މެލޭޝިއާ އިން ވިސާ ހޯދަން ޝައިހް އިލްޔާސް ހުސެއިން "ދޮގު މައުލޫމާތު" ދިން ކަމަށް ތުހުމަތުކޮށްފިއެވެ.

ޝައިހް އިލްޔާސްގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވުނީ އޭނާ އަށް މެލޭޝިއާގައި ހުންނަ ފޮރިން މިނިސްޓްރީން ވަޒީފާއެއް ދީފައި ވާތީ އެކަމާއި ގުޅޭ ގޮތުން ކްލަބްހައުސްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑު ކުރުމަށް ވިސާ އެއް ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށެވެ. މެލޭޝިޔާގެ އެމްބަސީގެ ވަޒީފާއެއްގައިވެސް ނުހުންނަ ކަމަށާއި ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ހޯދުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަޒީފާއެއް އަދާކުރާކަމަށް ބުނެ ލިޔުމެއް ހޯއްދަވައިގެން ވިސާ ޖެއްސެވުމަކީ އޮޅުވާލުމުގެ އަމަލެއް ކަމަށާއި އެއީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ވަރަށް ގިނަ ބަޔަކު ކްލަބްހައުސްގެ ސެޝަންގައި ބުންޏެވެ. ނަމަވެސް އިލްޔާސް ވިދާޅުވީ އެއީ ގާނޫނީ ގޮތުން ކުށެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިލްޔާސް ވަޒީފާގައި އުޅޭ ކަމަށް ލިޔުން ދިނީ ދައުލަތުން ކަމަށް ވާތީ އެއީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ކްލަބްހައުސްގައި ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އެއްފަހަރު އިލްޔާސް ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ އޭނާ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން އެދިފައިވާނެ ކަމަށެވެ. އަނެއް ފަހަރު ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން އެދޭނެ ކަމަށެވެ.

މެލޭޝިއާގެ ގާނޫނުތައް ބުނާ ގޮތުން ތައުލީމް ހާސިލް ކުރަން ތިބޭ ކުދިންގެ މައިންބަފައިންނަށް ވިސާ ދޫކުރަނީ އެކުދިންގެ އުމުރުން 18 އަހަރު ނުފުރޭ ނަމައެވެ. 18 އަހަރު ފުރިފައިވާ ކުދިންނާއިއެކު ބެލެނިވެރިން އެގައުމުގައި މަޑުކުރާނަމަ ޖެހެނީ ވަޒީފާއެއް އަދާކުރާށެވެ. ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް އެމްޕްލޯއީމެންޓް ވިސާ ލިބެއެވެ.

އިލްޔާސް ވިދާޅުވީ އޭނާ ވަޒީފާ އަދާކުރާކަމަށް ލިޔުމެއް ދިންކަން ރައީސް އޮފީހަށް ވެސް އެނގޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ނާދިރާ

  ޝޭހެއްގެ އޮޅުވާލުން. އަމިއްލަ ފައިދާއަށް.... ނުކުރާ ކަމެއް ކުރާ ކަމަކަށް ހަދައިގެން ފައިދާ ނެގުން.

  55
  3
 2. Anonymous

  ވަޒީފާއެއް އަދާނުކޮށް ލިޔެކިޔުމުން ވަޒީފާ އަދާކުރާކަމުގެ ލިޔުން ދައުލަތުން ދިނަސް އިލްޔާސްގެ އިޚްލާސްތެރި ކަމެއް ހުރިނަމަ ވަޒީފާ އަދާކުރާ ކަމަށް ލިޔެކިޔުން ފޯޖެއް ނުކުރާނެ.

 3. ޙައްގުބަސް

  މިއީ ވަކި މަގުސަދެއް ޙާސިލް ކުރުމަށްޓަކައި ކޮށްފައިވާ ބޮޑު އޮޅުވާލުމެއް، މަކަރު ހެދުމެއް އަދި ސައްޙަނޫން ދޮގު މަޢުލޫމާތު ދިނުން! މިއީ ކުށެއް! މިކަން މެލޭޝިޔާ ސަރުކާރުގެ ސަމާލުކަމަށް ކޮންމެވެސް ފަރާތަކުން ގެންނާނެކަމަށް އުންމީދުކުރަން!!

 4. Anonymous

  މިވަރުގެ މަކަރުންފުރިގެންވާ މީހުން މިއުޅެނީ ދީނީ ޢިލްމުވެރިންގެ ތާކިހާ އަޅައިގެން. ސަރުކާރުން ވަޒީފާ އަދާކުރާ ކަމުގެ ލިޔުން ދިނީމަ ވަޒީފާއެއް ހަވާލުނުކުރާނަމަ އިލްޔާސްއަށްވެސް އެނގޭނެ އެއީ މަކަރުވެރި އޮޅުވާލުމުގެ ލިޔުމެއްކަން. އަދި އެފަދަ ލިޔުމެއްގެ ބޭނުންކުރާނީ ވެސް އެކަން އެނގިހުރެ މަކަރާއި އޮޅުވާލުމުގެ ޢަމަލުތައް ހިންގުމަށްކަމުގައި އެނގެންވާނެ.

 5. ކައުންސެލަރު 🙌

  މިހުންނަނީ މިމީހުންގެ ފެންވަރު. މަވަރެއް ނެތިގެން އުޅޭމީނާގެ ފެންވަރު. ދެން މީނާ ދައްކާވާހަކަ ކިހިނެއް ގަބޫލުކުރާނީ

 6. Anonymous

  އިލްޔާސް އުމުރުދުވަހު މަސައްކަތް ނުކޮއް ތިއަރާމު ދިރިއުޅުން އުޅޭގޮތެއް ވިދާޅުވެ ދީބލަ

 7. ޝޭކް މޯލަޑިސް

  ދީނީ ގޮތުން ކޮންކަހަލަކަމެއް ބާ ތީ

 8. ހުސެންދީ

  އިލިޔާސްއަށް ލިޔުންދެންޔާ ރާއްޖެއިންބޭރުގައި ކިޔަވާ ހުރިހާކުދިންގެ ބެލެނިވެރިންނަށްވެސް ދައުލަތުން ލިޔުންދީ

 9. އިކްލީލް

  މި ތިއްބެވީ ދުނިޔޭގެ ޖާހާ ފައިސާއަށްޓަކައި ދީނާއި މިނިވަންކަން ވިއްކުމަށް އެހީތެރިވާ ޢިލްމުވެރިން! ނަޝީދުގެ ސަޕޯޓަރުންގެވޯޓު އިބްރާހީމަށް ލބުނީ ނަޝީދަށްޓަކައި! މިއަދު މަވެގެން އުޅޭނޭކަމެއް ނެތް!

  2
  1
 10. ރަބަރޭ

  ޢެއްދައުލަތުން އަނެއް ދައުލަތައް އޮޅުވާލައިގެން ދީނީ އިލްމުވެރިން ލައްވާ މިފަދަ ބޮޑު ޖަރީމާއެއް ހިންގުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން ބޮލުގާއި އެޅުވި ހުތުރު ނަމެއް. ޢިލްޔާސް ފަދަ ދީނީ އިލްމު ވެރިއަކު އެއީ ގާނޫނީ ކުށެއްކަން އެގިވަޑާއި ނުގަންނަވާ ކަމަށް ވިދާޅުވުމަކީ ވެސް ހެއްދެވި ބޮޑުވެގެންވާ ބުހުތާނެއް. ދައުލަތުގެ ދޮގު ލިޔުމެއް ބޭނުން ކުރަށްވާއިގެން މަނިކުފާނު ތިކުރަށްވަނީ ވަށްކަމެއް ވައްﷲ އައުލަމް

 11. އަލީމޫސާ

  މީހުންނަށް ރަގަޅު މަގު ދައްކަން ތިބޭ މީހުން މިފަދަ ކަން ކަން ކުރުމަކީ އިތުބާރު ގެއްލޭނެ ކަމެއް. ދެރަ/

 12. ޢާލީ

  ޢަތުން ފައިން ޢާމްދަނީ ހޯދަން ކުރާ ހަމައެކަނި މަސައްކަތަކީ ސިޔާސީވެރިން ރުހޭގޮތަށް ސިޔާސީ ދީނީ ދަރުސްދިނުން. ދިރިއުޅުން ވަރަށް ލަގުޒަރީ.

 13. ގެރި

  އެއީ ސޭކެއް، އެހެންވެ ސޭކްވާހަކަ ދައްކަނީ!

 14. ޒާ

  ތިއީ ކަރަޕްޝަން. ނުފޫޒުގެ ބޭނުން ހިފައިގެން ނާޖާއިޒް ފައިދާ އެއްނެގުން. ތިއީ ކުށެއް. ކޮބާ އެންޓި ކަރަޕްޝަން. ކޮޕީ ސަމުސާގެ މައްސަލަބެލޭއިރު މިފަދަ ޢަމަލުތައް ބެލެންް ޖެހޭނެ.

 15. ބަރުގޮނު

  އެކިކަހަލަ ބޭނުންތަކުގައި ބޭރު ޤަވްމު ޤަވްމުގައި އުޅެން ބޭނުންވާ ހަމަ ހުރިހާ ދިވެހިނނަށްވެސް ޚިޔާލީ ވަޒީފާއެއްގެ ލިޔުން ސަރުކާރުން ދޫކުރާނަމަ ރަގަޅު. ބައެއް މީހުންނަށް ދީފައި އަނެއް ބަޔަކަށް ނުދޭނަމަ މަސްއަލައަކަށްވެ ނޫސްތަކުގެ ފަލަ ސުރުޚީއަޖަށްވާނެ.

 16. ހަޑިމިލޭރު

  ލަދެއްނުގަނޭތަ ސަރުކާރުންދިން ޝަރަފެކޭ ބުނާކަށް. ސަރުކާރަށް މަޖްބޫރުވެފަހުރީ ތިޔަ ބޮޑާ ކިބުރު ވެރިޔާ އނގަބަންދުކޮށްފަބަހައްޓަން. އެހެންމީހުންގެވެސް ދަރިން ބޭރުގައުމުތަކުގަތިބޭތައުލީމުޙާސިލްކުރަން. މިފެންވަރުގެ މީހުން ޝައިޚުންގެ ޓެގް އަޅުވައިގެން އުޅެން. ލަދުކުޑަބަޔެއް. މިނާއަށް މީނާފެނިފަހުންނަމީހެއްމީ. ޚުތުބާކިުަންހުންނައިރުވެސް ބޮޑާކަމާއިދެއްކުންތެރިކަމާއެކީހުންނަމިހެއްމީ. އެކަމަކު އެހެންމީހުންނަށް ހެޔޮނަސޭހަތްދޭންތިބޭމީހުންނޯލަމީ. އޮޅުވާލައިގެންއައި ބަޔަކު އުޅޭނީ ެސް އޮޅުވާލައިގެން. ފޫހިމީހާގަނޑެއް.

 17. ޙަމަ ޅާދީނީ

  ޢެކޮތައް ޕާސްޕޯޓް ދިނީ ހަމައެކަނި އިލްޔާސް އައް އެކަންޏެއްނުން. ޙަމަ ޅާދީނީ

 18. ލިނކ

  ތީނަ މެލޭޝިޔާ ސަރުކާރާ ޙަވާލު ކުރަންޖެހޭނީ އެއީ ކުށްކުރީ މެލޭޝިޔާ ސަރުކާރާއެކު ކަމަށްވާތީ އަދި ޙައޤު އަދަބު ލިބޭނީ ވެސް އެއިރުން.

 19. މަސްްއޫދު

  ވަގުންނާއެކު ތިބޭނީވެސް ހަމަ ވަގުން އޮޅުވާލުމާ މަކަރުހެދުން މީ މިފަދަ މީހުން ޚާއްސިޔަތަކީ!

 20. މަބުރޫހް

  އިލްޔާސަށް އެނގޭނެ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމަ ދުޢާ ދެންނެވިފަދަ ބޭފުޅުން

 21. ނެތްވަޒީފާ

  އަމިއްލަ މަސްލަހަތަށްޓަކައި ދޮގު ހެދުން ހުއްދަވާފަދަ ޝޭޚުން މިއީ. ވަޒީފާއެއްގަ ނުހުރެ އެކަމު ވަޒީފާއެއްގަ ހުންނަ ކަމަށް ގައުމުގެ އެންމެ މަތީ ހިސާބަކުން ލިއުމެއް ހޯދުމަކީ ދޮގަކަށްނުވާނެކަމަށް މިފަދަ ޝޭޚުން އެ ބަލަނީ. މިމީހުން ބަލާ ހަމައިންނަމަ ލިއުން ދިން މީހާ ކަންނޭނގެ ދޮގު ހަދާ ކަމަށްވާނީ. އެހެން ލިއެފަ އޮންނަ ކަރުދާހުގެ ބޭނުން ހިފާ މީހާއަށް ފާފަ ނުލިބޭނެކަމަށް ކަންނޭނގެ ބަލާނީ.

 22. ރަން ރީނދޫ

  މި ސަ ރުކާ ރުން ގައުމުތަކުގެ ގާނޫނު ތަކާއި ގަވާއިދަށް ވެސް މަކަ ރު ހަދަނީ. ދެން ކިހިނެއް ހަދާލާނެ ދިވެހި ދައުލަތުގެ މާލިއްޔަތަށް.

 23. ބޯޖަލީލު

  އިލްޔާސް ވީމަ އަފިހުންވެސް ކެވޭނެ ސަރުކާރުންދީފިއްޔާ މަކަރާ ހީލަތްހެދުމަކީ ކޮބައިބާ ތިޔަހުރީ ދުއާ ލިބިފައި