ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި މިހާރު މަޖިލީހުގެ ބާރުތައް ނެތް ކަމަށާއި، އެހެން ނޫންނަމަ މިހާރު ރައީސް ސޯލިހުގެ ހުރިހާ ވަޒީން ވަކިކުރީސް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ގައުމީ މަޖިލީހުގައި ވެސް ރައީސް ނަޝީދުގެ ކޮންޓްރޯލް މިހާރު ނެތް ކަމަށެވެ. މީގެ ކުރިން އެމްޑީޕީގައި ރައީސް ނަޝީދާއި ޚިޔާލުތަފާތުވާ މީހުން އެމްޑީޕީ އިން ބާކީކޮށްލި ނަމަވެސް ރައީސް ސޯލިހު ބާކީކޮށް ނުލެވެނީ އެމްޑީޕީގެ އެތެރޭގައި އެމަނިކުފާނުގެ ބާރު ގަދަވުމުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިހާރު އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ރައްޔިތުންނަށް މިސާލުދެއްކުމަށް އެމްޑީޕީއިން ކުރި މަސައްކަތް މިހާރު ނުކުރެވޭ ކަމަށެވެ. އެމްޑީޕީ އުފެދުނީ ވަރަށް ރަނގަޅު ނިޒާމެއްގެ މައްޗަށް ކަމަށް ވީނަމަވެސް މިހާރު އެމްޑީޕީ އޮތީ ހުދުމުހުތާރު އުސޫލުތަކެއްގެ މަތީގައި ކަމަށް މޫސަ ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ބަލިކަށިވުމަކީ ގައުމަށް ވެސް ހުރި ގެއްލުމެއް ކަމަށް ފާހަގަކުރައްވާ މޫސަ ވިދާޅުވީ އެމްޑީޕީ މިހާރު އޮތީ އެންމެ އާދައިގެ އާ ޕާޓީތަކަށް ވުރެ ދެރަ ހާލުގައި ކަމަށެވެ. އެމްޑީޕީ އިސްވެ ގެނައި ޑިމޮކްރަސީގެ އުސޫލުތައް ދޫކޮށް ވަކި މީހެއްގެ ފަހަތުން ޕާޓީ އުޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.

"އެހެންފަހަރުތަކުގައި އެ ޚިޔާލު ތަފާތުވާ މީހަކު ދަނީ އެގޮތް މި ގޮތް ހަދައިގެން. މިހާރު މިވާގޮތަކީ އަންދާޒާކުރާ ވަރަށް ވުރެ ރައީސް ސޯލިހުގެ ބާރުވެސް ގަދައީ އެމްޑީޕީ ތެރޭގައި. އެހެން ވަރުގަދަ ވާނެ ސަބަބުތައް ވެސް އެބަހުރި. އަޅުގަނޑުމެން ހިޔާލުތަފާތުވެގެން ހަމަ ޕާޓީ ދޫކޮށް ދިޔައީ. އެކަމަކު މިހާރު އޭގެ ބަދަލުގައި ވާނެ ގޮތަކީ ރައީސް ސޯލިހު އަކީ ޕާޓީގެ ފައުންޑަރ. ޕާޓީ އަށްޓަކައި ހޭދަކޮށް ވަގުތު ދުއްވާލި އެކަކު. ރައީސް ސޯލިހު ފަހަތުގައި އެބަ އޮތް ވަރަށް ބޮޑު ޓީމެއް. ސަރުކާރު އޮތީ ރައީސް ސޯލިހު އަތުގައި. އެމްޑީޕީ ގައުމީ މަޖިލީހުގެ ފުލް މެޖޯރިޓީ ރައީސް ސޯލިހު އަތުގައި އެބައޮތް. ޕާލިމެންޓް ގްރޫޕުގެ ފުލް މެޖޯރިޓީ އެބައޮތް." އޭނާ ވިދާޅުވިއެވެ.

މިހާރު ޕާޓީ ހަލާކުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މަދުބައެއްގެ ސަބަބުން ކަމަށް މޫސަ ވަނީ ތުހުމަތުކުރައްވާފައެވެ. މިހާރު އެމްޑީޕީ އިން ފެންނަ މަންޒަރަކީ އެމްޑީޕީ އުފައްދަން މަސައްކަތް ކުރި މީހުންނާއި، އެމްޑީޕީގެ މެމްބަރުން ދުވަހަކުވެސް ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށާއި، އެމްޑީޕީގެ ފިކުރު އެއްކޮށް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެމްޑީޕީގައި ހައްގުތައް ހިމާޔަތްކުރުމާއި ޚިޔާލުފާޅުކުރުން ނެތިގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މަސްއޫދު

  މުނާފިގު މޫސަ އނގަ ނާރުވާ އިންޑިޔާގެ ނުފޫޒުން ގައުމު ސަލާމަތް ކުރަން މަސައްކަތް ކޮށްބަލަ! މުސަތިހުރީ ރަގަޅަށް ބާކީވެފައި ކިތަންމެ ވަރަކަށް އަގަ އެރުވިއަސް ދެން އެއްވެސް ޕާޓީއަކުން ބަލައެއް ނުގަންނާނެ!

  6
  2
 2. އަހުމަދު

  ނަޝީދާއި އޭނާގެ ލާދީނީ އެޖެންޑާ އައުޓްް . އެމް.ޑީ.ޕީ އައް ރައްޔިތުންގެ ސަޕޯޓު ގެއްލެން ފެށީ އެ ޕާޓީގެ އިސް ސަފުގަ ހުރިމީހުންގެ ލާދީނީ ކަން ރައްޔިތުންނަށް އެނގެން ފެށުމުން

  8
  1
 3. ކޮވިޑް

  މައުމޫނު ދޫކޮށް މިހާރު ނަޝީދު އާ އަޅައިގަތީތޯ؟

 4. މުބީނު މާރނީ

  ކޮސް ގޮވަނީ ކަލޭ. މިހާރު ކަލޭ ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ. މިހާރު ކަލެއަށް ޢުމުރުން ހަތްދިހަ އާއި ކައިރިކޮށްފާނެ. ޙިޔާލު މުސްކުޅިވެއްޖެ. ބޭކާރުމީހެއް.

 5. ސލ

  މޫސަ އެވިދާޅުވީ ދެދު ފުޅެކެވެ ރ ނަސީދު އަތްޕުޅުގަ އި
  ކިރި އާވެސް އުރަ އްޕެ އް ހުރިނަމަ އެބޭފުޅާގެ ދެބަ އި
  ލަސްކަރީން ފިޔަވާ އެހެންމީހަކު މަތިފަޑީގަ އި ހު އްޓަ
  ނުދޭނެ އެވެ ޑިމަކްރަސީގެ ނަންބޯޑް ނި އއްކުރީގަ އި
  ތަތްކުރަ އްވަ އިގެން ހުންނެވި ޑިކްޓޭޓަރެކެވެ.

  1
  1
 6. ޒަބީބު

  މޫސަ އަށް ތިޔަކަން ތިޔަވިސްނުނީ ހާދަ ފަހަކުންނޭ ދޯ؟ އެމްޑީޕީ އުފެދުނީ ވަރަށް ރަންގަޅު ނިޒާމެއްގެ މައްޗަށް ކަމަށް ވީނަމަވެސް އެމްޑީޕީ ޚުދުމުޚްތާރު ކުރުމުގެ އެންމެ އިސް މޭސްތިރިންގެ ތެރޭގައި ޚުދް މޫސާ މަނިކު ވެސް ހިމެނޭ ނޫންތޯ؟ ހިޓްލަރުގެ ނާޒީ ޕާޓީން އުފެއްދި ކަހަލަ މަގުމަތީ ކޯޓު ހަދައިގެން އެކޯޓުގެ ފަނޑިޔާރުކަމުގައި އިނދެ ދިނީ އިލްމުވެރިންނާއި ސިޔާސީ މީހުން ދަންޖައްސައި މެރުމުގެ ޙުކުމް އިއްވަމުން ދިޔައީ ހަމަ ތިޔަ ޚުދުމުޚުތާރު މޫސާ މަނިކު ނޫންތޯއެވެ؟ ދެން މިއަދު އެމްޑީޕީ ޚުދުމުޚްތާރު ވުމުގެ ވާހަކަ ތިޔަދައްކަނީ މޫސަގެ ލަދުގެ ކަންފުޅެއްވެސް ނެތީމާ ނޫންތޯ؟ އެމްޑީޕީ ޚުދުމުޚުތާރު ކުރުމަށްފަހު ދެން ވަދެ އިނީ ރާއްޖޭގައި ނަޝީދު އާއިޖެހިގެން ހުރި އަނެއް ޚުދުމުޚުތާރު މީހާ ޔާމީނުގެ އުނގަށް ނޫންތޯ؟ އަދި ޔާމީނު އާއި ބައިއަތު ހިފައިގެން މަޖިލިސްގެ ރިއާސަތުގައި އިނދެ މޫސަ ހިންގި ޚުދުމުޚްތާރު ނާތަހުޒީބު ޑިމޮކްރެސީ އާއި ބީރައްޓެހި އަނިޔާވެރި އަމަލުތައް ދިވެހިން އަދި ހަނދާނެއް ނުނެތެއޭ އިގޭތޯ؟ ޔާމީނުގެ ވެރިކަމުގައި މޫސަ މަޖިލީހުގެ ރިޔާސަތުގައި އިންދެ ޗާޓުންބޭރުން މަޖިލިސް ހިންގައި، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫން އަސާސީ އުލުބޭންދި ދުވަސް އިއްޔެ ވީ ކަމެއްހެން އަހަރެމެން ހަނދާން އެބަހުއްޓޭ. ވީމާ ނަޝީދެކޭ މޫސައެކޭ ހުރީ ވަކި ކޮން ތަފާތެއް ތޯއެވެ؟ ޔާމިނު ދައުރުގައި އެއަތައްޖެހިގެން މޫސާ މަނިކު ޤާނޫނަށް ފިލައި އޮތް ގޮތަށް މިއަދު ރައީސް ސޯލިހުގެ އަތަށް ޖެހިގެން ވެސް ތިޔައުޅެނީ ރައީސް ސޯލިހުގެ ސަރުކާރުން ވެސް ހިމާޔަތް ހޯދައިގެން މޫސާ މަނިކުގެ ކޮރަޕްޝަނާއި ފަސާދަ ފޮރުވައި ޤާނުނަށް ފިލަން ވެގެން ނޫންތޯ؟ ތިޔަ މޫސާމަނިކުގެ ހަޤީޤަތް ނޭގޭ ދިވެއްސަކު މިއުޑު ދަށުގައި ހުންނާނެތޯ؟ ޤާނޫނުގެ ދިގު އަތް ކޮންމެވެސް ދުވަހަކުން މޫސަ އާއި ވެސް އަރާ ހަމަކުރާނެ. މޫސަ މަގުމަތީ ކޯޓު ހެދި މައްސަލަ ބެލޭނެ ދުވަހެއް އަދި އަންނާނެ. އަބަދު ޤަނޫނަށް ފިލައެއް ނޯވެވޭނެ.

 7. ތުއްޓެ

  ނަޝީދު އަތުގައި މަޖިލީހުގެ ބާރު އޮތަސް ނެތަސް މަޖިލީހުގެ ކަރާމާތަޢި ޝަރަފް ދެމެހެއްޓުމަށްޓަކައި ނަޝީދު ބަނގުރާ ބޮމުން ދިޔަ ކަމަށް ވެފައިވާ އިއުތިރާފުގެ މައްޗަށް ބިނާކޮށް ނަޝީދު މަޤާމުން ދުރުކުރަން ޖެހޭ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެކަން ނުކުރާކަމަށް ވާނަމަ 19 ވަނަ މަޖިލީހުގެ މެމްބަރުން ޒިއްމާ އަދާނުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިޔަށް އޮތް ދައުރުގައި ކުރިމަތިލުމުން ލިބިގެންދާނޭ ހިތި ނަތީޖާ. ރައްޔިތުން މިތިބީ ބަލަން.