އެމްއެންޑީއެފް އާއި އިންޑިއާ އަސްކަރިއްޔާއާ ދެމެދު ބާއްވާ ތިންވަނަ ޑިފެންސް ސްޓާފް ޓޯކްސް ބާއްވައިފިއެވެ.

ކޯސްޓްގާޑު ބިލްޑިންގގައި މިއަދު ބޭއްވި، ޑިފެންސް ސްޓާފް ޓޯކްސްގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެޑްކްއޯޓަރޒް އިންޓަގްރޭޓެޑް ޑިފެންސް ސްޓާފްގެ ރިއަރ އެޑްމިރަލް އެމްޑީ. ސުރޭޝްއެވެ.

ެއެމްއެންޑީއެފް އިން ވިދާޅުވީ، މި ސްޓާފް ޓޯކްސްގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ދެ ޤައުމުން ގުޅިގެން ހިންގާ ތަމްރީނުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ދެފަހަރެއްގެ މަތިން މި ބައްދަލުވުންތަކުގެ ސިލްސިލާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ޖެނެރަލް އޮފިސަރުން ހިމެނޭހެން މަތީ ފެންވަރުގެ ވަފުދެއް ވަނީ ބައިވެރިވެޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފޮނުވާލާ

    ކިތައްމެ މަޝްވަރާއެ ކުރިނަމަވެސް ވަރިހަމަ... އެކަމަކު މިފަހަރު ޖެހޭނެ ހެލިކޮޕްޓަރުތަކާ އިންޑިޔާ ސިފައިން ފޮނުވާލާން...

    • ސަރާސަޜު

      ފުނުވާލައް ޖެހޭނެ

  2. ީިިިއިސްމާްްއީލް

    ޙހހހހ

  3. ނުރަބޯ

    އިންޑިއާއަކީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ފައުޅުގައި ދަނޑިދިގު އުނދުޅި ބާނަމުންދާ، ވަރަށް ދެފުށްދެގޮތް އަދި އަމިއްލަ އެދުންބޮޑު ގައުމެކެވެ. އަދި އެހާ ބޮޑު ގައުމަކަށް އިންޑިއާ ވީއިރުވެސް މިކުޑަކުޑަ ދިވެހިރާއްޖެ ފެލައިގެން ހޯދުނުއެއްޗެއް ހޯދުނުގޮތަކުން ހޯދަން ފޫގަޅައިގެން އުޅޭ ނަޖިސް މުޝްރިކުންގެ ސަރުކާރެއް އޮތް ގައުމެކެވެ. އަދި އެމީހުންގެ އަމިއްލަ އެދުމުގެ ކުރިމަތީގައި މިގައުމު ކުޑަ ކަކޫޖައްސާފަ ބާއްވައިގެން އެމީހުން ނަށް ބަރޯސާވެގެން އޮންނަގޮތަށް އޮންނަ ގައުމަކަށް މިގައުމު ހަދަން ބޭނުންވާ ގައުމެކެވެ. މިހެން ނަހަދައިފިނަމަ ބައިނަލް އަގްވާމީ ގޮތުންނާ އެހެނިހެން ގޮތްގޮތުން ދެވެންއޮތްހާ ގެއްލުމެއް މިގައުމަށް ދޭން ބޭނުންވާ ގައުމެކެވެ. އެގޮތުން އދ ގެ ސަލާމަތީ މަޖްލިހުގެ ގޮނޑި ދިވެހިރާއްޖެއަށް ލިބުނަނުދޭން އިންޑިއާއިން ކުޅުނު ނުބައިރޯލު ފާހަގަ ކުރެވެއެވެ. އަދި ފަހުގެ ތާރީޚެއްގައި މިގައުމުގައި ހިންގުނު އެންމެނުބައި ހުތުރު އަދި ބިރުވެރި ޖަރީމާ ކަމުވި މަޝްހޫރު ފެބް1 ގެ ބަޣާވާތުގެ އަމުރު ތަންފީޒު ކުރުވަން އިންޑިއާއިން ކުރިމަތިކުރި ފިއްތުން ތައްފާހަގަކުރެވެއެވެ. އަދި މިގޮތުން ކަމުފޮޅާގޮތް ނުވުމުން ޢަސްކަރީ ގޮތުން މިގައުމަށް އަރައިގަނެ މި ގައުމުގެ މިނިވަން ކަމާ އިސްތިގުލާލުގެ މައްޗަށް އަތްގަދަ ކުރުމުގެ ރޭވުން ފައުޅުގައި ރާވާ އެކަމަށް ޢަމަލީސިފަގެންނަން މަސައްކަތްކުރި ގައުމެކެވެ. މިދަނޑިވަޅުގައި އެގައުމުން އެތެރެ ކުރާ ބާވަތްތަކުން ކޯޓާ ކުޑަކުރުން އެއީވެސް އެމީހުންގެ ޙަސަދަވެރި ކަން ފާހަގަވާ މެސެޖެކެވެ. ކޯޓާއެއް ދީފައޮއްވާ އެކޯޓާއަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުޑަކޮށް ތަކެތި އެތެރެކުރިއެކޭ ކިޔާފަ ކޮންމެހެން ދީފައޮންނަ ކޯޓާއަކާ ކުޅޭކަށް ނުޖެހެ އެވެ. ކަންމިހެން އޮއްވާ އެ ކޯޓާ ކުޑަކުރުމުން ރައްޔިތުން އެކަމާ ކަން ބޮޑުވެ. އެކަން އެހެންއެވީ ދިވެހި ސަރުކާރުން އިންޑިއާ އާއިމެދު ގެންގުޅޭ ސިޔާސަތަކުން ކަން ރައްޔިތުންނަށް އަންގައިދީ ރައްޔިތުން ގެ ނުރުހުން ސަރުކާރަށް އަމާޒު ކުރުވުމަކީ މިކަމުގެ އަޑީގައިވާ ނުބައި ރޭވުމެވެ. އަދި އިންޑިއާ އަކީ މިގައުމަށް މިސަރުކާރުން މާތްﷲގެ ވާގިފުޅާއެކު ގެނައި ހަލުވި ތަރައްގީގެ ބައިވެރިއެއްވެސް ނޫނެވެ. މިހެންކަމުން މިފަދަ ބަޔަކާއެކު ޢަސްކަރީ ފަރިތަކުރުންތައް ބާއްވާ، ޢަދި ދެގައުމުގެ ޢަސްކަރީ އިސް ފަރާތްތަކުން ބައްދަލުވުން ބާއްވައިގެން ދައްކާނެ އެއްވެސް ވާހަކަތަކެއް އޮންނާކަށް ނުޖެހެއެވެ. އަދި އެއީ ނުރައްކައުތެރި ކަމެއްވެސް މެއެވެ. އެހެންވީމާ އިންޑިއާގެ ނުބައި މަގްޞަދު ފުރިހަމަކުރަން އެހީ އަކަށް ވާފަދަކަންކަމަށް މަގުފަހިކޮށްނުދީ އެމީހުންގެ ޢަމަލުތަކާމެދު ވަރަށްވެސް ޚާއްސަ ނަޒަރަކުންބަލާ ފާރަވެރި ވުމަކީ އެންމެމުހިއްމު ކަންތަކެވެ. ނުރައްކަލެއް އައިސްޖެހުމުން އެކަމުން ސަލާމަތްވާން އުޅުމަށްވުރެ ނުރައްކައުތަކުން ދުރުވެ ތިބުމުން ލިބޭފައިދާ މާބޮޑުވާނެއެވެ.

  4. ޜިޒާ

    ތިގޮތަށް ބާއްވާ މަތީ ފެންވަރުގެ ވާހަކަތަކުގެ ބޭނުމަކީ އިންޑިޔާ ކަނޑުގައި ޗައިނާއާއި ދެކޮޅަށް ޖާސޫސްކުރަން ބާއްވާ ޓޫލް އެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމުގައި ވިޔަދީގެން ނުވާނެއެވެ.
    އިނަފް އިޒް އިނަފް...މިހާރު ފުދިއްޖެ.

  5. އެދުރުބެ

    ހެލިކޮޕްޓަރ ފޮނުވާލަން އެންގީމައި ކޮން މަޝްވަރާއެއް. ޣެންދިޔައީމައި ނިމުނީ ނޫންތަ؟