ދިވެހިރާއްޖެ އިން ރަޝިއާއަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މުންދު އެ މަގާމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.

މި މަގާމަށް މުންދު އައްޔަން ކުރަން ނިންމެވިއިރު، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ވެސް ހުންނެވީ މުންދުއެވެ. ރަޝިއާ އަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރަކަށް މުންދު އައްޔަނު ކުރިނަމަވެސް ލަންކާގެ ސަފީރުކަމުގެ މަގާމުގައި މުންދު ދެމި ހުންނަވާނެއެވެ.

މުންދު ވަނީ މީގެކުރިން ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.