މާލެ ސަރަހައްދުން އުފައްދާ ކުނި މެނޭޖްކުރާ ސަރަހައްދު ތަރައްގީކުރުމަށް ތިލަފުއްޓަށް އިތުރަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ބިން ހިއްކުމުގެ މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުނމިނިސްޓަރު ތޯރިގް އިބްރާހިމްސޮއިކުރެއްްވިއިރު. އެމްޓީސީސީގެ ފަރާތުން ސޮއެ ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާ އެވެ.

ތިލަފުއްޓަކީ މިހާރުވެސް މާލެ ސަރަހައްދުން އުފައްދާ ކުނި ނައްތާލާ ރަށެެވެ. އެރަށް ޒަމާނީ ވަސީލަތްތަކާއެކު ކުނި މެނޭޖްކުރާ ރަށަކަށް ބަދަލުކޮށް ތިލަފުށީގައި ހާމައަށް ކުނިއެންދުން ހުއްޓާލަން ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފަ އެވެ. އަލަަށް ހިއްކަން މިއަދު އެމްޓީސީސީއާ ހަވާލުކުރި 15 ހެކްޓަރުގެ ބިމަކީވެސް އެ މަޝްރޫއުތަކާ ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ކުރިއަށް އޮތް އަށް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ކުނި ނައްތާލަން ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ މެޝިނަރީތައް ތިލަފުއްޓަށް ގެނެސް އެތަން ތަރައްގީކުރާނެ ކަމަށެވެ. ތޯރިޤް އިތުރަށް ވިދާޅުވީ މެޝިންތައް ހޯދުމަށާއި އިންފްރާސްޓްރަކްޗާގެ މަސައްކަތްކުރަން ބޭނުންވާ ލޯނު އޭޑީބީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

މާލެ ހުޅުމާލެ އަދި ވިލިނގިލީގައި ބޭނުންކުރާ ކުނި ތިލަފުށީގައި ނައްތާލާއިރު މިހާރ ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މެޑިސިނަލް ދާއިރާއިން އުފައްދާ ނުރައްކާތެރި ކުނި ރައްކާތެރިގޮތެއްގައި ނައްތާލާނެ ވަސީލަތްތަކެއް ލިބިފައި ނެތުންކަން ފާހަގަ ކުރައްވަވާ ވިދާޅުވީ ތިލަފުށީގައި މިހާރު ތަރައްގީކުރާ ސަރަހައްދުގައި ބަހައްޓާ އިންސިނެރޭޓަރުތައް ގާއިމްކޮށް ނިމުމުން އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ގާއިމުކުރެވޭ އިންސިނެރޭޝަން ފެސިލިޓީއަށް ވޭސްޓް ބޭލިން ސިސްޓަމް ގާއިމުކުރެވި އެ ސިސްޓަމް އޮޕަރޭޓް ކުރާނެ ގޮތުގެ ތަމްރީނުވެސް ދެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    މިހާވަރު ކުރާއިރުވެސް "އަހުން" ނަށް ނުރުހެނީ ކިޔެއްވެތަ؟

  2. ހައްވަ

    ކިތަންމެ ވަރަކަށް ވެސް ހަާލު ކުރެވިދާނެ. ނިމެމަކުން ނުދޭ. ފޮޓޯ ނަގާލާ ވައިބަރ ކޮށްލާ. ވީޑިއޯ ކޮށްލާ ޗެނަލްތަކުން ދައްކާލާ ރިޔާސީ ދިޔާސީ ޕްރޮޕަގެންޑާ.