ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި މިހާރު ސަރުކާރުން ދީފައި އޮތް މުއްދަތަށްވުރެ އިތުރަށް އިތުރު ތިން މަސް ދުވަސް ލިބޭނެ ކަމަށާއި ފްލެޓްތަކަށް ކުލި ދައްކަން ޖެހޭނީ ޑިސެމްބަރު މަހަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން ކުރިން ބުނެފައި އޮތީ ފްލެޓްތައް ހަވާލު ކުރުމަށް ފަހު ފިނިޝިން މަސައްކަތް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ކުލި ނުނަގާ ގޮތަށް ލިބޭނެ ކަމަށެވެ. އެންމެ ފަހުން އެޗްޑީސީ އިން ބުނެފައި އޮތީ ތިން މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ ފްލެޓްތަކަށް ކަރަންޓް ދެވުމުން ކަމަށެވެ. ކަރަންޓް ލިބޭނެ ކަމަށް އެންމެ ފަހުން އެޗްޑީސީ އިން ބުނެފައި އޮތީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.
ކުރިން އިއުލާން ކޮށްފައި އޮތް ތިން މަސް ދުވަހުގެ މުއްދަތު އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގުނަން ފެށުމުން ތިން މަސް ދުވަސް ވާނީ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހަށެވެ. ރައީސް ސޯލިހް މިއަދު ވިދާޅުވި ގޮތަށް އިތުރު ތިން މަސް ދުވަސް ކުލި ނުހިނގާ މުއްދަތަށް އިތުރު ކޮށްފިނަމަ ޖުމްލަ ލިބޭ ހަމަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހަށެވެ.
ނަމަވެސް ރައީސް ސޯލިހް މިއަދު ވިދާޅުވީ ޑިސެމްބަރު މަހަށް ފަހު ހިޔާ ފްލެޓްތަކަށް ކުލި ނަގަން ފަށާނެ ކަމަށެވެ.
"ތިންމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުނިމޭނެ ކަމުގެ ޝަކުވާއެއް އެލިބުނު ވަރަށް ގިނަ ފަރާތްތަކުން އެބަކުރޭ. މިކަމާއި ގުޅިގެން އެޗްޑީސީ އާއި އަޅުގަނޑުމެން ވާހަކަ ދެއްކިން. މިހާރު އެޗްޑީސީ އިން ނިންމާފައި ވަނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުލި ނުނަގާގޮތަށް. ކުރިން އޮތް މުއްދަތަކަށް ވުރެ ތިން މަސް އިތުރަށް ލިބިގެން އެދިޔައީ. އެއަށްފަހުގައި ކުލި ނަގާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
މިބަދަލު ގެނައުމުން ދައުލަތުގެ ބަޖެޓުން އިތުރަށް 500 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. މިހާރު ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަށް ހަމަޖައްސާފައި އޮތް ރޭޓްގައި ފްލެޓްތައް ދިނުމުން ދައުލަތުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަން އެބަޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ފްލެޓްތައް ލިބުނު ފަރާތްތަކަށް ފިނިޝިން މަސައްކަތް ނިންމަން މާލީ އެހީތެރިކަން ދޭން ވިސްނަވަންތޯ ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ސޮފްޓް ލޯނެއް މިހާރު ދޫކުރަމުން ގެންދަވާ ކަމަށެވެ. އެލޯނަށް ހުރިހާ ބޭފުޅުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް ބީއެމްއެލް އިން ދޫކުރާ ލޯނު ލިބެނީ ފްލެޓެއް އެމީހާގެ ނަމުގައި އޮތުމުގެ އިތުރުން މަދުވެގެން 12 މަސް ދުވަހު އާމްދަނީ ބޭންކް އެކައުންޓްގައި ރޯލްވެފައިވާ ނަމައެވެ. އަދި މަދުވެގެން އެއްމަސް ދުވަހު މުސާރަ ބޭންކް އެކައުންޓަށް ޖަމާވެފައިވާނަމައެވެ.
އިތުރު ތިން މަހު ހިޔާ ފްލެޓަށް ކުލި ދައްކާކަށް ނުޖެހޭނެ، ކުލި ނަގާނީ ޑިސެމްބަރަށް ފަހު - ރައީސް
10 ސިކުންތު ކުރިން ( އޮގަސްޓް 11, 2021 )
ސާބަހޭ ޑރ މުއިއްޒު އަދި ކުޑަކޮށް ބާރުކޮށްލާ ނަތީޖާ ފެންނީނެ.
ނޫނީ ޖެހޭނީ ގޮނޑި ޑިންފުންމާލާއިގެން ފިލަން .
India out #India out #India out #India out #India out #
3 މަސް ގުނަންފަށަނީ ސެޕްޓެމްބަރު 1 ޖޫން ފެށިގެން ކަމަށް އެޗްޑީސީ އިން ބުނީ.
އިބޫ މިބުނީ އަދި އިތުރު 3 މަސް ލިބޭނޭ.. އެހެންވީމާ މުޅި އަކު 6 މަސް ލިބޭނެ ތާ..
ސެޕްޓެމްބަރު 1 ޖޫން ޑިސެމްބަރ 31 ކަށް 6 މަސް ވާގޮތެއް ބަލާ ދޭން އެބަ ޖެހޭ..
ޚުލި ފަހަތައް ޖައްސަނީ ދައްކަން ނުޖެހޭނެގޮތެއްނެތްބާ
މިއަހަރުގެ ޑިސެމްބަރުގެ ކުރިން ބާކީ މިއޮތް 3 މަހަށް ވުރެ އިތުރަށް އިތުރު 3 މަސް އިތުރުކޮށްދެނީތޯ 2021 ވަނަ އަހަރަށް. އެހެންވީމާ ސަރުކާރުން 2021 ވަނަ އަހަރު 15 މަސް ރާއްޖޭގައިއޮންނާނެކަމަށް ކަނޑައެޅީދޯ.
ކުރިން ވެސް ބުނި 3 މަސް ލިބޭނެ ކަމަށް މަސައް ކަތް ނިންމުމަށް ޓަ ކައި ދެން ކޮން އިތުރު 3 މަހެއް ލިބެނީ؟
ދޮގު މައްޗަށް ދޮގު. ކަށްޒާބަކަށް ވަންދެން.
ރައްޔިތުންނައް ފުލެޓްދޭނިއްމީ 5600 ރުފިޔާއަށް ތިބޭފުޅާ ރައްޔިތުންނައް ލަނޑުދިނީ އޮޅުވާލީ ..؟!
ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެގޭބާ! ޢެމަނިކުފާނު ކަހަލަ މީހުން މިގައުމުގަ މިހާރަކު ނެތް! ދެރަކަމުގެ ކޮޅެއްވެސް ނެތް!ހޭބުއްދި ހުރި ވެރިޔަކު މިގައުމަށް ބޭނުން އެބަވޭ!
ކުލީގެ ވަހަކަ ދައްކާނީ އެތަނަށް ވަދެވުނީމަ އެއްނު..
ޢަދި އެ ޙަވަާލުކޮށްވެސް ނުނިމޭ ދެން ކޮން އިތުރު 3 މަހެއް
ކޮން ދުވަހަކުންތޯ ދުވަސް ގުނަން ފަށަނީ މި އަދުން ފެށިގެން ސަތޭކަ ދުވަހައްތޯ ވާނުވާ
ﷲ ރައީސް އަށް ހެޔޮ ރަހުމަތް ލައްވާށިއެވެ އަދި ރަތްޔިތުންގެ ހެވާ ލާބަޔަށް ރައީސް ކުރަށް މަސައްކަތުގައި ބަރަކާތް ލައްވާ ކުރިއެރުން ދެއްވާށިއެވެ އާމީން
ﷲއާއި ރަސޫލާއަށް ފުރައްސާރަކުރިބަޔަކު ރައީސްއޮފީސްތެރެއަށްލައިގެންއުޅުއްވާބޭފުޅަކު ތެދުހަދާފާނެކަމަށް ގަބޫލްކުރާނީ ޖާހިލަކު.
އެއްޗެއް ނުބުނަން ހުންނަ މީހުންގެ ދުލުގަ ހިފާ ދަމަން ފެށީމާ އެއްޗެއް ނުބުނެ ނުހުރެވޭނެ، އަދި މިއުޅެނީ ފްލެޓްގެ އެގްރިމަންޓް ތަކުގައި ސޮއިކޮށް ނުނިމިގެން، އެކަމަކު ޑިސެމްބަރުން ފެށިގެން ކުލި ދައްކަން ޖެހޭ. ދެން ކޮންތާކުން އިތުރުވި 3 މަހެއްގެ ވާހަކައެއްބާ ތިޔަ ވިދާޅުވަނީ؟ އަންނަ މަހުގެ 3 މަސްތޯ؟
މިީނަ ގަމާރީތަ ނޫނީ ތަންދޮރު ނުދައްނަނީތަ؟ އިތުރު 3 މަސް ދެންޏާ އެވީ ހަމަސް. އަދި ފުލެޓް ހަވާލުނުކުރޭ. އެހެންވެއްޖެއްޔާ ޑިސެމްބަރ ނިމިގެން ލާރި ނަގަންފެށީމަ އެވަނީ 5 މަސް. އިތުރަށް ދެވެނީ 2 މަަސް.
ކީކޭ ބުނާނީ އެމީހުން އަނގައިން ބުނީމަ އެނިމުނީ...އެއްވެސް ތާކު ޖެހޭ ވާހަކައެއްނޫން.މަސައްކަތް އެޗްޑީސީއަކަށް ނުނިންމުނު ދެން ކޮން ބަހަނާއެއް. އެހެންވީމަ ފެބްރުއަރީއާ ހަމަޔަށް ކުލިނަގާކަށޤ ނުޖެހޭ..
ކުލި ދައްކާ މުއްދަތު އިތުރުކުރުމުން ދައުލަތުގެ ބަޖެޓުން 500 މިލިއަން އިތުރަށް ދައްކަންޖެހޭ ނަމަ އެއީ އަހަހަރުން މިބުނާ މިސް މެނޭޖްމެންޓް. ރަނގަޅަށް ތަންދޮރު އޮޅުންނުފިލާ ވަރުގެ މީހުން ތަންތަނަށް ލީމަ ވާނީ ތިހެން. އަބަދުވެސް ޕްލޭން ކުރަނީ ކައިރިން ދުރަށް. ދުރުން ކައިރިއަށް ޕްލޭން ކުރިނަމަ ތި 500 މިލިއަން އިތުރަށް ދައްކާކަށް ނުޖެހޭނެކަން ޔަގީން
ރައްޔިތުންނައް ފުލެޓްދޭނިއްމީ 5600 ރުފިޔާއަށް ތިބޭފުޅާ ރައްޔިތުންނައް ލަނޑުދިނީ އޮޅުވާލ ..؟