ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާ ކަން ވެސް ޔަގީން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލިޑާޝިޕުން ރައީސްގެ ދިފާއުގައި އެ ކަމަށް ރައްދު ދެއްވައިފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވަނީ ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި އަދާލަތު ޕާޓީގެ މެމްބަރުން ތިއްބެވި ކަމަށް ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އެއްވެސް ބޭފުޅަކަށް ރައީސްއަށް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، އެއީ ބޭފުޅަކު އަމިއްލައަށް އޮޅުން ކަމަށެވެ
"އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، އެވާ ގޮތަކީ އެބޭފުޅެއް އަމިއްލަ އަށް އޮޅުން." އަނދުން ހުސައިން ވިދާޅުވިއެވެ.
MDP ge PG ehves beyfulhakah Raees’ul jumhoorihya nisbaih vevadaigannavaa siyaasee party olhivadaiganna vaanama, evaa gothakee ebeyfulheh amihla ah olhun. https://t.co/P1Po94fRtz
— Hussain Shaheem (@AndhunHussain) August 6, 2021
އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އަފީފަކީ އެމްޑީޕީގެ މަޖިލީސް މެމްބަރެއް ކަމާ މެދު ސުވާލު އުފައްދަވާފައެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މަޖިލީސް މެމްބަރަކު އެފަދަ ގޮތަކަށް ވިދާޅުވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު މިހެންނެއް ވިދާޅު ނުވާނެ" ރައީސުލްޖުމްހޫރިއްޔާ އަކީވެސް އަދާލަތު ޕާޓީގެ ބޭފުޅަކަށްވެފައި ހުރެދާނެ ކަމަށް އަފީފް ވިދާޅުވި ބަސްކޮޅަށް އިޝާރާތްކޮށް އާޒިމް ވިދާޅުވިއެވެ.
Alhugadu gaboolukuraa gothugai MDP ge ehves MP aku mihineh nuvidhaalhu vaane. https://t.co/3R6BnVaoAz
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) August 6, 2021
އަފީފްއަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި ނަޝީދު އަވާހަރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގައި އެކުލަވާފައިވާ "މޭ ހައެއް" ކޮމިޓީގެ މުގައްރިރު ކަމުގައި ވެސް ހުންނެވި އަފީފްއެވެ.
ނަޝީދުއާއި ރައީސް ސޯލިހްއާ ދެމެދު މިހާރު ވަނީ ޚިޔާލު ތަފާތުވުންތައް ބޮޑުވެ އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައެވެ. ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތީ އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު އެކަށޭނަ ގޮތަށް ނުހިނގުމެވެ. އަދި "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހެދުން ލަސްވަމުންދާތީ ވެސް ނަޝީދުގެ ނުރުހުން ވަރަށް ބޮޑަށް އެބަ އޮތެވެ.
ރައްޔަތުންގެ ގުނބޯ ހައްދާފަ އަބަދު ރައްޔަތުން ގެ ބޮލުގަ ތެއްގޯނި އަޅުވަން ތި ޑްރާމާތައް މިހާރު ހުއްޓާލަން ވެއްޖެ ދޯ؟
ނަޝީދު ގެ ފެކްޝަނައްވުރެ އަދާލަތު މާ ހެޔޮ
އެމްޑީޕީން 2008ގަ ބުރަމަސައްކަތުން ގެނާ ސަރުކާކު ވެއްޓުނީ އަފީފުގެ ނާގާބިލް ކަމުން އަފީފަ 6އިކަ މީހުންކޮންޓްރޯލްނުވެގެން އަދިވެސް މިއުޅެނީ އެކަމުން ސަލާމެއް ނުވެވިގެން އެހެންވީމަ އަފީފަ އެގޭނެ އަގައަރުވާ އިރު އަފީފުގެ ސައިޒަކީ ކޮބާކަން
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު މިހެންނެއް ވިދާޅު ނުވާނެ"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު މިހެންނެއް ވިދާޅު ނުވާނެ"
އެހެންވީމަ ޢަފީފަކީ މޑޕ މީހެއްނޫންދޯ؟