އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ފޮނުއްވައިފިއެވެ.

އިންޑިއާގެ ރައީސް ރާމްނަތް ކޯވިންދް އަށާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ތަހުނިޔާ ފޮނުވައްމުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މިނިވަން ދުވަހާއެކު އުއްމީދު ކުރައްވަނީ އިންޑިއާގެ ދުވަސްވީ ސަގާފަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުމުގައި ދެމި އޮތުން ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓްގައި ވަނީ އިންޑިއާގެ ތަރައްގީއާ ކުރިއެރުމަށް އެދިވަޑައިގަންނަވާފައެވެ.

މުޅި ދުނިޔޭ ހިސޯރު ކުރަމުން ދިޔަ އިނގިރޭސިންގެ އަތް ދަށުން އިންޑިއާއަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުއެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ދަނީ އިންޑިއާގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

    އިބޫ "ކިއީހާ ޅެން ފަރިއްސަށް" ވެއްޖެކަން އިންޑިއާ އަށް އިނގިއްޖެ. އިންޑިއާ އިން އަބަދުވެސް ބަލާނީ ކާމިޔާބު ވާނެ ކެންޑިޑޭޓަކަށް. އިބޫ ގެ އެއްވެސް ވަޢުދެއް އިބޫ ނުފުއްދާކަން އިންޑިއާ އަށް އިނގޭ. އިބޫ އަކީ ރައްޔިތު މީހާގެ ސަޕޯރޓް އޮތް މީހެއް ނޫންކަން އިނޑިއާ ރަނގަޅަށް ދަނޭ.

    • މުބީނު މާރނީ

      މިފަހަރު އިންޑިއާގެ ސަޕޯރޓެއް އިބޫ އަކަށް ނުލިބޭނެ. އެއީ ރައްޔިތުން ގެ ސަޕޯރޓް ނެތީމާ.

  2. ....

    މަބުނީ އިންޑިޔާއަށް ތަގުނިޔާ ފޮނުވާ ދިވެހި ވެރިންނަށް އެ ގައުމުގެ ވެރިންގެ ތަނަވަސްކަމާއި ނިކަމެތިންގެ ނިކަމެތިކަން ނުފެންނަނީތޯ.....މިނިވަން ކަމަކީ ބޮޑުން ބޮޑުކޮށް ކައި ނިކަމެތިންނާ އޮންނަ ފަރަގް ބޮޑުކުރުމޭ ބުނާ ވެރިން މިގައުމުގަ ތިބީތީ ލަދުގަނޭ...

  3. މިހިރަ މީހެއް

    އެއްބައިވަންތަކަމަކީ އަޅުވެތިވުންތޯ؟ މިހާރުވެސް އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރު ކުޑައީތޯ؟

  4. ނާސިރު ބުނިބަސް އެހިންތަ؟

    ކިހިނެއްތަ ތި އެއްބައިވަންތަ ތިވަނީ ރައްޖޭގެ ދުވަސްދުއްވާލާފަތަ؟