ގައުމީ ޓީމުގެ ނަތީޖާތަށް ދަށްވުމުގެ ސަބަބުން ދެފަރާތުން އެއްބަސްވެގެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލައިފިއެވެ.

ކޫޕްމަންގެ އެއްބަސްވުން އުވާލަން އެފްއޭއެމުން ނިންމީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށްފަހު ގައުމީ ޓީމުގެ ކޯޗާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ފަރާތް އެއްބަސްވެގެންނެވެ.

"ވަގުތު" އަށް މައުލޫމާުތުދެއްވަމުން އެފްއޭއެމްފެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ގައުމީ ކޯޗުކަމުން ކޫޕްމަން ވަކިކުރަން ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ. ކޯޗު ވަކިކުރަން ނިންމިއިރު ކުރިޔަށް އޮތީ ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖޭގައި އެ މުބާރާތް ބާއްވާއިރު ޓީމަށް ގެންނާނެ ކޯޗަކާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޖަވާ ވިދާޅުވިއެވެ.

ގައުމީ ކޯޗުކަމާއި ކޫޕްމަން ހަވާާލުވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ވަނީ ތިން މެޗެއް ކުޅެފައެވެ.

ކޮލިފައިންގައި ސީރިއާ އަތުން 4-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. ކޮލިފައިންގެ ފަހު މެޗުން ރާއްޖެ ވަނީ ފިލިޕީންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޯބިވާ ވަޠަން

    ބަލަ ނެތް އެއްޗަކުން ކޮންމެ ކޯޗެއް ހުއްޓަސް ދިޔައެއް ނުފެލޭނެ. ކާމިޔާބެއް ބޭނުމީއްޔާ ސްކޫލްތަކުގައި ރަގަޅު ޕްލޭނެއްގެ ދަށުން ތުއްތު އުމުރުން ފެށިފެން ކުޅުންތެރިން ބިލްޑް ކުރަންވީ.