ރިސޯޓެއް ހަދަން ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ތ.އެލާ ސަރުކާރަށް ނެގުމަށް ނިންމަވާފައިވާތީ އެ ރަށުގެ ބަދަލުގައި ރިސޯޓެއް ހަދަން ފަޅެއް ހަމަޖައްސައި ދިނުމަށް އެ ކުންފުނީގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، ސަރުކާރުގައި އެދިއްޖެއެވެ.

އެލާ، ސަރުކާރަށް ނަގަން ނިންމީ ސަބަބެއް ކަމަށް ބެލެވެނީ ވޭމަންޑޫ-ކިނިބިދޫ ކޯޒްވޭގެ ތެރެއަށް އެރަށް ވަންނާތީއެވެ. އެ ކޯޒްވޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ފަޅެއް ހަމަޖައްސައިދޭން އެދި މާމިގިލި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަށް ފޮނުވި ސިޓީއެއް ވަނީ އާއްމުވެފައެވެ. އެ ސިޓީ އަކީ ސައްހަ ސިޓީއެއްކަން ގާސިމް ވަނީ "ވަގުތު" އަށް ކަށަވަރުކޮށް ދެއްވާފައެވެ.

ވިލާ ކުންފުނިން ބެލި ބެލުމުގައި ކައިރި ސަރަހައްދަކުން ރިޒޯޓެއް ތަރައްގީ ކުރުމަށް ރަނގަޅު ރަށެއް ހުސްކޮށް ނެތް ކަމަށާއި، ކުރިން ހުށައަޅާފައިވާ ދެ ރަށް (ތ.ކަނިމީދޫ އާއި ތ.ކަޅުފަހަލަފުށި) ދެވެން ނެތް ކަމަށް ސަރުކާރުން އަންގާފައިވާތީ އެ ސިޓީ އާއި އެކު ހުށައަޅާ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އދ.ފެންފުށީގެ ހުޅަނގު އުތުރު ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެ ފަޅު ހަމަޖައްސަވައި ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

Kinbidhoo Causeway
ވޭމަންޑޫ - ކިނބިދޫ ކޯޒްވޭ / ފޮޓޯ: ޕީއެސްއެމް

އެ ގޮތަށް ފަޅު ހަމަޖައްސާއިރު ހިއްކައިގެން ރިސޯޓް ހެދުމަށް އަށް އަހަރު ދުވަހުގެ މުއްދަތު ދެއްވުމާއި އެކު އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް ހަމަޖައްސަވާ ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

އެހެން އެދިލެއްވީ އެލާގައި ރިސޯޓެއް ހެދުމަށްވުރެ ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމަށް ބޮޑެތި ހަރަދު ހަރަދުތަކާއި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީ ކަމަށް ގާސިމްގެ ސިޓީގައި ވިދާޅުވިއެވެ.

އެލާ ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ވިލާ ކުންފުނިން ސޮއިކުރި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމަންޓް ބާތިލުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެލާ އާއި އިތުރު ރަށްތަކެއް އެގްރިމަންޓްތައް ބާތިލުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި 100 މިލިއަނެއްހާ ޑޮލަރު ދެއްކުމަށް މީރާއިން އެ ކުންފުންޏަށް އެންގިއެވެ. އެ ފައިސާ ނުދެއްކުމުން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ވެސް ކުރިއެވެ.

އެކަމަކު ފަހުން ކޯޓު މަރުހަލާގައި އެ މައްސަލަ ވިލާއާ އެއްކޮޅަށް 2019 އަހަރު ނިމިގެން ދިޔައެވެ. ސިވިލް ކޯޓުގެ ނިންމުމަށް ތާއިދުކޮށް ސުޕްރީމް ކޯޓުން ނިންމީ ވިލާ އަތުން ރަށްތައް އަތުލައިފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސސ

    އަބދުވެސް ބަދަލުގައި ފަޅެއް ގަލެއް ރަށެއް ހޯދަން ނޫޅޭ އިރެއްނުދާނެ !

    41
    1
  2. ޖޫ

    20 އަހަރުވީ އެލަ އި ނަގާފަ އޮންނަތާ. އެއޢްވެސް ކަމެޢްނުކުރޭ. ދެން ރީޢްޗަކަށް ނޫން ރަޢްތަޢް ދެނީ. ގާސިމް ތީ ގަޢުމަށް ޖެހިފަވާ މުސީބާތެޢް. ދެން ކީޢްކުރަންދޭ ރަށެޢްތަ.

    32
    1
  3. ގާދިރު

    ފުރަތަމަ އަތުގަ ހުރި ރައްތަކާ ފަޅުތައް ހަދާބަލަ ބައްކޮށްގެން ތިހުންނީ އެހެންމީހަކަށް އެ ފުރުސަތު ނުދޭންވެގެން

    24
  4. ައާންމުން

    ކީކުރާ ކޯޒްވޭއެއއ. ފަޅު ހިއްކާލަބަލަ

    16
    1
  5. އަހުމަދު

    ރައްޔިތުން ހޮވާ ކޮންމެ ސަރުކާރަކާ ގުޅިގެން ރައްޔިރުންގެ ހަރު މުދާ ފޭރުންނޫން ކަމެއް ނުކުރޭ، މީނަ ބުނާހާ ވަރަކަށް ނުދީފިއްޔާ ބަގާވަތް ކުރާނެޔޯ.

    20
  6. ޑަރޭ

    މިގައުމުގެ ގައްދާރުން މިފެންނަނީ...އިންޑިޔާއަށް ގައަމު ދޫކޮށްލާ ގައްދާރުންނާ ވިޔަފާރިއޭ ކިޔާގެން މިފަދަ ހިޔަޅު ގޮތައް ދަވާލާ މީހުން.

    19
  7. މާކަނާ

    ތިޔަ ގާސިމު އެލާ ނަގައިގެން އެތައް ބަޔަކަށް ހުވަފެން ދައްކަމުން ދާތާ އެތައް އަހަރެއްވެއްޖެ. ރާއްޖޭގެ ފަޅުތަކާއި ގިރިތަކަކީ މިކަލޭގެ އަބަދުވެސް މިގޮތައް ކައްވާލާއެއްޗެއް. މާމިގިލި މިހާރުވެސް މަތިން ބަލާލާއިރު ހީވާނީ ޖަލެއްހެން. މީނަގެ އިމާރާތްތަކާއި އެރޕޯރޓް ފެންސް އިން ރައްޔިތުން ވަނީ ބަންދުކޮށްފައި. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯފެނާއި ކަރަންޓްގެ ތެރެއަށް ވަދެ އެއިން މުޅި ރަށުގެ ރައްޔިތުން ފެލަމުންދަނީ.

    18
  8. Anonymous

    ގައުމު ދޮވެ ނިމި އިސްތިރި ކުރަން ވެފަ!

    15
    1
  9. ހުސްކުރާސޭލް

    ގާސިމުވެސް ތިކުޅިހު އްޓާލަންފެންނަނީ! ސަބަބަކީ މިހާރުވެސް ރަށްރަށްލިބިފަ
    ނެތީ އެ އްނޫން. އެރަށްރަށްހަދަނީ އެންނޫން. ހަމަގަ އިމުވެސް ނަހަދާ އެތިބަރަށްރަށް ދޫކޮށްލަ އިފިނަމަ އެހެންބަޔަކަށް މަންފާކޮށްފާނެ.. އެކަމަކުވެސް މަނިކުފާނު ބޭނުންފުޅުވަނީ އަމި އްލަޖީބު ބޮޑުކުރަން. ނިކަމެތިން އިތުރަށްނިކަމެތިކުރަން!!
    އާދޭސްކޮށްފާބުނަން ތިިޔަޚިޔާލުދޫކޮށްލަ އްވާ!

  10. އަހްމަދު

    ރާއްޖޭގެރިސޯޓުއޯނަރުންނައް ރިސޯޓުހެދުމަށްދޫކުރާރައްތައް ރިސޯޓހަދަންދޭމުއްދަތުގައި ރިސޯޓުނުހަދާނަމަ ސަރުތަކާނުލައި އެރައްތައް އަތުލެވެންޖެހޭ ކޮންމެމީހަކުވެސްރަށުގަމަސައްކަތްފަަށާފަ އެތައްދުވަހެއްވާންދެން މިއޮންނަނީބާއްވާފަ އެފަދަރައްތައް އެއްވެސްބަދަލުދިނުމަކާނުލާއަތުލާފަ އެކަންކުރެވޭވަރުމީހަކާހަވާލުކުރަންވީ މިނޫންގޮތަކަށްމިކަންނުގެންދިއުމަށް ސަރުކާރަށްގޮވާލަން

  11. އާދަނު

    ކީކޭ ބުނާނީ އަބަދުވެސް ނުލިބިގެން ހިތްނުފުރިން. މާތާހިރުވާނެ މިހާރުވެސް ފަންއައިލެންޑް ހެދިއްޔާ. ސުނާމީގަ ގެއްލުންވެގެން ބަންދުކުރިގޮތަށް އެތަންވެސް އޮތީ. އެތަން ހަދަން ޔޫރަޕިއަންޔނިއަނުން ދިން ފައިސާއަށްވެސް ވީގޮތެއްނޭގޭ. މިހާރުވެސް 10 ަ12 ރަށެއްނޫން މުށުތެރެއަށްލައިގެންއުޅެނީ. ނުވިތާކަށް ހުޅުމާލެއިންވެސް ނުއަގުގަ އެތަށް ބިމެއްނަގައިގެން އެތަންތަނުގަ ވިޔަފާރިކުރަނީ އެތަންދިން މަގުސަދާޚިލާފަށް. ބަލަގަ ގާސިމު. ޤާސިމަށްވެސް ގެންދެވޭނީ ގިނަވެގެން 3ކަފުނާ ލާ ސަންދޯއް. ދެންކޯއްޗެއްބަކުނުކުރެވިގެންތަ.

  12. އެލެކްސް

    ބަ އްލަވާ ސްޓަރފުންގެ ހަ އްގުވާ މުސާރަ ހަމަ އަށް ނުދީ ކޮން ފަޅެ އްހަދަން ތި އުޅެނީ. ހަމަ މުސާރަ ފުރަތަމަ ކަމަކަށް ދީފަ އެހެން ކަމަކު އުޅޭ.

  13. ބޮޗޭ

    ވިލާއަށް އެލާ ދީފައި އޮންނަތާ މިހާރު 17 އަހަރަށްވުރެ ގިނަދިވަސްވީއުރުވެސް އެތަނުން އެއްވެސް ފައިދާއެއް ވޭމަންޑުއާއި ކިނބިދޫ ރައްޔިތުންނަށް ވެފައެއް ނެތް. ދައުލަތަށް ނަގައިގެން ރައްޔިތުންގެ މަންފާއަށް ކުރެވެން ހުރި ކަންކަން ކުރަންވީ، ގަޢުމު ތަރައްގީ ނުވެގެން މިއުޅެނީ މިކަހަލަ މީހުންގެ ތައްޕާހުން. މިހެން ހުރި ހުރިހާ ބިމެއް ރަސެއް ނަގައި އޭގެ ފައިދާ ދަޢުލަތަށް ހޯދާ އާމްދަނީ އިތުުރުކުރަންވީ،..

  14. ކޮރަލް

    ހުޅުމާލެ އަދި ތިލަފުށީގަ ކުއްޔަށް ނަގާ ނަހަދާ ހުރި ވ ގިނަ ބިންތައް އެބަހުއްޓެވެ. ސަރުކާރައް އެތަންތަން ނަގަން ވީ އެވެ.

  15. މަނީމަނީ

    މުޅިދުނިޔެ ދިނަސް ހަންމަތަވާނެ މީހެއްނޫން ސަރުކާރުތަކުން މީނާދަށުނުވެ އުޅެން ދަސްކުރަންވެއްޖެ

  16. ޖުމްހުރީ ޕާޓީ ފެންފުށި

    ފަޅުތައް އެކަންޏެއްނޫން، ކަނޑުތަކާ މީހުންއުޅޭ ރައްތައްވެސް ވެރިޔާއަށް ދީ ހުސްކުރަންވީ. މުޅި އަރިއަތޮޅުވެސް ދޭންވީ.