ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ ސަޕޯޓަރުންތަކެއް ވެގެން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިސްތިއުފާއަށް ގޮވިޔަސް ފަހެއް ނުޖެހޭނެ ކަމަށް ނަހުލާ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭންއާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ސިޓީ ކައުންސިލުން ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ހަތަރު މީހަކު ވަނީ ނަހުލާގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި މެންބަރު އުޝާމް ވެސް ވަނީ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ލައިވް ކުރަމުން ދިޔަ ބައްދަލުވުމެއްގައި ނަހުލާގެ އިސްތިއުފާއަށް ގޮވާލާފައިވަނިކޮށް ރޭ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވާ ގޮތުގައި އެ ހަތަރު މީހުނަކީ މެންބަރު އުޝާމްގެ ސަޕޯޓަރުންތަކެކެވެ. އަދި އިސްތިއުފާއަށް ގޮވީ މެންބަރު އުޝާމްގެ ރޭވުމެއްގެ ތެރެއިން ކަމަށް ސިފަކުރައްވާފައިވެއެވެ.

"ދަންނަވާލަން އޮތީ ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން މެންބަރު އުޝާމްއާއެކު އެ ހަތަރު ބޭފުޅުންނަކީ ވެސް ކައުންސިލް އިންތިޚާބުގައި އަޅުގަނޑާ ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ހޮވަން ވޯޓުލީ ދުވަހާ ހިސާބަށް ވެސް ޕީޕީއެމްގެ ކެންޑިޑޭޓާ ދެކޮޅަށް ވަރަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅުން ކަން." ނަހުލާ ލިޔުއްވާފައިވެއެވެ.

ވިލިމާލޭގެ ރައްޔިތުންނާއި ނަހުލާ ބައްދަލު ނުކުރާ ކަމަށް ބުނެ އެ މީހުން ދައްކާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނާއި ބައްދަލު ކުރަން ނަހުލާ ވިލިމާލެއަށް ވަޑައިގަންނަވާ ކަމާއި، ވިލިމާލޭގައި އެ ކަމަށް ޚާއްސަ ކުރެވިގެން އޮފީހެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްތިއުފާއަށް ގޮވި ހަތަރު ބޭފުޅުން ވެސް ދައްކަވާފައިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް. ޓީވީ ބައްލަވަން ތިއްބެވި ވިލިމާލޭގައި ދިރިނޫޅުއްވާ ބޭފުޅުންނަށް އޮޅުވާލައްވަން ވިދާޅުވި ވާހަކަތަކެއް." ނަހުލާ ވިދާޅުވިއެވެ.

މެންބަރު އުޝާމްއަށް ފާޑުވިދާޅުވެ ނަހުލާ ލިޔުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދާ ހަމައަށް ވެސް ވިލިމާލޭގެ އެއްވެސް ވާހަކައެއް އުޝާމް ދައްކަވާފައި ނުވާ ކަމަށާއި އެކަމާއި ގުޅިގެން އެއިން މީހަކު ސުވާލު ނުކުރާތީ އޭނާ މާ ބޮޑަށް ހައިރާންވާ ކަމަށެވެ.

އިސްތިއުފާއަށް ގޮވި ނަމަވެސް ވިލިމާލެއަށް ހެޔޮ ބަދަލު ގެންނަން ކުރައްވާ މަސައްކަތުގައި ފަސް ނުޖެހޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ އިންތިޚާބުވީ ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ކަމަށާއި މުޅި ރައްޔިތުންގެ އާންމު މަސްލަހަތު އިސްކުރައްވާނެ ކަމަށް އޭނާ ވދިާޅުވިއެވެ.

"މެންބަރު އުޝާމްގެ ހަތަރު ބޭފުޅަކު އިސްތިއުފާއަށް ގޮވައިގެން ފަހަތަކަށް ނުޖެހޭނަން. ބިނާ ކުރަނިވި ޚިޔާލަށް އަބަދުވެސް މަރުހަބާ ވެސް ކިޔާނަން." ނަހުލާ ލިޔުއްވާފައިވެއެވެ

ކައުންސިލަރުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ނަހުލާއަށް އެކި ޒާތުގެ ތުހުމަތުތައް އަންނަނީ އަމާޒު ކުރަމުންނެވެ. ބައެއް ކައުންސިލަރުންނަށް ބިރު ދެއްކެވި ކަމަށް ވެސް ތުހުމަތު ކުރެވިފައި އޮތްއިރު، ނަހުލާ ވަނީ އެ ކަން ވެސް ދޮގު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލަބީބު

  އުޝާމް މިއަދު އެހުންނެވީ ގޮށްރީނދޫ ބޮނޑިބަތުގެ ސިހުރުގެ އަވާގައިޖެހި އަވަދިވެފައެވެ. އެ އަވާގައި ޖެހިއްޖެމީހަކަށް ފުރަތަމަ ވާނޭގޮތަކީ ތިމާޔަށް ތިމާގެ އަމިއްލަ ނަފްސް އޮޅި ވާނުވާނޭގުމާއި ކިޔޭނުކިޔޭ ހެދޭނުހެދޭ ނުއެގުމެވެ. ދެވަނަޔަށް ވާނޭގޮތަކީ ބޮލިރޮދި ކެނޑުމެވެ. އެހާހިސާބުން ތިމާގެ ސިކުނޑީގެމައްޗަށް ކައްޑަށްދެވި ބާރުހިންގަންފަށައވެ.

  18
  3
 2. ވިސްނާލުމަށް އެދެމޭ

  އުޝާމުމެންނަކީ ވިލިމާލޭގެ ވެރިންކަމަށް ދެކޭބައެއް ފެށުނީއްސުރެވެސް..އެމީ ހުންގެ ގެއައްވުރެ އު ހައް އެ ހެންބަޔަކު ގެ ހިއްލާލާކަށް ނޭދޭނެ...އުޝާމުކަ ހަލަ ޒިންމާދާރު މަގާމެއްގަ ހުރި މީ ހަކު އެރޭކުރެއްވީ ވަރަށް ދަށުދަރަޖައިގެ އަމަލެއް..ޙުދު ތިމާއަކީވެސް ރައްޔިތުން އިންތިޙާބުކޮއްފަ ހުރި ރައްޔިތުންގެ މަންދޫބެކަންނޭގުނު ތިމާ ރައްޔިތުންނާއެކު ވައުދުވީގޮތަށް މިވީދުވަ ހު ކި ހިނެތްތޯ މަސައްކަތްމިކުރަނީ މަގުމަތިން ހިގާފަދާއިރު ފަ ހަތުން އިސްތިއުފާއަށް ގޮވަމުންނުދިޔަސް އުޝާމާމެދު ނުރު ހޭ ރައްޔިތުންނެތީކީނޫން...

  1
  1
 3. ގަރުދިޔަތަށި

  އުޝާމް ނަހުލާ ދެކެ ލޯބި ވީކަންނޭނގެ

  15
  1