ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދަކީ "ޖަވާހިރެއް" ކަމަށް ޑީއާރްޕީގެ ލީޑަރު ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރާއި، ދިޔާނާގެ 16 އަހަރުވީ ކައިވެނި ނިމުމަކަށް ވަނީ އައިސްފައެވެ. މި ދެމަފިރިން އެކުގައި އުޅޭތާ އަހަރުތަކެއް ވެގެންދިޔައިރު، ޖާބިރަކީ ފާޅުގައި އެކި ޕްލެޓްފޯމްތަކުގައި ދިޔާނާއަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އަދި އޭނާގެ ވާހަކަތަކުންވެސް އަބަދުވެސް ދިޔާނާ ދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ދިޔާނާ އާއި ޖާބިރުގެ ވަކިވުމާއި ގުޅޭގޮތުން ދިޔާނާ މާބޮޑު ވާހަކަތަކެއް ދައްކަން ބޭނުން ނުވިކަމުގައިވިޔަސް، ޖާބިރު ވަނީ "ވަގުތު"އާ ވާހަކަދައްކަވާފައެވެ. އަދި އޭނާ ވަނީ ދިޔާނާ އާއި އޭނާއާ ވަކިވީ މައްސަލައެއް އޮވެގެން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. "އަންޑަސްޓޭންޑިންއެއްގެ ދަށުން މިވަގުތަށް ސެޕަރޭޓް ވެލީ." ޖާބިރު ވިދާޅުވިއެވެ.

"ދިޔާނާ އާއި އަޅުގަނޑާއި ދެމެދު އެއްވެސް މައްސަލައެއް ނެތް. ނަމަވެސް ކަންތައްތައް މިވަގުތު ހުރި ގޮތުން އަންޑަސްޓޭންޑިންއެއްގެ ދަށުން މިވަގުތަށް ދެމީހުން ސެޕަރޭޓް ވެލީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ދިޔާނާއަކީ ޖަވާހިރެއް ފަދަ ބޭކަނބަލެއް ކަމަށްވެސް ވިދާޅުވެފައެވެ.

ދިޔާނާ އާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ޖާބިރު ކައިވެންޏެއް ކުރެއްވެވިއެވެ. އެކައިވެންޏަށް ވެސް ދެދަރިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮލީ

    ކިތަށް ކައިވެނި. ލޮލީއަކީ ކައިވެނީގެވެސް ދިގުރިކޯޑެއް އޮތްބޭފުޅެއް.

  2. ގަހުވަބެ

    މިވެސް އޮންނަ ކަމެއްތަ؟ 16 އަހަރު އިނދެގެން އުޅެފަ “ އަންޑަސްޓޭންޑިންގ އެއްގެ ދަށުން ސެޕަރޭޓް ވެލުން” އަދި އެވެސް ދުވަސްކޮޅަކަށް، މިކަހަލަ އަންޑަސްޓޭންޑިންގ ގެންގުޅޭ މީހުން ގިނަވެގެން ގޮހޭ މުޅި މުޖުތަމައު މިއޮތީ ކޫލް އެންޑް އަންޑަސްޓޭންޑިންގ މުޖުތަމައު އަކަށް ވެފަ.... ބޯހަލާކު!

    28
  3. ސައްދު

    ތި އަންޑަސްޓޭންޑިން އަހަރެމެން ދިވެހިން ދެކެފީމު ޕާލިމަންޓު ކުރިމަތީ މަގުމަތީ އިށީނދެއިނދެ ދެއްކި އަންޑަސްޓޭންޑިން. ވީމާ ވަރިވެގެން އުޅޭސަބަބު އެއީ ސިއްރެއް ނޫން އަދި ހައިރާން ކުރުވާވަރުކަމެއްވެސް ނޫން. އަހަރެމެންވެސް ލަދުގަނޭ ކަލޭކަހަލަ މީހަކު ދިވެހިރައްޔިތުން ތަމްސީލު ކުރާށޭކިޔާފަ މަޖިލީހުގަ ހުރެ 'އިއްޒަތްތެރި މެމްބަރު' ގެ ލަގަބުގަ ހުންނާތީ. ދެން ދިޔާނާއަށް ތިކަމުގަ ކެތް ކުރެވޭ އެންމެ މަތީ ދަރަޖައަށްގޮސް އިންފަހަނަޅައި ދިޔައީކަމައް އަހަރެމެން ގަބޫލު ކުރަނީ.

    23
  4. ކުތުބު

    ޖަވާހިރެއްވީމާ ރައްކާކޮށްގެން ނުގެންގުޅެންވެގެން އެއްލާލީދޯ؟

  5. ކަތްދަމޫސަ

    މީހެއްގެ ބުއްދި ފިލައި ގޮސްފިއްޔާ ޖަވާހިރެއް ފެނިދާނެ ގުއިގަނޑެއްގެ ގޮތުގައިވެސް. މިބުނީ ޖާބިރު ބުއްދި ފިލައި ދިޔަ ވާހަކައެއްނޫން. ނުބައިކޮށް މާނަ ނުނަގާތި.