ޖުމައްޔިލް - ފޮޓޯ: އެންމެ ފަހު ވިންދާ ޖެހެންދެން (ފޭސްބުކް ޕޭޖ(

ބަނގުރަލުގެ މައްސަލައެއްގައި ދިވެހި ފިލްމީތަރި ޖުމައްޔިލް ނިމާލް (ޖުމަލް) ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، ބަނގުރަލުގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ރޭ ހައްޔަރު ކުރި ކަމަށާއި މުއްދަތު ޖެހުމަށް މިއަދު ހަވީރުގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކުރުމުން ކަފާލާތުގެ ދަށުން ތިން މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަގުތަށް" އެނގިފައިވާ ގޮތުގައި، ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ޖުމައްޔިލް ވެސް ހިމެނެއެވެ.

ޖުމައްޔިލްގެ އިތުރުން ހައްޔަރުކުރި ދެމީހުންގެ މައުލޫމާތު ސާފެއް ނުވެއެވެ.

ADS BY SHEESHA

 

33 ކޮމެންޓް

 1. ތީ ހުރިހާ ކަމެތްކުރާ މީހެއްތަ؟

 2. ބޮވެން ޖެހޭނެއޭ ބުނީމަ ގޯސްވަނީ.... ދޮން މީހުން އުޅޭ ގޮތަށް މި މީހުން މި އުޅެނީ... ވެރިޔާގެ އަނގައިން އެބަސް ނިކުމެފަ ނެތަސް.

 3. ޢިސްލާމީ ރިވެތި އުޅުމެއް އުޅެއް ބޭނުންވާ މީހަކު ފިލްމީ ދާއިރާ އަށް ހިޔަނި ވެސް ނޭޅޭނެ. މީ ވަރަށް ވާހަކަ.

 4. އަދިވެސް ލަދު ނެތިގެން ފިލްމު ކުޅޭންނިކުންނާތި... މީ ދިވެހިންގެ ހަލާކ..... 😂😂😡

 5. ބަނގުރާ ބުއިމަކީ މާބޮޑު ކަމެއްނޫން ބްރޯ! މޯސްޓް އޮފްއަސް ޑޫއިޓް އޮކޭޝަނަލީ. ދެން ލަލަލާ

  • މާބޮޑުކަމެއްނޫންކަން ނިކަންހުރެ އެނގޭނެ. ނަަރަކައިގެ އަހުލުވެރިންގެ ގައި އޮހޮރޭ ކުނި ފާދިޔަ ބޯންދެވޭއިރު އެނގޭނެ މާބޮޑުކަމެއްނޫންކަން.

 6. ދެން ނެތްބާ މިފިރިހެނާއަށް ދޭނެ އެވޯޑެއް.... ލަދުން ބޯހަލާކު...

 7. މުޖްތަމައު އަށް ހުރި ބޮޑު ނުރައްކާ. މިކަހަލަ މީހުންނޭ މުޅި މި ރާއްޖެ ހަލާކު މިކުރަނީ.

 8. ހަމަ ޒިނޭ ވެސް ކުރަނީ
  އެކަމު ރާ ބޮއެފިއްޔާ ހީވަނީ އެވަރު ކަމެއް ނެތިގެން ދުވާ ހެން.
  އަސްލު ވާގޮތަކީ އަނގަގަޅަން ބޭނުން ވަނީ

 9. ބެސްޓް އެކްޓަރ ޔޯ. ކީއްކުރާނީދޯ މިމީހުން މިހިރަ އުޅޭ ގޮތެއްތާދޯ. ވަގައް ހާސްދުވަސް ވެރިޔާ އަށް އެއްދުވަސް ބުނާ ގޮތުން މިޔޮށް ފަޅާ އަރަނީ. މިހެން އަދި ކިތައް އެކްޓަރުން އަދި އެކްޓްރެސް އިން އުޅޭނެބާ... މަޝްހޫރު މީހުން ވީމަ ކަންކަންކުރީމަ ސިއްރުކުރާތީ ބައެއްފަހަރު މައްސަލައަކީ... ގާނޫނު އެންމެންނަށް ހަމަހަމަ ވާންޖެހޭނެ....

 10. ކޮޮބާަ މައްސަލައަކީ، ތިނުބޯ މީހަކު ވަރަށް މަދު ވާނެ... މައްސަލައަކީ ވަކި ބަޔަކު ބުއިމާ ދޯ ...

  • ކުއްލި ނުރައްކާ

   އަހަރުން ނުބޮން ދުވަހަކުވެސް. މިއީވެސް ހަމަ ދިވެއްސެއް !

  • ޢަމިއްލަ މީހާ އާ ރއްޓެހިން ބޯތީ ޒިނޭކުރާތީ ހީވަނީވއެހެން މީހުންވެސް އުޅޭނީ އެހެނޭ. ޢެކަމު އަހަރުން ރަލެއް ނުބޮން. ޒިނެ އެއްވެސް ނުކުރަން. 😀

 11. ލަދުން ބޯ ހަލާކު. ޑެން މިމީހުން ލައްވަ ފިލްމް ކުޅުނީމަ ކިހިނެއް ބަލަން ކެރޭނީ.

 12. ޑިމޮކްރަޓިސްޓް

  ދިވެހި ފިލްމުކުޅެން ނުކުމެއުޅޭ ބައެއް މީހުންގެ އަހުލާގީފެންވަރު މިހިރީ:::::::: އަދިވެސް ކެމެރާ ކުރިމަށްޗަށް ނުކުންނާކަށް ލަދެއްނުގަންނާނެ:::::::: މާދަމާ އިނޮސެންޓްމީހެއްކަން ދައްކަން މޮޅުވާހަކަ ދައްކާނެ:::::::: 'ވަގުތު'ގަ ދޮގު ހަބަރެއްޖެހިނަމަ ނޫހާދެކޮޅަށް ދައުވާކުރެވެން އޮތްކަން އެގިތިބެ މިނޫހުން އެވަރުދޮގެއް ނަހދާނެ::::::::

 13. މީ މިރާއްޖޭގެ މީހުން އެވަރެއް ނެތިގެން ކޮޕީ ކުރާ މީހުން އުޅޭގތް.ދެން ކިހިނެއް ރަގަނޅުވާނީ މި މުޖުތަމައު.މި މީހުންވެސް ރަގަނޅު ވާނެތީ މިހެން މިއުޅެނީ.ބޯހަލާކު.ތި ސޮރު ކަންނޭނގެ މިދޭތެރޭގަ ކޮއްކޮއެއް ގަޔަށްވެސް އެރީ.
  ވަރަށް ސަލާމް ދެން ކައެމެންނަށް.

 14. ދެންހައްޔަރު ކުރީ ކުޑަ މުއާ

 15. ބަނގުރާ ބޮއިގެން ދެން ދާނީ ކޮންމެވެސް އަންހެނެއް ކައިރިއަށް ..

 16. ފޭކް ނިއުސް އެއްތީ ޖުމައިލް މިހާރުވެސް އޮންލައިން

 17. މީނަ ނުކުރާ ކަމެއް ނެތް ... ކޮއްކޮ އާެއި ބެހުނު ، ބަނގުރާ ބުއި .. މީފަހެ އަޅެ ކާކު؟

 18. މަހިތުން އެއްމެ އަހުލާގު ރަގަޅު މީހާ
  މުޅިން ކަޑަވީ

 19. މީފެންވަރު ބަނގުރާ؟؟

 20. ފެންނަނުފެންނަ

  ފަވާދުޚާން ކަރުދިގުފުޅި ބޮއިތަ؟ ގައްބަރުސިންގުކެ ކަމެއްނު އެއީ ކަރުދިގުފުޅި ބުއިން.

 21. ޕިސް ޕިސް މީ މި ޖުމައްޔިލްގެ ފެންވަރަކީ. ޗީޑި ދެން

 22. ފައްތާހުގެ ހައްދު ބާ؟ ނަހުލާގެ ބޮސްބާ؟

 23. ާަަސިމް ސިމް

  ދެން ހާދަ ހަޑި ކަމެކޭދޯ!!!!

 24. ޢަލިފާނޯއި

 25. ބަނގުރާ ބޯ ހިތް ފިލާފަ ހުންނާނި.

 26. 🙊🙊🙊🙊🙊🙊👴👴👴

 27. ބަލާނެ އެކަމަކުވެސް

 28. ދެން އަޅެ ކިހިނެތް މިމީހުންގެ ފިލްމް ބަލާނީ...