް ތުހުމަތުކޮށްފައެެވެ.

"ތިބޭފުޅާ ފްރީ ސައިޒް ބޭންޑްގައި ލަވަކިޔަން އުޅުނު އިރު ރާ ފޮދު ހިއްޕެވިއިރު ހަލާލު ތޯ؟ އެވެސް ތޯތޯ ވާހަކައެއްތޯ ތިބޭފުޅާ ރާބުއި ވާހަކަ؟" އަޒްލިފާ ނަމަކަށް ކިޔާ އެކައުންޓްއަކުން ކޮށްފައިވާ ކޮމެންޓްގައިވެއެވެ.

އާންމުކޮށް މިފަދަ ކޮމެންޓްތަކަށް ރައްދު ދީ ނުހެދި ނަމަވެސް އަލީ ރަމީޒަށް މިފަދަ ބޮޑު ތުހުމަތެއް ކުރުމުން އޭނާ ވަނީ އެމީހަށް ރައްދު ދީފައެވެ.

އަލީ ރަމީޒް ބުނީ، އޭނާގެ ހަޔާތުގައި ދުވަހަކު ވެސް ބަނގުރާ ނުބޯ ކަމަށެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެފައި ވެއެވެ. ރައްބު ގަންދީ މިކަމަށް ހުވާ ކުރުމަށްފަހު އޭނާ ވަނީ ތުހުމަތު ކުރި މީހާ ﷲ އަށް ތައުބާވުމަށް ގޮވާލާފައެވެ.

އޭގެ ދުވަސްތަކެއް ފަހުން ބޭއްވި ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެގެން އަލީ ރަމީޒް ބުނެފައިވާ ގޮތުގައި، އެ ކޮމެންޓް ކުރިތާ ދެ ދުވަސް ފަހުން އަޒްލިފާ އޭނާގެ ކިބައިން މާފަށް އެދުނު ކަމަށެވެ. އެއީ މެސެންޖާއިން ޕްރައިވެޓްގައި ފޮނުވި މެސެޖަކުން ކަމަށް އަލީ ބުންޏެވެ.

"އަޒްލިފާ އަޅުގަނޑުގެ ބޮލުގައި ބަނގުރާ ބުއިކަމުގެ ތުހުމަތު އެޅުވީ އެތައް ހާސް މީހުން ކުރިމަތީގައި، އެހެންނަމަވެސް އަޅުގަނޑަށް ޕްރައިވެޓްކޮށް މެސެޖްކޮށްފައި އޭ ތި މާފަށް އެދެނީ،" އަޒްލިފާ މާފަށް އެދެން މެސެންޖާއިން ޕްރައިވެޓްކޮށް މެސެޖެއް ފޮނުވިކަން ފާހަގަކޮށް އަލީ ރަމީޒް ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި އެތައް ހާސް މީހުންގެ ކުރި މަތީ މީހެއްގެ އަބުރު ކަތިލުމަށްފަހު ޕްރައިވެޓްކޮށް މެސެޖެއްކޮށް، މާފަށް އެދުމަކީ އެންމެ އިންސާފްވެރި ގޮތެއް ނޫނެވެ. މިކަން ޝަރީއަތުގައި އޮންނަނީ ކިހިނެއްތޯ އަލީ ރަމީޒް ވަނީ ޝޭހް ސަމީރުއާއި އެ ޕްރޮގްރާމްގެ ތެރެއިން ސުވާލުކޮށްފައެވެ.

ޝޭހް ސަމީރް ވިދާޅުވީ މީހެއްގެ އަބުރަށް ހުތުރެއް ލިބޭ ދޮގު ވާހަކައެއް ފަތުރައިފި މީހާ އެކަމަށް މާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި ވީވަރަކުން އެމީހެއްގެ އަބުރަށް ލިބުނު ހުތުރު ނުވަތަ ހަޑިކަން ފިލުވާ ދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މި ގޮތުން އެތައް ހާސް މީހުންގެ ކުރިމަތީގައި އެ ތުހުމަތު ކުރުމަށް ފަހު، ދެން މާފަށް އެދެން ވާނީ އެ ގޮތުގެ މަތިން އާންމުކޮށް އެންމެނަށް ފެންނަ ގޮތަށް ކަން ޝޭހް ފާހަގަ ކުރެއްވިއެވެ.

އަލީ ރަމީޒަށް ކުރި ތުހުމަތު ދޮގުކޮށް، އެންމެންގެ ކުރިމަތީ މީސްމީޑިއާގައި އެކަމަށް މާފަށް އެދުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޝޭހް ސަމީރު ފާހަގަަކުރެއްވިއެވެ.

ފިގުހު އިލްމުވެރިންނަށް ހަވާލާދީ ޝޭހް ސަމީރް ވަނީ ޢީބަ ބުނާ މީހުންގެ ނުބައިކަން ފާހަގަކުރައްވާފައެވެ. އަދި އެ މީހުން ފަތުރާ ވާހަކަތައް ރައްދުވާ މީހާގެ ކިބައިން މާފަށް އެދުމުގެ އިތުރުން އަބުރަށް ލިބޭ ހުތުރު ސާފުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަމާ މާލެ

    2023 ގަ ވެރިކަން ދޭންވީ އަލީ ރަމީޒައް. ރާއްޖެ އިސްލާހު ކުރާނެ ކަން ޔަގީން. އަނެއްކަ ދައުލަތުގެ ފައިސާ އަކު ނުޖެހޭނެ. މިގައުމު ހިންގޭވަރު ތެދުވެރިއެއް އެއީ.

    68
    14
  2. ހައިރާން

    މައާފަށް އެދުމަކީ ރަނގަޅުކަމެއް. މަރުވުމުގެ ކުރިން މީހެއްގެ ހައްގަކަށް އަރައިގަނެވިފަ އޮވެ ތައުވާ ވެއްޖެނަމަ އެމީހަކަށް ހުރީ ސަވާބު. އަޒުލިފާ ދެންވެސް ސާބިތު އެއްވެސް ހެތްކެއް ނެތި މީހުންގެ ބޮލުގަ ދޮގު ތުހުމަތު ނާޅުވާނެކަމަށް އުއްމީދުކުރަން.

    54
    4
  3. އައިސިސް

    އޭނައަށްވެސް އިންޒާރުދިނީދޯ.

    7
    35
  4. އަޙްމަދް

    އަލީ ރަމީޒަށް ދޭންވީ ރާއްޖޭގެ ވެރިކަމެއްވެސް ނޫން ދޭންވީ މުޅި ރާއްޖޭގެ މަދަޙަ ކިޔިމުގެ ވެރިކަން އޭރުން މާސަޅިވާނެ……
    ‎ދީންވެރިވެގެންނެ ނަމުގައި މަޝްހޫރުވީމަ އުޅެނީ
    ‎ ޢިލްމެއްނެތަސްމެ ލިބިފައި ފަތުވާދެމުންނެ ދުވަނީ
    ‎ތަޤްވާ ވެރިންގެ ނަމުގައި ދެއްކެންވެގެންނެ އުޅެނީ
    ‎ ޖޯޝާއި ފޯރިއަރުވައި ސިޔާސަ ވެގެންނެ އުޅެނީ

    6
    52
    • Anonymous

      އިލްމަކީ ޔުނިވާސިޓީއަކުން ނުވަތަ ސްކޫލަކުން ނުވަތަ ކޮލެޖަކުން ނުވަތަ އެފަ އެހެން ތަނަކުންދޭ ސެޓްފިކެޓަކުން ލިބޭ އެއްޗެއް ނޫން. ދުވަހަކު އެއިން ތަނަކަށް ނުދިއަޔަސް ﷲ އިރާދަކުރައްވާ މީހަކަށް އިލްމުދެއްވާ. ހަމަ މިއާއެކު މީހެއްގެ އީމާންތެރިކަމާ ތަގުވާވެރި ކަމަކީ ސެޓްފިކެޓަކުން ނުވަތަ ސަނަދަކުން ލިބޭ އެއްޗެއްވެސް ނޫން. ހަމަޔަގީނުންވެސް މިނިސްޓްރީގެ ހުއްދަނެތި އަލީ ރަމީޒު ފަތުވާއެއް ވިޔަސް ރައުޔެއް ވިޔަސް ނުވަތަ ވައުޒެއްވެސް ނުދޭ. ހަސަދަޔާ ރުޅިއަކީ މީހާ ހަލާކުކޮށްލާ ކަމެއް. އެކަމުން ދުރުވެގަތުމަށް ނަސޭހަތްތެރި ވަން.

      40
    • ކައި

      ކީރިތި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ވެސް ޢިލްމީ ބޭކަލެއް ނޫން. އެކަމު މުޅި ދުނިޔެއަށް ހުރި ނަމޫނާއެއް. ކިތަންމެ ގިނަ ސަނަދެއް ހުއްޓަސް އަދަބު އަޙްލާގެއް ނެތިއްޔާ ކޮބާ ބޭނުމަކީ؟

  5. ބ. ޢިންޖިނިއަރ އެޑިލް

    ޢަންހެން ކުދިން ނާ އެކީ ގައި ގޯޅި ކޮށް ރިސޯޓް ތަކުގައި ބެރަށް ފައި ހަމަ ކޮށް ލުމަކީ ވެސް ހަރާމް ކަމެއް ނުންތޯ...ރައް ބު ގަންދީ ހުވާ ކުރަށްވާފައި ...ތައު ބާވުމަށް ގޮވާލައްވާ

    5
    18
    • ޖަސްތު

      ތައުބާވާން ޖެހެނީ ރައްބުގެ ހަޒުރަތުން..

      • ޞުކެއިލް

        މިސިމްޕަލް ދިވެހި ބަސް ފަހުމް ނުވާއިރު ދެން ކިހިނެއް ހަދާނީ

  6. މޫސަބޭ

    ޢަލީ ރަމީޒު ކިޔަވާފައި ވަނީ ކިހާ. ރަކަށްތޯ މީސްތަކުންގެ ކުރިމަތީގައި ބުނެ ފޮނިކަންާކަށް ނުޖެހޭ. އަދި އަމުދުން ފުރައްސާރައިގެ ގޮތުން ވާހަކަ ދައްކާ އަ ބުރު ވައްޓާލަން އުޅޭ ޙަސަދަ ވެރިންނަށް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއެކަން އެންގުމުގެ އޮތީ ކޮން ފައިދާއެއްތަ؟
    ތިމަރަފުށީ މުސްޠަފާ ވެސް ޝެއިޚު ޢިމްރާން ގެ އަގުވައްޓާލަން ޓީވީން ލައިވްކޮށް ފެނާއި ޕްރޮގުރާމެއްގައި ބުނި." އިމްރާނުމެން ކަހަލަ އެއްޗެއް ނުކިޔަވާ ތި ބި މީހުން ބާތިއް ބަން ވަނީ ބޮލުގައި ތާކިހަލެއް އަޅުވައިފައި މޮޕްދަނޑިއެއް ދީފައި މިސްކިތުގައޭ.
    އޭގެ ޖަވާ ބީގައި ޢިމްރާން ބުނުއްވީ އެމަނިކުފާނަކީ މެލޭޝިއާގެ ޔުނިވާރސިޓީ އަކުން ޝަރީޢާ އެންޑް ލޯ އިން މާސްޓާރސް ކިޔަވައި ސެޓްފިކެޓް ލި ބިލައްވާފައިވާ ބޭފުޅެއްކަމުގައި.
    މި މަލާމާތް ކުރި މުސްޠަފާގެ ފެންވަރެއް ބުނެލަން ނުކެރުނު!!!!!

    10
    2
  7. މުނާފިޤް

    އެކަމަކު ޝޭޚް ކިޔަސް މުސްތަފާ ބުނާހެން އިމްރާނަކީ ކިޔަވައިގެން ތަންދޮރު އޮޅުންފިލާފަހުރިމީހެއްނޫން އެއައްވުރެން ޖާހިލުމީހެއް ރަނގަޅުވާނެ މޮޕްދަނޑިދީފަބަހައްޓަން

  8. ހޫ

    އެންމެން ކުރިމަތީ މާފަށްނޭދުނެއް ކަމަކު މިއޮތީ އެނގިފައޭނު.