ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުން މީސްމީޑިޔާ ބޭނުންކުރުމުގައި ހިފަހައްޓަން ޖެހޭ އުސޫލުތަކެއް އެކުލަވާލުމަށްފަހު، ސަރުކާރާއި ދެކޮލަށް ހިޔާލުފާޅުކުރުން މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ގައުމީ ޔުނިވާސިޓީ ކައުންސިލްގެ 298 ވަނަ ޖަލްސާގައި ވަނީ އެ އިދާރާގެ މުވައްޒަފުން މީސްމީޑިޔާ ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް އެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައެވެ. އެ އުސޫލުގައި ވަނީ މީސްމީޑިޔާގައި ފާޅުކުރެވޭނެ ހިޔާލާއި ފާޅުނުކުރެވޭނެ ހިޔާލުތައް ފާހަގަކޮށްފައެވެ.

އެގޮތުން ރައްޔިތުން ހޮވާފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މަގާމެއްގައި ހުރި މީހަކާ މެދު ރުޅިވެރިކަން އުފެދޭ ކަހަލަ ޝުއޫރެއް މީސްމީޑިޔާގައި ހާމަކުރުން ވަނީ މަނާކޮށްފައެެވެ.

ޔުނިވަސިޓީ މުވައްޒަފުން ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކުރިއިރު ޔުނިވަސިޓީ ގާނޫނު ބުނާ ގޮތުން ޔުނިސިޓީއަކީ މިނިވަން ވަކި ގާނޫނީ ޝަހްސެކެވެ.

ތިރީގައި މިވާ ހަމަތަކަށް ފެތޭގޮތަށް ހާމަކުރާ ސޯޝަލް މީޑީއާ ކޮންޓެންޓް އަކީ އެކަށޭނެ ސޯޝަލް މީޑިއާ ކޮންޓެންޓްތައް
(ހ) އެކެޑެމިކް ރިސާޗް ނުވަތަ ޢިލްމީ ޙަރަކާތްތައް.
(ނ) މުވައްޒަފުގެ ފަންނީ ދާއިރާއިން ޢިލްމު ފެތުރުން،
(ނ) ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތަށް ކުރާ މުނާޒަރާތަކާއި ހާމަކުރާ ޚިޔާލުތައް،

ސޯޝަލް މީޑިއާގައި ހާމަކުރާ އަންނަނިވި ކޮންޓެންޓް އަކީ ނޭކަށޭނެ ކޮންޓެންޓްތައް
(ހ) ޤައުމުގެ ހަމަޖެހުމާއި އަމަން ގެއްލިދާނެ ނުވަތަ ޖަގަޑާ ނުވަތަ ގަޑުބަޑުކަށް މަގުދައްކައިފާނެ ކޮންޓެންޓް.
(ނ) އިސްލާމީ ޝައިތާރީއަތަށް ފުރައްސާރަކުރާ ކޮންޓެންޓް.
(ނ) ރައްޔިތުން ހޮވާފައިވާ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މަޤާމެއްގައި ހުރި މީހަކާ މެދު ރުޅިވެރިކަން އުފައްދައިފާނެ ކޮންޓެންޓް.
(ރ) ޔުނިވަރސިޓީ ސްލަޙަތަށް ނޭދެވޭ އަޕީ ކޮށްފާނެ ކޮންޓެންޓް.
(ނ) ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި ހާމަ ކުރެވޭ ދަރިވަރުންގެ ނުވަތަ މުވައްޒަފުންގެ ނުވަތަ އެހެންވެސް ސިއްރު މަޢުލޫމާތު.
(ޅ) މުވައްޒަފުންގެ މެދުގައި އޮންނަ އެއްގާނިކަން ގެއްލޭ ނުވަތަ ސުޕަރވައިޒަރުން މުވައްޒަފުންގެ ސުލޫކު ހިފެހެއްޓުމަށް ހުރަސް
އެޅިދާނެ ކޮންޓެންޓް.
(ކ) ސްޕަރވައިޒަރަށް ވަފާތެރިކަމާއި އިތުބާރު ބޭނުންވާ މަސައްކަތު މާހައުލުގެ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާ ކޮންޓެންޓް.
(އ) މުވައްޒަފުންގެ ރަސްމީ މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކޮންޓެންޓް.
(ލ) ޔުނިވަރސިޓީގެ ޢާއްމު ޚިދުމަތްތަކާއި އޮޕަރޭޝަން އަށް ދަތިތަކެއް ކުރިމަތިވެދާނެ ކޮންޓެންޓް

ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ އަދި އެ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ވަނީ ހުށަހަޅާފައެވެ.

ޔުނިވާސިޓީގެ ވަޒީފާއިން އިޔާޒް ވަކިކޮށްފައި ވަނީ، އަންހެނުން ޚިތާނު ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ކަމަށް ވިދާޅުވެ އޭނާ ކުރައްވަމުން ގެންދެވި ޓްވީޓްތަކަށް ބައެއް އާންމުންނާއި އެމްޑީޕީގެ އިސް ބޭފުޅުންގެ ނުރުހުން އޭނައަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.

ހިޔާލު ފާޅުކޮށްގެން އިޔާޒް ވަޒީފާއިން ވަކިކުރަން ޔުނިވާސިޓީން ނިންމި ނިންމުން މުރާޖާ ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވައިފައެވެ. މީސްމީޑިޔާގައި އެ ޔުނިވާސިޓީގެ މުވައްޒަފުން ހިފަހައްޓަން ޖެހޭ އުސޫލެއް އެކުލަވާލީ މި މައްސަލަ ފެންމަތިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ޓައިރަނީ. އަނިޔާވެރިކަން މިދަނީ އިންތިހާއަށް. މިއީ ލާއިންސާނީ އަމަލުތަކުގެ ފެށުން. މިއީ ޒައިނިސްޓުންގެ އެޖެންޑާގެ އެންމެ ފަހު ބޮޅު. ޒައިނިސްޓުން ނޫން އެންމެން އެމީހުން އަމިއްލަ އަތުން އެމީހުން ހަލާކުކުރުން މިދަނީ ކުރިއަށް.

    27
    2
    • Anonymous

      ގާނޫނު އަސާސީއާ ހިލާފު އަމުރުމިއީ 16 ވަނަ މާއްދާ. އަސާސީ ހައްގެއް ހިޔާލުފާޅުކުރުމަކީ. ހަނިކުރެވޭނީ މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި އެހައްގު ހަނިކުރާމިންވަރަށް. ހަސަނު ތިއީ ގާނޫނު އަސާސީއަށް ފައިންއަރާމީހެއްތަ؟ އިސްލާމް ދީނާހިލަފުނޫން ކޮންމެ ވާހަކައެއް ދެއްކޭނެ. މިހައްގު ހަނިނުކުރެވޭނެ.
      ނޯތު ކޮރިޔާއަށްވުރެ މި ގައުމުގެ ހާލަތު ދަށަށް ހިނގައްޖެ. ސޯލިހު ނަގާ ހޫރާލަންވެއްޖެ.

  2. Anonymous

    އިސްލާމީ ވެރިކަމެއްގައި އިސްލާމް ދީނާ ހިލާފުނުވާގޮތަށް. ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ދައުލަތުގެ އެޖެންޑާއާ ފުށު އަރާގޮތަށް ވާހަކަ ދެކެވެން ޖެހޭނެ.
    އަނިޔާވެރި އިޒުރޭލަށްވުރެ ދިވެހިރާއްޖޭގެ އަނިޔާވެރިކަން މިދަނީ މައްޗަށް. ރައްޔިތުން މިހާ ހިސާބުންވެސް އަނގަ ބަންދުކޮށްގެން ބަސްއަހައިގެން ތިބީމަ ސަރުކާރުގެ ނުބައިކަން އިންތިހާއަށް ދާނީ..

    28
  3. މަހްރޫމް

    އަމިއްލަ ނަފުސުގެ އަޅަކަށްވާހިސާބަކީ ތިމާގެ ހިތުގައި ނިވުމެއްނެތް ނަފުރަތުގެ އަލިފާންގަނޑެއް ރޯވާ ހިސާބު. ކިތަންމެ އިލްމުވެރިއަކަށްވިއަސް އެމީހާގެ ހިތުގައި ނަފުރަތާއި ހަސަދަ އިތުރުވެއްޖެނަމަ އެމީހާގެ ޒަމީރު ޝައިޠާނާގެ އަޅަކަށްވެދޭ!!! ކްރިޓިކަލް ތިންކިންގ އިން ޕީއެޗްޑީ ހެދިއެއްކަމަކު ތިމާގެ ނަފުސުގެ ތާހިރުކަން ގެއްލޭހިސާބުން ދެން އެވީ އަޅަކަށް.

    25
    1
  4. ރަން ރީނދޫ

    ފް ރީޑަމް އޮފް ސްޕީޗް ތަންމިނަށް. ސާބަސް ،ސުލޯލިހް.

    25
    1
  5. އަހުމަދު ނީޒް

    ކީއްވެ ? ރައީސް އެހެން ވިދާޅުވީމަ އެކަން އެހެން ކު ރެވޭނީ. އޭ ރުން ރައީސް ކެމްޕޭނުގަ ވިދާޅެއް ނުވާނެ ޚިޔާލު ފާޅު ކު ރާށޭ.

    15
  6. ކޮރަލް

    ޑިމޮކްރަސީ އޭ ކިޔާ އިރު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ރައްޔިތުންގެ ހައްގެކެވެ.

    20
  7. Anonymous

    ކޮބާހޭ މި ލާދީނީ ބައިގަނޑު ގޮވަމުންދިޔަ މިނިވަންކަން.

    21
  8. Anonymous

    އިސްލާމްދީނާއި ދެކޮޅައް ވާހަކަ ދައްކާ ކޮންމެ މީހަކައް އެ ފުރުސަތު އޮވޭ. އެކަމަކު އިސްލާމްދީނުގެ ދިފާއުގަ ވާހަކައެއް ނުދެއްކޭ. ލާދީނީ ބައިގަނޑު

    23
  9. އައްޗީޑި

    ދިސު އިޒު ފުރީޑަމު އޮފޮ އިސްޕީޗު ދެއްތޯ ޗާންސެލަރޫ؟

    21
  10. ޔުނިވްރުސިޓީގެ ދަރިވަރުންތަކެއް

    ސަރުކާރުން ރާއްޖެ ތަރައްގީ ނުކޮށް ރައްޔިތުންގެ ލާބައާ ފައިދާއަށް މަސައްކަތް ނުކުރާނަމަ ސަރުކާރުގެ އެ ވާހަތައް ދައްކާނަން! ޔުނިވަރު ސިޓީގެ ދަރިވަރުންނަކީވެސް ދިވެހި ރައްޔިތުން މިކަން ގަބޫނުކުރެވޭނަމަ ހަސަން ހަމީދު އިސްތިއުފާދެއްވާ ގެއަށް ދުރުވޭ ވާހަކަތައް ދާނީ ކުރިއަށް

    19
  11. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ގާނޫނުއަސާސީގައި ބުނާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީމީތޯ؟ ސަރުކާރުގެ މަގާމެއްގާ ހުންނަމީހަކު ކޮންމެފަދަ ނުބައި އަމަލެއްކުރިއަސް އެވާހަކަ ދެއްކުމަކީ ރުޅިވެރިކަން އުފެއްދުންތޯ؟ ސާބަސް ސާބަސް. މަގާމުގައި ރަނގަޅަށް ބަގުޑި ބައްދާގެން ސަރުކާރު ދިފާއު ކުރެވޭތޯ ގަދައަޅާ މަސައްކަތްކުރޭ.

    21
  12. ދަރިވަރެއް

    ތިޔަ ހަމީދަކީ ޑޮކުޓަރެއްތަ؟ ނުވަތަ ގަމާރެއްތަ! ވަޒީފާއަށް ބިރުން ދައްކާނެ ނުދައްކާނެ ވާހަކައެއްނެތިގެން ނޫޅުއްވާ ހެއްދެވި ފަރާތައް ވަކީލުކުރޭ! ދެތުބަސް ބުނުމުގައި ޔުނިވަރުސިޓީގެ ދަރިވަރުންނަށް އެއްވެސް ހުރަހެއްނެތް!

    19
    1
  13. މަންޖެ

    ހިޔާލު ފާޅުކުރުމަކީ ލިބިފައިވާމިނިވަން ކަމުގެ ބޭނުން ކުރުން. ޔުނިވަރސިޓީ ފަދަ އިންޑިޕެންޑެންޓް މުއައްސަސާއަކުން މިކަހަލަ ވާހަކަ ދެއްކުން މީ ޖޯކެއް.

    14
  14. ޓ

    ޢިދިކޮޅު ޕާރޓީ އަށް އެއްޗެހި ގޮވުން މަނަލެއް ނޫން ދޯ އަދި ސިވިލް މުވައްޒަފުންނާއި ދިމާ އަށް ވެސް ބޭނުން އެއްޗެއް ގޮވޭ ....ކިހާ ހެއްވާ ގަވާއިދެއް...ޑރ. ހަސަނަކީ ހަމަ މީހެއް ނޫން...އޭނާ އަބަދު ހުންނާނީ ލާނޭވާވެސް ގުނަ ގުނާ...

    18
    1
  15. މަރީ

    މިއަށް ކިޔަނީ ޑިކްޓޭޓަރޝިޕް. ޤަޢުމު މިދަނީ ފަހަތަށް.

  16. ފައިސަލް

    މިކަލޭގެ ދުވަސް އެދަނީ! އެމްޑީޕީގެ ޑިމޮކްރެސީއަށް މީނަ ފެތި އަޑިޔަށްގޮއްސި! މާދަމާ ވާނެ ގޮތް ބަލަންތިބޭ! ބޮނޑިބޯނެ!

  17. 😏

    ހޫނ. ވަރަށް ތާހިރެއްނު

  18. އާދަމުގެދަރި

    ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ދީފައިވާ ހައްގަކަށް އުނިކަމެއް އަންނާނެ ގަވާއިދެއް ޔުނިވަރސިޓީއަކަށް ނެހެދޭނެ. އެއީ ގާނޫނު މަނާކަމެއް. ގާނޫނު ދަންނަ ކަމެއް ނޫން. އަނިޔާވެރިކަމުގެ އިންތިހާ. ގާނޫނުއަސާސީއަށް ފައިންއެރުމެކޭ އެއްފަދަ އަމަލެއް.

  19. ޔޫތު

    100 ގެ ނިންމުމެއް ޔުނިވަރސިޓީން މިއޮތީ ނިންމާފަ. ޒައިދު އިޔާޒު ދެން ލަލަލާ.

  20. ސަމީރު

    ޤައުމީ ޔުނިވަރސިޓީން މިނިންމުން ނިންމަންޖެހޭތާ މާލަސްވެސް ވެއްޖެ. މަޖިލީހުން ފިރުކި ފިރުކި އޮއްވަ މިއޮތީ ގޮތް ދައްކާދީފަ. މިސާލު ނަންގަވާ. މަރުހަބާ ޕްރޮފެސަރ ޙަސަން ޙަމީދު.