އައްޑޫ ސިޓީގައި ރޭ މެންދަމު 01:30 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ދެމީހުންނަށް ފަރުވާދެމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައެވެ. އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ވެސް ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެ އެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފޭދޫ ހަވީރީ ނާޒް، މުހައްމަދު އަފްރާހް 25، އަށާއި ހިތަދޫ ކޮށާ ނޫރޫ، ހުސައިން އަލީ 35، އަށެވެ.
އެކްސިޑެންޓްގައި އަނިޔާވި ދެމީހުނަށް ވެސް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ. އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދެމީހުން ވެސް އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެސައިކަލް ޖެހިގެންނެވެ.
އަދިމަޑީ ދުއްވިލެއް އާން ސައިކަލަކައް އެރިއްޖިއްޔާ ދެންއެ ލިބުނީ މަގުމަތީގެ ހުރިހާބާރެއް މާމޮޅައްދުއްވަން އެގޭ ބަޔަކައް ވެގެން އުޅެންޔާ ވާނެގޮތް ތިވަނީ..
ސިޓީތަކުގަ ވާނެއެހެން
ސިޓީ ގެ ސައިޒް އޭފޯ އަށް ނުވިޔަސް އުޅެންވަނީ އެހެން ކަމަށް ހެދިގެން ވިއްޔާ
މިފަދަ އާޓިކަލް ތަކަށް ކޮމެންޓް ކުރައްވާއިރު އެފަރާތްތަކަށް އެލިބުނު އަނިޔާގެ ސަބަބުން އަސަރުކުރާނެ ފަރާތްތަކެއް ވާނެކަން ވިސްނާލަންޖެހޭ ކަންނޭގެ. އާއިލާ އަށް ހިތްވަރުދީ ކޮމެންޓް ކޮށް، އެހެންފަރާތްތަކަށް ބާރު ސްޕީޑުގައި ނުދުއްވުމަށް 'ނަސޭހަތްތެރި' ވެވިދާނެ. އެކަމް އެހާ ހިތް ހަރުނަމަ ހަނު ހުރުން ބުއްދިވެރި. މިއީ ހަމަ ދިވެހިންބާ ?
?