އައްޑޫ ސިޓީ ފޭދޫފައި ހިިނގި ނުރައްކާތެރި އެކްސިޑެންޓްއެއްގައި ދެމީހަކަށް އަނިޔާވެ އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ މިރޭ 01:30 ހާއިރު ދެ ސައިކަލު ޖެހިގެންނެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައެވެ. އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން އަންނަނީ ފޭދޫ ޒުވާނަކަށާއި ހިތަދޫ ޒުވާނަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ޒުވާނާގެ ލޯމަތިން ޒަޚަމްތަކެއް ލިބިފައި ހުރިއިރު އިތުރު މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފޭދޫ ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު މިޒުވާނާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރެއްގައެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ފޭދޫ އަފްރާހު (ޔޫޓީ)އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    އެއްލަކިން ލައިސަންސް ނެގި މީހުން މިއުޅެނީ...

  2. މަވޯޓާ

    ހެޔުނުވާނެ ޔާމީނު، އައްޑޫ ލިންކު ރޯޑު ގައި މަގު ފަޅިކުރާ ފެންސު ޖަހާދީބަލަ، އެއިރުން ތަންކޮޅެއް އެކްސިޑެންޓުތައް މަދުވާނެ، މިއީ ޤައުމީ ފެންވަރުގައި ވިސްނައި ފިޔަވަޅުއަޅަންޖެހޭ މައްސަލައެއް، ޙައްލުލުރެވޭނެ މައްސަލައެއް ކީއްވެގެން ޙައްލުނުކުރައްވާގެން އުޅުއްވަނީ، .... މައްސަލައަކީ ހޭބަލިވެން ދުއްވާމީހުންގެ ޝިކާރާއަކަށް ގިނަފަހަރު ވަނީ ކުށެއްނެތް މަޑުންދުއްވާފައިދާމީހުނާއި މާދުރުން ހިގާފައިދާ މީހުން... އިންތިޚާބަށް ކެމްޕެއިނު ކުރައްވާއިރު ތަރައްޤީއޭ ކިޔާފައި ގާފުނިތަކެއް މައްޗައް އުފުލިއަކަސް ނުފުދޭ، ޙަޤީޤީ ތަރައްޤީ އަކީ ފަރުދުންގެ މިނިވަންކަމާއި ރައްޔިތުމީހާއަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުން... ފަސޭހަކޮށް އުޅެވޭނެއް މާޙައުލެއް ކަށަވަރުވުން... އިގޭ މިލިއުންކޮޅު ނުޖަހާނެކަން ވެސް، ނަމަވެސް ހިތުގެ އުދާސްތައް ލިޔެލީ... މިވާހަކަކޮޅާއިމެދު ހިއްޕުޅާނުވާނަމަ މާފަށްއެދެން،...

  3. ގޫބައްޑާ

    ކޮއްކޯ ހަމަ ހޭބަލިވާ ސްޕީޑުގައި ސައިކަލު ދުއްވާ އިނގޭ،. ތިމާގެ ސަބަބުން އެހެން މީހުންނަށްވާ ގެއްލުމަކަށް ނުބަލާތި. މާދަންވެސް ރަނގަޅުވެގެން ދޫކޮށްލާއިރަށް އެނެއްކާވެސް ސައިކަލަށް އަރާ އެންމެ ހައި ސްޕީޑުގައި ދުއްވާލަ. ތިއޮތީ ސައިކަލެއް ލިބިފަ ދުއްވަން.

  4. ޑިމޮކްރަޓިސްޓް

    ޒުވާނުން ދެއްތޯ؟؟ އިތުރު ތަފްސީލެއް ބޭނުމެއްނޫން!!