ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރަން ފެށި ބޮޑު މަޝްރޫއުގައި ހިމެނޭ އާސީޕްލޭން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި އެ އެއާޕޯޓް ހިންގަމުންދާ އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަމަށް ބުނެފިއެވެ.

އެ ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރި ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ންނެވެ.

ޗައިނާގެ ޝަންހާއީ އައިއިން ރިޕޯޓްކޮށްފައިވާގޮތުގައި. ބީޔޫސީޖީން އެ ތަން ނިންމައި، މިހާރު އެމްއޭސީއެލްއާ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެެވެ.

ކުރީގެ ޓާމިނަލްއަށްވުރެ ތިންގުނަ ބޮޑުކޮށް ތަރައްޤީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް އަކީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. އަދި މިއީ ރައީސް ޔާމީންގެ ވެރިކަމުގެައި އެއާޕޯޓް ތަރައްޤީ ކުރަން ފެށި އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ.

މި ޓާމިނަލް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ދިގު މުއްދަތަކަށް ޓީއެމްއޭ އަށް ދޭން އުޅުނު މައްސަލަ މިއަހަރުގެ ފެބްރުއަރީ މަހު ބޮޑުވިއެވެ. މައްސަލަ ބޮޑުވުމުން އެންމެ ފަހުން ނިންމީ ދެއަހަރު ދުވަހަށް ޓީއެމްއޭއަށް ޓާމިނަލްގެ ބޮޑު ބައެއް ދިނުމަށެވެ. ނަމަވެސް ބާކީ ބައިތައް ކުއްޔަށް ދިނުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ޖީއެމްއާރަށް 35 އަހަރަށް އެއާޕޯޓު ކުއްޔަށް ދިން އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކުމަށް ފަހު އެއާޕޯޓްގައި ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފައެވެ. އޭގެތެރެއިން އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ބޮޑުބައެއް ނުނިމި އޮތީ ހަމައެކަނި އާޓާމިނަލްގެ މަސައްކަތެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އާޓާމިނަލްގެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަޖައްސާ ކޮންޓެކްޓްގައި އޮތީ ސޮއި ވެސް ކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެންމެ ބޮޑެތި ފްލައިޓްތައް ޖެއްސޭވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އާރަންވޭއެއް ވެސް އަޅާފައެވެ. އެރަންވޭ ހުޅުވާ ފްލައިޓެއް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޖެއްސިއެވެ. ނަމަވެސް އަދިވެސް އާއްމުކޮށް ރަންވޭ ބޭނުން ކުރަން ނުފަށައެވެ. އެއާޕޯޓްގައި ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރަން ފެށި އާވީއައިޕީ ޓާމިނަލްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަދުރޭ

    މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ. މީ ވަ ރަށް ވާހަކަ

    29
    1
    • ޙައްގުބަސް

      ރައިސް ޔާމީންގެ ދުރު ވިސްނުން ތިފެންނަނީ! ހުޅުލެ އެއަރޕޯޓްގައި ހިންގާ ހުރިހާ ކަމަކީ އެމަނިކުފާނުގެ ދުރުވިސްނުން!! ހުޅުލެ އާ ރަންވޭ އާއި ފުލީ އޮޓަމެޓިކް ފިއުލް ފާމާއި ކާގޯ ޖެޓީއާއި ކަގޯ ފެސިލިޓީ އާއި ވީވީއައިޕީއާއި ހުޅުލެ ދެބުރި ޓާމިނަލް އާއި މިނިމުނު ހަތަރު ބުރީގެ ސީޕްލޭން ޓާމިނަލްއާއި ޖެޓީތަށް!! ހަމަ އެގޮތަށް ހުޅުމާލޭގައި ދާދިފަހުން ޚިދުމަތްދޭންފެށި 52 މެގަވޯޓުގެ މުޅިން އާ އިންޖީނުގެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާއި 7000 ހައުސިންގް ޔުނިޓާއި އެތާގެ ބުރިޖްތަކާއި ހުޅުމާލެ މާލެ ބުރިޖާއި ރިންގް ރޯޑާއީ މާލޭ ސިނާޢީ ސަރަޙައްދާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި މިހެންގޮސް މިކަހަލަ ބޮޑެތި އެތައް ބިޔަ މަޝްރޫޢުއެއް!! މިއީ މިގައުމު އަމިއްލަ ފައިމައްޗަށް ތެދުކުރަން ކުރެއްވިހާ ބޮޑެތި މަސައްކަތްތައް!! މިހިނގާ ފަސް އަހަރު އެމަނިކުފާނުގެ ޚިދުމަތް ގައުމަށް ލިބުނުނަމަ ހުރިހާ ގޮތަކުންވެސް ގައުމަށާ ރައްޔިތުންނަށް ފައިދާވީސްކަން ހަމަ ކަށަވަރު!! ދިވެހިންގެ ވިސްނުން ރަގަނޅުކުރައްވާށި! އާމީން!

  2. ޙަދިސައިބު

    ޖީއެމްއާރަށް ދޭންވީނުން އިނަޑިޔާ ޕީޖޭޕީ ބޭނުން މިކަންކުރަން

    17
    1
  3. ފިތުނަ

    ކީއްވެތަ ޔާމީނު ހުޅުމާލޭގަ ހަދަމުންދާ ތަންތަނުގަ މައުމޫނު ފެށި މަސައްކަތޭ ނުޖަހަނީ. ޔާމީނު 2023 ގަ ވެރިކަމަށް އައިސް މިސަރުކާރުން ފަށައިފަ ހުރި ކަންކަން ކުރާއިރު ކުރީ ސަރުކާރޭ ލިޔަން ކެރޭނެތަ؟

    3
    10
    • ކަލޭ

      ލޯބަހައްޓައިގެން ވާހަކަ ދައްކަބަލަ.... ޔާމީޏު ތަރައްޤީ ކުރީ ހުޅުމާލެ ފޭސްޓޫ... އެތާގަ މައުމޫނު ކުރީކޮންކަމެއްތަ؟... ތިޔަމައިމޫނު އެލިއްޖެ.... އެހަނދެއް ދެން މި ފަޒާ އަލިކުރާކަށް ބޭނުމެއްނޫން...

  4. ނ

    ޢެވެރިކަމުގާ އާރޓާމިނަލްގެ މަސައްކަތްފަށާ 400 ބުޑުވެސް ހުރީ އަޅާފައި...މިސަރުކާރުން އެމަސައްކަތް އޮތީ ހުއްޓުވާފައި އެއް އަހަރު ވަންދެން

    10
    • ޢަހާ

      ޔާމީން ގޮވައިގެން މަހައްދޭ. އެވެސް ކަމުދާ މީހެއްނޫން. މިވެސް ކަމުދާ މީހެއްނޫން

  5. މޯޑު

    ސުކުރިއްޔާ ރައީސްޔާމީން މިސަރުކާރު ގެ ވައުދު މޯލްޑިވިޔަން ޓިކެޓު އަގުހެޔޮކުރާނަމޭ މިހާރު އެތަން ނަހުލާވިއްކާލީ މިހާރު ދިވެހިރައްޔަތުންގެ އެއާލައިނެއްނެއް ވައުދު ފުއްދާނިމުނީ ގަދަކޮސއސޯލިހު މިއައްވުރެން ރައްޔަތުންކޮސް

    10
    2
  6. ނަސީ

    ޜައީސް ޔާމިން ވަރެއް ނެތް 2023 އަހަރެންބޭނުމީ ޜައިސް ޔާމިން އައް ފުރުސަތު ދިނުން އެނޫން އެހެންގޮތެެއްނެތް

    16
    1
  7. ޢަބްދުﷲ

    ކުރީ ސަރުކާރުން ފެށި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމައި، އެމްއޭސީއެލްއާ ހަވާލުކޮށްފި

    9 ގަޑިއިރު ކުރިން ( އޮގަސްޓް 12, 2021 )

    ކޮބާއަމީރު ؟ ކޮލޯމިއޮތީ މޯގޭގޭޖް ކޮއްލަން ރަނގަޅު އެސެޓެއް. އަވަސްކުރޭ ދެންއޮތީ

    2ތިއެއްޗެހީގެ ގެރެންޓީހަމަވާން ، އަހަރާ 3މަހާ ދުވަސް ކޮޅެއް.

    India out‬ #India out #India out‬ #India out #India out #

  8. ޑީމަކްރަތީ

    ބަލަ ރައީސް ޔާމީނަކީ މުޅި ދެކުނުއޭސިޔާގެ އިގްތިސޯދީ މާހިރުންގެ ތެރޭގާ ދެވަނަ އެގުމާނުއެގުމާތަފާތުވާނެ ދެހަސްތޭވީހުގާ ޔާމީނު ވެރިކަން ގެނައިސް ތިޔަކޮތަރުކޮށީގެ ވެރިންގެ ކުލި ކުޑަކޮއް ހަދަންދިޔަހަރަދު އަބުރާދޭނެކަން މިހާރު ޔަގީންވެކަށަވަރުވެއްޖެ އަދި ފުލެޓުނުލިބި ތިބި މީހުންނައް ޔާމީނުގެ ސަރުކާރުގެ ދެވަނައަހަރު ތިންކޮަޓެރީގެ ފުލެޓުލިބޭނެކަން ޕާޓީގެއިސްގުނަވަންތަކުން ތައްޔަތުންނައް ކަށަވަރު މިގައުމުފަހުރުވެރިވާ ތަރައްގީގެ ބާނީ އިންޑިޔާވެސް ކުޑަކަކޫ މައްޗައްތިރިކުތެވޭނީވެސަ ޔާމީނައްރައްޔަތުންނައްވަރައްސާފު ސުކުރިއްޔާ ރައީސްޔާމީނު އަދި މިއާޓކަލްވަގުތުގާޖަހާދިމނުމާމެދުސައްކް؟؟